މުޖުތަމަޢު

» މަސްތުވާތަކެތީގެ ނުރައްކާތެރިކަން
Saturday, May 26, 2012

"ހަމަކަށަވަރުން ، ތިމަންއިލާހު آدم ގެދަރިން މާތްކުރެއްވީމެވެ.އަދި އެބައިމީހުން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެބައިމީހުންނަށް ރަނގަޅުތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންއިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖަތަކަށް މާތްކުރެއްވީމެވެ" މާތްﷲ އިންސާނާ ހައްދަވާފައިވަނީ އެހެނިހެން ޙައިވާނުންނާ ތަފާތުކޮށް ދެފައިގެމަޗަށް ކޮޅަށްހުރެގެން ހިނގާއުޅޭ، ދެއަތުން ކައިއުޅޭ ގޮތަށެވެ. އަދި އޭނާއަށް އިވުމާއި ފެނުމާއި ވިސްނުމުގެބާރުވެސް ދެއްވާފައެވެ. މިއީ މާތްﷲ އިންސާނާއަށްދެއްވި ވަރައްބޮޑުނިޢްމަތަކެވެ.

» އެހެނެއްކަމަކު ވިސްނައި، ބަލާށެވެ.
Monday, May 07, 2012

ތިބާއަށް ކުރެވިފައިވާ ފާފައިގެ ކުޑަކަމަށް ބަލައިގެން ނުހުންނާށެވެ. އެހެން ނަމަވެސް ތިބާ އެފަރާތަކަށް ނުކިޔަމަންތެރިވީ ފަރާތުގެ ބޮޑުކަމާއި މަތިވެރިކަމާމެދު ވިސްނާށެވެ. ތިބާއަށް ކުރެވިފައިވާ ހެޔޮ ކަންތަކުގެ ބޮޑުކަމާއި ގިނަކަމާމެދު ނުބަލާށެވެ. އެހެނެއްކަމަކު، ތިބާއަށް އޭގެތެރެއިން އިޚްލާޞްތެރިކަމާއެކު ކުރެވުނީ ކިތައް ކަންތައްތޯ ވިސްނާށެވެ. ތިބާގެ ޢިލްމުގެ މަދުގިނަ މިނާމެދު ނުބަލާށެވެ. އޭގެބަދަލުގައި ތިބާއަށް އެޢިލްމަށް ޢަމަލުކުރެވުނު މިންވަރާމެދު ވިސްނާށެވެ.

» އޭ ޒުވާނުންނޭވެ! މިއީ ވެސް ޒުވާނުންނެވެ. އަހަރެމެންނަކީ ވެސް ޒުވާނުންނެވެ.
Saturday, April 21, 2012

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އޭ ޒުވާނުންނޭވެ! ތިޔައީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ތިޔައީ އިސްލާމީ އުއްމަތުގެ ކުރިމަގެވެ. މި އުއްމަތް އޭގެ ޢިއްޒަތާއި ޝަރަފާއި ހަމައަށް ގެންދެވޭނީ މިއަދުގެ ޒުވާނުންނަށެވެ. .... ވިސްނާލާށެވެ! ފިލްމުތައް ބެލުމުގައި ޓީވީ ދޮށުގައި ތިބޭއިރު އެއިގެ ތަރިން ރޮންޏާ ރޮވެއެވެ. ހެންޏާ ހެވެއެވެ. ނުވަތަ އަހަރެމެން ސަޕޯޓުކުރާ ފުޓުބޯޅަ ޓީމު ބަލިވުމުން އަޑުން އަޑުނަގާ ރޮވެއެވެ. އަދި އެއީ ފަޚުރަކަށް ބެލެއެވެ. ނަމަވެސް....

» އޭނާއާމެދު ޝައިޠާނާއަށް ތިޔަބައިމީހުން އެހީތެރި ނުވާށެވެ.
Monday, April 16, 2012

އެގޮތަށް ކުރެވޭ ބަދު ދުޢާއެއްގެ ނުވަތަ ބުނެވޭ ބަހެއްގެ ސަބަބުން އޭނާގެ ހިތް މަރާ ނުލާށެވެ. ސަބަބަކީ އޭގެ ސަބަބުން އޭނާގެ ހިތުގައި ﷲގެ ރަޙްމަތާއި ފާފަފުއްސެވުމާއި މެދު އޮންނަ އުއްމީދު ކެނޑިގެންގޮސް، އެނުބައި ކަމެއްގެ މަތީގައި ދެމިހުރުމަށް ޝައިޠާނާ ދޭ ވަސްވާސްތަކަށް އޭނާގެ ހިތް ލެނބިގެން ހިނގައިދާނެތީއެވެ. އޭގެ ބަދަލުގައި އޭނާއަށްޓަކައި ފާފަފުއްސެވުމަށް އެދި ދުޢާކޮށް، ހިދާޔަތަށް އެދި ދުޢާކޮށް ރިވެތި ބަހުން މުޢާމަލާތް ކޮށްފި ނަމަ، ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވުމަށް އެމީހާއަށް ދެވޭ އެހީއަކަށްމެނުވީ އެކަމެއް ނުވެއެވެ.

» ސަލާމަތްވެވޭނީ ދޮންމީހުން އުޅޭގޮތަށް އުޅެގެނެއް ނޫން
Thursday, April 05, 2012

އިންސާނުން އުޅެންވާގޮތް ބަޔާން ކުރައްވާފައިވާ ފޮތެއް ﷲތަޢާލާ ވަނީ އިންސާނުންނާއެކު ފޮނުއްވާފައެވެ. އެފޮތުގައިވާ ގޮތަށް އެމީހެއްގެ އުޅުމާއިގުޅުން ބައްޓަން ކޮށްފި މީހަކަށް ސުވަރުގޭގެ އުފާވެރި ނިޢްމަތް ލިބޭނެކަމާއި އަދި އެބަޔަކު ހިތުހުރި ގޮތަކަށް އުޅުމުން ވޭނާއި ކެކުޅުން ހުރި ވާހަކަ ﷲތަޢާލާ ވަނީ އެފޮތުގައި ބަޔާން ކުރައްވާފައެވެ. އަދި އެކަލާނގެ ވަނީ އެފޮތުގައި ވާހައިކަމެއް ދަސްކޮށް ދެއްވުމަށްޓަކައި ރަސޫލަކު ފޮނުއްވާފައެވެ. ބަސްފުޅާއި ޢަމަލު ފުޅުން އެކަލޭގެފާނު ޞައްލަﷲ ޢަލައި ވަސައްލަމް ވަނީ މީސްތަކުންނަށް އެފޮތް އުނގަންނަވައި ދެއްވާފައެވެ.

» ޤައުމުގެ އަފުރާދުންނަށް ބޭނުންވަނީ އިސްލާމީ ތަރުބިއްޔަތެވެ. (2)
Wednesday, March 14, 2012

މި ތަރުބިއްޔަތުގެ މަޞްދަރު އައިސްފައިވަނީ މާތްﷲ ގެ ޙަޟުރަތުންނެވެ. އެހެން ވަޟަޢީ ނަޡަރިއްޔާތުތަކާއި ތަފާތުވާ އެންމެ ބޮޑު އެއްސަބަބަކީ ވެސް މިއީއެވެ. އަދި މި ތަރުބިއްޔަތުގެ ލަނޑުދަނޑިއަކީ އަޅާގެ ބަހާއި ޢަމަލުތަކަގައި މާތްﷲގެ ރުއްސެވުން ހޯދުމެވެ.

» ޤައުމުގެ އަފުރާދުންނަށް ބޭނުންވަނީ އިސްލާމީ ތަރުބިއްޔަތެވެ. (1)
Friday, March 09, 2012

އިސްލާމީ ތަރުބިއްޔަތަކީ އޭގައި ހުޅަނގުގެ ތަރުބިއްޔަތާއި ތަފާތުތަކެއް ވާ އެއްޗެކެވެ. އިސްލާމީ ތަރުބިއްޔަތު ވަނީ އިންސާނުންގެ ފަރުދަށާއި މުޅި މުޖުތަމަޢަށް ރިޢާޔަތް ކޮށްފައެވެ. ރިވެތި އަޚްލާޤާއި ދެދުނިޔޭގެ ކާމިޔާބީއަށް ވާޞިލު ވުމަކީ މި ތަރުބިއްޔަތުގެ މޭވާއެވެ.

» އަންހެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން
Wednesday, February 29, 2012

އިސްލާމްދީން އައުމުގެ ކުރީގައި އެއްވެސް ދަރަޖައެއް ލިބިފައިނެތް ޙާލުގައި ނިކަމެތިކަމާއެކު، ދިރިތިއްބާ ވަޅުލެވެމުން އައި އަންހެނާއަށް އެކަނބުލޭގެއަށް ޙައްޤު ޤަދަރު އިސްލާމްދީނުގައި ދެއްވިއެވެ. ސަބަބަކީ އަންހެނެއްގެ ތަރުބިއްޔަތަކީ ޖީލެއްގެ ތަރުބިއްޔަތެވެ. އެހެނީ އެ އަންހެނާގެ އުނގަކީ ޖީލެއްގެ ތަރުބިއްޔަތުގެ ބިންގާ އެޅިގެންދާ މަދުރަސާއެވެ. އަންހެން ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި، ތަރުބިއްޔަތު ކުރުމުގެ މުހިއްމުކަން ބަޔާން ކުރައްވައި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާ ބަސްފުޅުތައް ނުހަނު ގިނަގުނައެވެ.

» ޤައުމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ދަނޑިވަޅުގައި ބުއްދި އިސްކުރުމުގެ މުހިއްމުކަން
Saturday, February 11, 2012

މިފެބްރުއަރީ މަހުގެ 8 ވީ ބުދަ ދުވަހަކީ ދިވެހިރާއްޖޭގެ މިފަހުގެ ތާރީޚުގައި ފާއިތުވެގޮސްފައިވާ އެންމެ ހިތާމަވެރި އެއް ދުވަސް. އެދުވަހަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ގިނަގުނަ ޙައްޤުތައް ގެއްލިގެން ދިޔަ ދުވަހެއް. އެތަކެއް ރައްޔިތަކަށް ގިނަގުނަ އަނިޔާ ލިބުނު ދުވަހެއް. ހަމައެއާއެކު ޤައުމުގެ ތަރައްޤީއަށްޓަކައި ޤާއިމުކުރެވިފައިވާ އެތަކެއް ވަސީލަތެއް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ނުކުމެ ހަލާކުކޮށްލި ދުވަހެއް

» ލޮބުވެތި އަޚުންނޭވެ. ހުކުރު ދުވަހެވެ.
Friday, January 20, 2012

ޚުޠުބާގެ ވަގުތުގައި މޯބައިލް ފޯނާ ކުޅެ، ފޯނުން ފޭސްބުކް، ޓުވިޓާ ފަދަ ސޯޝަލް ނެޓްވޯކްތައް އަޕްޑޭޓްކޮށް ހަދާލުމަކީ މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި މާބޮޑު ކަމަކަށް ނުވެއެވެ. ހުކުރުނަމާދުގެ ޚުޠުބާއަކީ ހުކުރު ނަމާދުގެ ބައެއް ކަމުގައިވީނަމަވެސް، އެވަގުތުގައިވެސް އަޅުގަނޑުމެންނަށް ﷲއަށް ޓަކައި މިތަކެތިން ސަލާމަތެއް ނުވެއެވެ. ހުކުރު ޚުޠުބާ ދެވޭ ވަގުތު މިސްކިތުގެ ބޭރުފެންޑާއާއި މިސްކިތުގެ މަގުފާރު މަތީގައި ވާހަކަ ދައްކަން ތިބޭ މީހުން ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި މަދެކޭ ނުދެންނެވޭނެއެވެ.

ޞަފްޙާ ނަންބަރު:  < 1  2 3 4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި