މުޖުތަމަޢު

» ޕާކިސްތާނުގައި ޙާލުގައި ޖެހިފައިތިބި މުސްލިމުންނަށް ދީލަތި އަތެއް ދިއްކޮށްލަމާ!
Thursday, August 19, 2010

ޕާކިސްތާނަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާއި ޠޫފާނުގެ ސަބަބުން އެތާގެ 20 މިލިޔަން މީހުންވަނީ ގެދޮރުންބޭރުވެ، ޙާލުގައި ޖެހިފައެވެ. ދަނޑުތައްވަނީ ހަލާކުވެގޮސްފައެވެ. ބަނޑުހައިހޫނު ކަމާއި ގެދޮރުން މަޙުރޫމުވުމުގެ އިތުރުން ތަނުގައި ވަނީ ކޮލެރާއާއި ބޭރަށްހިންގުންފަދަ ނުރައްކައުތެރި ރޯގާތައް ފެތުރެން ފަށައިފައެވެ. ޙާލުގައި ޖެހިފައިތިބި މީހުންގެ ތެރޭގައި 3.5 މިލިޔަން ކުޑަކުދިން އުޅޭކަމުގައި ކަމާބެހޭ ފަރާތްތަކުންވަނީ އިޢުލާންކޮށްފައެވެ.

» އުފަންދުވަސް ފާހަގަކުރުމުގެ ޙަޤީޤަތަކީ ކޮބާ؟ ފާހަގަ ކުރުމުގެ ކުރިން ވިސްނާލައްވާށެވެ!
Wednesday, August 11, 2010

އުފަންދުވަހުގެ ހަފްލާތައް ދުނިޔޭގައި ފާހަގަ ކުރަންފެށީ ކިހިނެއް ކަމާމެދު ވިސްނިންތޯއެވެ؟ ރަޙްމަތްތެރިންނާއި ގާތްތިމާގެމީހުން އުފަންދުވަހުގެ ހަފްލާގައި ހަދިޔާ ބަދިޔާ ބަދަލުކޮށް "އުފާވެރި އުފަންދުވަހަކަށް" އެދި އުޅެއެވެ. ސުވާލަކީ މި އާދަ އިންސާނުންގެ ތެރޭގައި އުފެދިގެން އައިސްފައިވަނީ ކިހިނަކުންތޯއެވެ؟

» މުޖްތަމަޢުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި އަދުލު އިންސާފުގެ މުހިއްމުކަން
Saturday, July 24, 2010

މުޖްތަމަޢުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ދެމި އޮތުމައްޓަކައި، ކޮންމެ މުޖްތަމަޢެއްގައިމެ، އަދުލު އިންސާފު ޤާއިމު ކުރެވޭނޭ ނިޒާމެއް އޮތުމަކީ، ކޮންމެހެންވެސް ލާޒިމުވެގެންވާ ކަމެކެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަކާ ނުލައި، ކޮންމެ ފަރުދަކަށްވެސް އެފަރުދެއްގެ ޙައްޤުތައް ލިބިދެވޭނޭކަން ކަށަވަރުކޮށްދޭ ނިޒާމަކީ، ޢަދުލު އިންސާފުގެ ނިޒާމެވެ.

» އިސްލާމީ ޝަރީޢަތުގެ މަޤްޞަދު
Sunday, July 18, 2010

އިސްލާމީ ޝަރީޢަތުގެ މަޤްޞަދަކީ، މީސްތަކުންގެ ޢާއްމު މަޞްލަޙަތު ޙިމާޔަތްކޮށްދީ އެބައިމީހުންނަށް ގެއްލުންހުރި އެންމެހައިކަންތައްތަކުން ރައްކާތެރިކޮށްދިނުމެވެ. އެހެންކަމުން ޝަރީޢަތުގެ އެންމެހައި ޙުކުމްތައް އައިސްފައިވަނީ މިމަޤްޞަދު ޙާޞިލުކޮށް ދިނުމަށަވެ. ޝަރީޢަތުގެ އެކިއެކި ޙުކުމްތަކާ މެދު ވިސްނައި ނަޒަރު ހިންގާލުމުން، މިކަން ވަރަށް ރަނގަޅަށް އެނގި ސާފުވެއެވެ.

» ޤައުމާއިގެން އަމާން ބަދަރަކަށް
Friday, July 09, 2010

ދިވެހިރާއްޖެއަކީ، އެއް ޤައުމިއްޔަތެއް އޮންނަ އެއްބަހަކުން ވާހަކަ ދައްކާއުޅޭ، އެއްދީނަކަށް ތަބާވާ ރައްޔިތެއް އޮންނަ ޤައުމެކެވެ. ހިޖްރީ ސަނަތުން 548 ވަނަ އަހަރު މިރާއްޖެ އިސްލާމްވީ އިރުއްސުރެ ފެށިގެން، ފާއިތުވެގޮސްފައިމިވާ ގާތްގަނޑަކަށް ނުވަ ޤަރުނު ދުވަސް، ދިވެހިން ފާއިތު ކޮށްފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިވުމުން އެއްކިބާވެތިބެ، ވަރަށްވެސް އެކުވެރި، އަޚުވަންތަ ބައެއްގެ ގޮތުގައެވެ. މާތްވެގެންވާ އިސްލާމް ދީން ދައްކުވައިދިން ރިވެތި އަޚްލާޤުގެ މަތީގައެވެ. ރާއްޖެއިސްލާމް ވީފަހުން، ފާއިތުވެދިޔަ މިދިގު ތާރީޚަށް ނަޒަރުހިންގާ ބަލައިލާއިރު، ދިވެހިންގެ މެދުގައި މާބޮޑު ބައިބައިވުންތަކަކާއި ދެބަސްވުންތަކެއް އުފެދިފައިވާކަމަށް ތާރީޚުން ފެންނާކަށް ނެތެވެ.

» ޞާލިހު ފިރިމީހާ
Tuesday, June 29, 2010

ބިންމަތީ އިށީނީމެވެ. ކޮޅަށް ހުންނާނޭހައި ވަރުވެސް ހަށިގަނޑުގައި ނެތީމައެވެ. ފުރަތަމަ ފަހަރެއްނޫނެވެ. މީގެ ދެއަހަރު ކުރިން ކުރެވުނު އަހަރެންގެ އަލަތު ކައިވެއްޏަށް ފަހު މިއީ އާންމު ކަމަކަށް ވަނީވެފައެވެ. ފިކުރުތަކާއި،ޚިޔާލުތައް ގިނަވެ ސިކުނޑިޔާއި ހަށިގަނޑަށް ކެތްނުވަނީއެވެ. އެންމެންވެސް ބުންޏެވެ. " އެއީ ރަނގަޅު ޒުވާނެކެވެ. ތިޔަކަމުގައި ހައްތަހާވެސް ވާނީ ފައިދާއެވެ." "ދަރިފުޅު މަސައްކަތް ކޮށްފިނަމަ އޭނާ ދީނީކަންތައްތަކަށް ވަރަށް ބޮޑަށް ލޯބިކުރާނެއެވެ.

» ﷲ ބާވާލެއްވި ޙުކުމާ ޚިލާފަށް ޙުކުމް ކުރުން
Saturday, June 12, 2010

މިކަމަކީ މުޅި އިސްލާމީ ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މީސްތަކުންގެ މެދުގައި ޙުކުމްކުރަންވީގޮތް ﷲ އަންގަވާފައިވާއިރުވެސް ކަންތައްތައް ކުރެވެމުންދަނީ އެއާ އެއްގޮތަކަށް ނޫންކަމީ އެންމެންނަށްވެސް އެނގޭކަމެކެވެ. ﷲ ގެޙުކުމާ ޚިލާފަށް ޙުކުމް ކުރާ މީހުންނާމެދު ވަޢީދުގެ ބަސްފުޅުތައް ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގައި އައިސްފައިވެއެވެ. ބައެއް ދަލީލުތަކުގައި އެފަދަ މީހާއަކީ ކާފިރެއްކަމުގައި އައިސްފައިވެއެވެ. އެހެންވެ މިދަލީލުތަކުގެ އަލީގައި ﷲ ގެ ޙުކުމަށް ޢަމަލު ނުކުރާ ކޮންމެ މީހަކީ ކާފިރެއްކަމަށް ބައެއް މީހުން ދެކެއެވެ.

» އެހެންމީހުންނަށް ލިބިފައިވާ ނިޢްމަތްތަކާމެދު ޙަސަދަވެރިވުމުގެ ނުބައިކަން
Tuesday, June 08, 2010

އާދެ ! މިހިރީ ހައްތަހާވެސް ޙަސަދަވެރިކަމުގެ ނުބައި ކަން . ރަގަޅުގޮތް ކިތަންމެ ރީއްޗައް ފެންނަން އޮތަސް ޙަސަދަވެރިޔާ އެކަމަށް އިޢުތިރާފުވުމަށް އިންކާރުކުރޭ. އެހެންކަމުން މިނުބައި ސިފައިން ސަލާމަތްވެ ތިބުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެނަށް އިރުޝާދު ދެއްވާފައިވޭ . އެކަލޭގެފާނު ޚަދީޘް ކުރައްވަނީ: ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ރުޅި ނާންނާށެވެ. އެކަކު އަނެކަކާ ޙަސަދަވެރި ނުވާށޭ. އެކަކު އަނެކަކަށް ފުރަގަސް ނުދޭށޭ. އަދި ތިޔަބައިމީހުން އަޚުންތަކެއް ކަމުގައިވާ ޙާލު ﷲ ގެ އަޅުންތަކެއްކަމުގައި ވާށޭ.

» ހުކުރު ޚުޠުބާ - 21 މޭއި 2010
Friday, May 21, 2010

"ތަހުޒީބު މުޖުތަމަޢަކަށް ވާޞިލުވުމަށް އަމުރުމައުރޫފް ހިންގުމާއި މުންކަރާތް ނަހީކުރުމުގެ މުހިއްމުކަން" މި މައުޟޫޢަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ތައްޔާރުކުރައްވާފައިވާ ހުކުރު ޚުޠުބާ - 21 މޭއި 2010

» ކުންޔާ
Sunday, May 09, 2010

މުސްލިމުންގެ ކޮންމެ ކަމެއްގައި ވެސް، ޝަރީޢަތުގައި ކަން އޮތްގޮތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. އަދި އެގޮތަކަށް ޢަމަލު ކުރުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ. މިގޮތުން މިފަހަރު މި ބަލައިލަނީ "ކުންޔާ" އާއި ބެހޭ ގޮތުންނެވެ. އެހެންކަމުން ކުންޔާ އާއި ގުޅުން ހުރި ބައެއް ޙުކުމްތައް ބަޔާން ކުރެވޭތޯ ބަލާނަމެވެ. ﷲ ތަޢާލާ ވާގިދެއްވާށިއެވެ. އާމީން.

ޞަފްޙާ ނަންބަރު:  <<  <  10 11 12 13 14 15 16 17 18 19 20 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި