ދީނީ ލިޔުން

» ދުޢާ ކުރުމުގެ އަދަބުތައް
Saturday, May 15, 2010

"އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ ތިމަން ﷲ އީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާނގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ. ފަހެ އެބައިމީހުން ތިމަންރަސްކަލާނގެއަށް އިޖާބަދޭ ހުށިކަމެވެ. އަދި އެބައިމީހުން ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. އެއީ އެބައިމީހުންނަށް ތެދުމަގު ލިބުމަށްޓަކައެވެ."

» މީސްތަކުންނަށް އުނގަންނައި ދިނުމާއި ހެޔޮކަންތައްތަކަށް ގޮވާލުމުގެ މާތްކަން
Monday, April 19, 2010

މީސްތަކުންނަށް އެބައިމީހުންގެ ދީނުގެ ކަންތައްތައް އުނގަންނައިދީ އެބައިމީހުންނަށް ހެޔޮކަންތައްތަކަށް ދަޢުވަތު ދިނުމަކީ ނަބީބޭކަލުންގެ ވަޒީފާއެވެ. ފަހެ، ހަމަކަށަވަރުން އެއީ އެންމެ މަތިވެރި އަދި އެންމެ މާތް ވަޒީފާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިވަޒީފާ އަދާކުރުމަށްޓަކައި ޢިޚްތިޔާރުކުރެއްވީ އެންމެ މާތް އަޅުތަކުންނެވެ. އެހެންކަމުން ﷲ ތަޢާލާ އެމީހަކަށް އެބޭކަލުންގެ މަގުން ހިނގައި، މީސްތަކުންނަށް ދީނުގެ ކަންތައްތައް އޮޅުންފިލުވައިދީ ހެޔޮކަންތައްތަކަށް އިރުޝާދުދީ އެކަންކަންކުރުމަށް މަގުފަހިކުރައްވައި ތައުފީޤުދެއްވައިފިނަމަ ހަމަކަށަވަރުން އެމީހަކު އެޙާޞިލްކުރީ ގިނަވެގެންވާ ހެޔޮކަންތައްތަކެކެވެ.

» ދީނީ ޢިލްމުގެ މާތްކަން
Wednesday, April 14, 2010

އިސްލާމްދީނުގައި ޝަރުޢީ ޢިލްމަކީ ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާފައިވާ ޢިލްމެކެވެ. އަދި އެއީ އެހާމެ މަތީ މަޤާމެއް ދެއްވާފައިވާ ޢިލްމެކެވެ. ﷲ ތަޢާލާ ވަނީ އެޢިލްމު އުނގެނުމަށް ބާރުއަޅުއްވާފައެވެ. އެޢިލްމުގެ އަހުލުވެރިން އެހެންމީހުންގެ މައްޗަށް މާތްކުރައްވާފައެވެ. އަދި އެޢިލްމު އުނގެނުންވަނީ އެންމެ މާތް އަދި ﷲ އާ ކުއްތަންކުރުވަނިވި ހެޔޮކަންތައްތަކުގެ ތެރޭގައި ލައްވާފައެވެ. އަދި ސުވަރުގެއަށް ދިޔުމުގެވެސް އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ލައްވާފައެވެ. އެއީ މިޢިލްމަކީ އަދި މިޢިލްމު އުނގެނުމުގައި ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވި، އެއިލާހުގެ އަމުރުފުޅުތަކާއި ނަހީފުޅުތައް ދެނެގަނެވި މިދީން ޤާއިމްކުރެވޭތީއެވެ.

» އިޚްލާޞްތެރިކަން
Tuesday, April 13, 2010

އިސްލާމްދީނުގެ އެންމެ މުހިއްމު އެންމެ މަތިވެރި އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމުގައި ތެދުވެރިވުމެވެ. ބަހުގެ ގޮތުން އިޚްލާޞްއަކީ ތެދުކުރުމެވެ. އަދި ދެއްކުންތެރިކަމުގެ އިދިކޮޅެވެ. ޝަރުޢުގައި ޢިޚްލާޞްތެރިކަމަކީ އަޅާ ޢަމަލުކުޅައުމުގައި އެއްވެސް އެދުމެއްނެތި ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދި ޢަމަލުކުރުމެވެ. ނުވަތަ ހަމައެކަނި ﷲ ތަޢާލާގެ ވަޖުހަފުޅަށް އެދި ޢަމަލުކުރުމެވެ. އިޚްލާޞްތެރިކަމަކީ ދީނުގެ ޙަޤީޤަތެވެ. އަދި ރަސޫލުބޭކަލުންގެ ދަޢުވަތުގެ ތަޅުދަނޑިއެވެ.

» ޒަމްޒަމް، އިލާހީ ޤުދްރަތްތެރިކަމުގެ އަލިގަދަ ހެއްކެއް
Tuesday, April 13, 2010

އެމެރިކާގެ ވޮޝިންޓަން ޔުނިވަރސިޓީގައި، ތިމާވެށީގެ ރޮނގުން ޕީ.އެޗް.ޑީ ހައްދަވާފައިވާ އިންޖިނިޔަރ ޑރ. ޔަޙްޔާ ކައުޝަކާއެކު ދިރާސާކުރެއްވި ޓީމަށް، ޒަމްޒަމް ވަޅަށް ފެން އަންނަ މައިގަނޑު މަސްދަރު "ސޯސް" ހުރީ ސީދާ އަލްޙަޖަރުލްއަސްވަދާ ދިމާލަށް އަޑީގައިކަން ފާހަގަކުރެވިފައި ވެއެވެ. އެއީ ދިގުމިނުގައި 45 ސެންޓިމީޓަރު، އަދި އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ފެންފޮނުވައިދޭ ތަންކޮޅެކެވެ. މީގެ އިތުރުން އަބޫ ޤުބައިސް ފަރުބަދައާއި ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާ ދިމާލުން ވެސް މިވަޅަށް ފެންއަންނަ ތަންތަން ފެނިފައިވެއެވެ

» މަދީނާގެ ކަދުރުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ނަބަވީ ޙަދީޘްފުޅުތައް
Sunday, April 11, 2010

އިމާމް ނަވަވީ ޞަޙީހު މުސްލިމްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. މިޙަދީޘްތަކުގައި މަދީނާގެ ޢަޖުވާ ކަދުރާއި މަދީނާގެ ކަދުރުގެ މާތްކަން ބަޔާން ވެގެންވެއެވެ. އަދި ހަތް އޮށް ކަދުރު ހެނދުނު ހައިބަނޑާ ކެއުމުގެ މާތްކަންވެސް ބަޔާންވެގެންވެއެވެ. އަދި އެހެނިހެން ބާވަތްތަކުގެ ކަދުރުތަކުގެ މައްޗަށް މަދީނާގެ ޢަޖުވާ ކަދުރުގެ މާތްކަންވެސް ބަޔާންވެގެންވެއެވެ. އަދި ހަތް އޮށް ކަދުރު ޢަދަދުކުރެވިފައިވުން ފަދަ ކަންކަމުގެ ޙިކުމަތް އަހަރެމެންނަށް އެނގިގެނެއް ނުވެއެވެ. އަހަރުމެންނަށް ވާޖިބުވެގެންވަނީ އެއަށް އީމާންވުމާއި އަދި އޭގައި މާތްކަމާއި ޙިކުމަތެއް ވާކަން ހިތުންތެދުކޮށް ޤަބޫލުކުރުމެވެ. އެއީ ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި ޒަކާތަށް ކަނޑައެޅިފައިވާ މިންވަރާއި މިފަދަ ކަންތައްތަކުގައިވާ ފަދައިންނެވެ.

» ނަމާދު އެޅުމާމެދު އައިސްފައިވާ ވަޢީދުތަކުގެ ތެރެއިން
Monday, March 29, 2010

ނަމާދަށް ރައްކައުތެރިވާ މީހާއަށް ޤިޔާމަތް ދުވަހުން ނޫރާއި ހެއްކާއި ސަލާމަތްތެރިކަން ލިބިގެންވެއެވެ. އަދި އެއަށް ރައްކައުތެރި ނުވާ މީހާއަށް ނޫރެއް، ހެއްކެއް، އަދި ސަލާމަތްތެރި ކަމެއްވެސް ނުވެއެވެ. އަދި އޭނާވާހުށީ ޤާރޫނާއި ފިރްޢައުނާއި ހާމާނާއި އުބައްޔުބްނު ޚަލަފާ އެކުގައެވެ.

» އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު
Saturday, March 20, 2010

އެއްދުވަހަކު، ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޙައިވާ ބިން ޝުރައިޙު ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ދަރިފުޅާ، ކުކުޅުތަކަށް ކާންދޭން އާދޭ!" އަޅުގަނޑުމެންނަމަ މިފަދަ ޙާލަތެއްގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟ ދަރިވަރުންނަށް ކިޔަވާދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ މިގޮވާލައްވަނީ އާދައިގެ ކުޑަކުޑަ ކަމަކުއެވެ. ކުކުޅުތަކަށް ކާންދޭން ދިއުމަށެވެ. އާދެ، އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކު ފިޔަވައި، އެހެން ހުރިހާ އެންމެން ކަހަލަގޮތަކަށް އެވަގުތު މަންމައަށް ޖަވާބުދޭނީ 'ފަހުން އެބަދަމެވެ' ނުވަތަ 'އިރުކޮޅަކުން އެބަދަމެވެ' މިފަދަ ގޮތަކަށްކަމާމެދު ޝައްކެއްނެތެވެ. އެކަމަކު ސަލަފުންގެ މިމަޝްހޫރު ޢިލްމުވެރިޔާ...

» މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންކަމު އެދުމާއިމެދު ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ފަތުވާ
Sunday, March 07, 2010

ކަނޑައެޅި އެނގެނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެކިބައިން ނުވަތަ، އެނޫން މީހެއްގެ ކިބައިންވެސް މަދަދަށް ނޭދެވޭނެ ކަމެވެ. އެހެނީ އެބައިމީހުން އެއެދުނު ކަންތަކަކީ އެކަން ކުރުމުގެ ކުޅަދާނަކަން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާޒާތުގެ ކަމަކަށްވީ އިރުވެސް ކީރިތި ރަސޫލާ صلى الله عليه وسلم އިސްތިޣާޘާ ( ކަންކަމުގައި މަދަދު އެދުން ) ގެ ލަފްޒު އެކަލޭގެފަނުގެ ހައްޤުގައި ބޭނުންކުރުންވެސް އެކަލޭގެފަނުވަނީ ނުރުއްސަވައި އެކަން މަނާކުރައްވާފައެވެ. އެއީ ތައުޙީދުގެ އިންފާރު ޙިމާޔަތްކުރެއްވުމަށާއި، އަދި މީސްތަކުންބުނާ ބަސްތަކުގަޔާއި ކުރާކަންތަކުގައި ޝިރުކަށް ވާޞިލުވެދާނެގަމުގެ މަގު ބަންދުކުރެއްވުމަށްޓަކައެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ވެރި ރަސްކަލާނގެއަށް އަދަބު އިޙްތިރާމުކުރުމާއި، އެއިލާހަށް ތަވާޟުޢުވެރިވުމުގެ ގޮތުންނެވެ.

» ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ހުއްދަ ކަމެއްތަ؟
Wednesday, February 24, 2010

އިސްލާމީ މުޖުތަމަޢުތަކުގައި ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ މާތްނަބިއްޔާ محمد صلى الله عليه وسلم އުފަންވެވަޑައިގަތްދުވަހުގެ އިޙްތިފާލަކީ މި ފުރިހަމަވެފައިވާ އިސްލާމްދީނަށް އިތުރު ކުރެވޭ ބިދުޢައެއްކަމާމެދު ޝައްކެތްއޮތްކަމެއްނޫނެވެ. އަދި މިކަމަކީ އެކަލޭގެފާނު ނަހީކުރައްވާފައިވާ ކަންތައްތަކުގެތެރެއަށް ވަންނަކަމެއްކަން ކަށަވަރެވެ. އެހެނީ އެކަލޭގެފާނު صلى الله عليه وسلم އަމިއްލަފުޅަށް މިދުވަސް، އެކަލޭގެފާނު އުފަންވެވަޑައިގަތީތީވެ ފާހަގަ ކުރައްވާފައެއް ނުވެއެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4 5 6 7 8  9 10 >  >> 
 

 
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ހެނދުނާއި ހަވީރުގެ ޛިކުރުތައް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ ….
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
މަންމަން ފަޞާޙާތްތެރިޔާ
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
ވަގުތު ފާއިތުވުމުގެ ކުރިން...
ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި