މުޖުތަމަޢު

» މައިންބަފައިންގެ މަސްއޫލިއްޔަތު
Monday, January 28, 2013

ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ހަމަކަށަވަރުން ބައްޕަގެ ޙައްޤު އަދާކުރިތޯ ދަރިއާއި ސުވާލުކުރެއްވުމުގެ ކުރިން ދަރީގެ ޙައްޤު އަދާކުރިތޯ ބައްޕައާއި، ﷲތަޢާލާ ސުވާލުކުރައްވާނެއެވެ. ފަހެ ބައްޕައަށްޓަކައި ދަރިފުޅު އަދާކުރަންޖެހޭ ޙައްޤުތަކެއް ވާފަދައިން ބައްޕަވެސް ދަރިފުޅަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ. ﷲތަޢާލާ ((وَوَصَّيْنَا الإنْسَانَ بِوَالِدَيْهِ حُسْنًا)) (العنكبوت 8) އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު وصية ކުރައްވައި، أمر ކުރެއްވީމެވެ. މިފަދައިން ވަޙީ ކުރައްވާފައިވާ ފަދައިން، ((قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ)) (التحريم 6) ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. މިފަދައިންވެސް ވަޙީކުރައްވާފައިވެއެވެ.

» ފޭސްބުކްގެ ސްޓޭޓަސް އަކީ ދެމަފިރިން އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކުރާ ތަނަކަށް ނަހަދާށެވެ.
Wednesday, October 24, 2012

ދެމަފިރިން އެކަކު އަނެކާގެ ސިއްރުތައް ވަންހަނާ ކުރަން ޖެހެއެވެ. އެއީ އެދެމީހުން އެކަކު އަނެކާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. ދެމަފިރިންގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަކުރުން ހުއްދައެއް ނުވާނެއެވެ. އެއީ ދެމަފިރިން ކުރެ އެއްވެސް މީހަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކިތަންބެ ބެސްޓު ފުރެންޑަކަށް ކަމުގައި ވިޔަސް، ކިތަންމެ ގާތްތިމާގެ މީހަކަށް ކަމުގައި ވިޔަސްމެއެވެ. އެއީ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް ކަމުގައި ވިޔަސް މެއެވެ. ސަބަބަކީ އެއީ ދެމަފިރިންގެ ސިއްރެކެވެ. އެ ސިއްރު ސިއްރު ކުރުމަކީ ލާޒިމު ކަމެކެވެ.

» އެދުވަހުގައި އަޅުގަނޑުގެ ޝުޢޫރު...
Monday, September 17, 2012

އަޅުގަނޑަށް ދެވުނު ގަޑީގައި ޒުވާނުންގެތެރޭގައި ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހިނގާކަމަށް ކުއްޖަކު ޚަބަރު ދިނެވެ. އަދި އަޅުގަނޑު އެތެރެއަށް ވަނުން ބުއްދިވެރި ނޫންކަމުގައި އެތާގައި ތިބި ބައެއް އަޚުން ލަފާދިނެވެ. ނަމަވެސް އެއިވުނު ޚަބަރުތައް އަމިއްލައަށް ޔަޤީންކޮށްލުމަށް ސަފުތަކުގެ ތެރެއަށް ޖެހިލީމެވެ. އެހިނދު އެންމެ ފުރަތަމަވެސް އަޑުއިވިގެން ދިޔައީ އިސްލާމިކް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވި އަޑެވެ. ދެން ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާއަޑެވެ. ދީން ޙިމާޔަތްކުރާ ޝޭޚުން ކޮބައިހެއްޔެވެ.

» ހެޔޮކަންކުރުމުގައިވެސް ގެންގުޅެންޖެހޭނީ ހެޔޮ އުޞޫލެވެ!
Saturday, September 15, 2012

ދީނުގެ ބޮޑެތި ކަންކަން ކުރުމުގައި އުއްމަތުގެ ޤިޔާދަތުގައި ތިއްބެވި ދީނުގެ ޢިލްމުވެރީންގެ ފަހަތުގައި މުސްލިމުންގެ ޞަފުތައް ރުކުރުވައިލުމަކީ އެންމެ މަންފާ ހުރި އަދި ބުއްދިވެރި މަގުކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. ސަބަބަކީ ދީނީޢިލްމުގެ އަހުލުވެރީންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންކަމުގައިވުމާއި، އިސްލާމްދީނަށް ކުރިމަތިވާ ގޮންޖެހުންތައް އޭގެ ބާރުމިނާއި އަދި އޭގެފަހަތުގައިވާ އެހެނިހެން ކަންތައްތަކާއެކު އެންމެ ރަނގަޅަށް ދަންނާނެބަޔަކީ ހަމަ ދީނުގެ ޢިލްމުވެރީން ނޫން ދެން ކޮންބައެއް ހެއްޔެވެ؟

» ޝައްވާލު މަހުގެ ހަރޯދައިގެ މާތްކަން
Saturday, August 18, 2012

ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލުމަހުން 6 ދުވަހު ރޯދަ ހިފުމަކީ މިގޮތުން ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. އެހެނީ ރަމަޟާން މަހުގެ ރޯދައަށްފަހު، ޝައްވާލުމަހުން 6 ރޯދަ ހިފުމުގެ ސަބަބުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތެރޭގައި އޭނާއަށް ހުރެވޭތީއެވެ. ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.

» "ބާޣީންގެ" ދަރުސް!!!
Friday, June 15, 2012

"ބާޣީންނޭ" ކިޔައިގެން ދަރުސް މަނާ ކުރެވެމުންދާ ދިޔުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ މުޑުދާރު ޢަމަލު ކުރާ ކައުންސިލްތަކާށާއި މީސްތަކުންނަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅެއް ކައިރި މުސްތަގުބަލެއްގައި ﷲތަޢާލާ ދެއްކެވުން އެއީ އަހަރުމެންގެ ދުޢާއެވެ.

» މަޤާމުތަކަށް ހެޔޮލަފާ މީހުން ޢައްޔަން ކުރުމުގެ މުހިއްމުކަން
Tuesday, June 12, 2012

އިސްލާމްދީނަކީ ދުނިޔޭގައި އިންސާނުން ދިރިއުޅުމަށް ﷲތަޢާލާ ބާވައިލެއްވި ފުރިހަމަ ނިޒާމު ކަމަށްވީހިނދު، އެނިޒާމުގައި މިކަމަށްޓަކައިވެސް ޚާއްޞަ އިރުޝާދުތަކެއް ވަނީ ދެއްވާފައެވެ. ބަޔަކުމީހުން އިސްލާމްދީނާއި ސިޔާސަތާއި ވަކިކުރުމަށްޓަކައި، ސިޔާސަތު ހަތިޔާރަކަށް ހަދައި، އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރި ކަމުގައި ވިޔަސް، އިސްލާމްދީން ވަނީ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ދަސްކޮށް ދެއްވާފައެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް އެކަން ނުވިސްނުމަކީ، އެއީ އެކަން ނެތްކަމުގެ ހެއްކެއް ނޫނެވެ.

» މަސްތުވާތަކެތީގެ ނުރައްކާތެރިކަން
Saturday, May 26, 2012

"ހަމަކަށަވަރުން ، ތިމަންއިލާހު آدم ގެދަރިން މާތްކުރެއްވީމެވެ.އަދި އެބައިމީހުން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެބައިމީހުންނަށް ރަނގަޅުތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންއިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖަތަކަށް މާތްކުރެއްވީމެވެ" މާތްﷲ އިންސާނާ ހައްދަވާފައިވަނީ އެހެނިހެން ޙައިވާނުންނާ ތަފާތުކޮށް ދެފައިގެމަޗަށް ކޮޅަށްހުރެގެން ހިނގާއުޅޭ، ދެއަތުން ކައިއުޅޭ ގޮތަށެވެ. އަދި އޭނާއަށް އިވުމާއި ފެނުމާއި ވިސްނުމުގެބާރުވެސް ދެއްވާފައެވެ. މިއީ މާތްﷲ އިންސާނާއަށްދެއްވި ވަރައްބޮޑުނިޢްމަތަކެވެ.

» އެހެނެއްކަމަކު ވިސްނައި، ބަލާށެވެ.
Monday, May 07, 2012

ތިބާއަށް ކުރެވިފައިވާ ފާފައިގެ ކުޑަކަމަށް ބަލައިގެން ނުހުންނާށެވެ. އެހެން ނަމަވެސް ތިބާ އެފަރާތަކަށް ނުކިޔަމަންތެރިވީ ފަރާތުގެ ބޮޑުކަމާއި މަތިވެރިކަމާމެދު ވިސްނާށެވެ. ތިބާއަށް ކުރެވިފައިވާ ހެޔޮ ކަންތަކުގެ ބޮޑުކަމާއި ގިނަކަމާމެދު ނުބަލާށެވެ. އެހެނެއްކަމަކު، ތިބާއަށް އޭގެތެރެއިން އިޚްލާޞްތެރިކަމާއެކު ކުރެވުނީ ކިތައް ކަންތައްތޯ ވިސްނާށެވެ. ތިބާގެ ޢިލްމުގެ މަދުގިނަ މިނާމެދު ނުބަލާށެވެ. އޭގެބަދަލުގައި ތިބާއަށް އެޢިލްމަށް ޢަމަލުކުރެވުނު މިންވަރާމެދު ވިސްނާށެވެ.

» އޭ ޒުވާނުންނޭވެ! މިއީ ވެސް ޒުވާނުންނެވެ. އަހަރެމެންނަކީ ވެސް ޒުވާނުންނެވެ.
Saturday, April 21, 2012

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އޭ ޒުވާނުންނޭވެ! ތިޔައީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ތިޔައީ އިސްލާމީ އުއްމަތުގެ ކުރިމަގެވެ. މި އުއްމަތް އޭގެ ޢިއްޒަތާއި ޝަރަފާއި ހަމައަށް ގެންދެވޭނީ މިއަދުގެ ޒުވާނުންނަށެވެ. .... ވިސްނާލާށެވެ! ފިލްމުތައް ބެލުމުގައި ޓީވީ ދޮށުގައި ތިބޭއިރު އެއިގެ ތަރިން ރޮންޏާ ރޮވެއެވެ. ހެންޏާ ހެވެއެވެ. ނުވަތަ އަހަރެމެން ސަޕޯޓުކުރާ ފުޓުބޯޅަ ޓީމު ބަލިވުމުން އަޑުން އަޑުނަގާ ރޮވެއެވެ. އަދި އެއީ ފަޚުރަކަށް ބެލެއެވެ. ނަމަވެސް....

ޞަފްޙާ ނަންބަރު:   1 2 3 4 5 6 7 8 9 10 >  >> 
 

 
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ހެނދުނާއި ހަވީރުގެ ޛިކުރުތައް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ ….
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
މަންމަން ފަޞާޙާތްތެރިޔާ
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
ވަގުތު ފާއިތުވުމުގެ ކުރިން...
ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި