ދީނީ ލިޔުން

» މައިންބަފައިން މަރުވުމަށްފަހު އެބައިމީހުންނަށް ހެޔޮކޮށް ހިތާނެ ގޮތް
Tuesday, January 4, 2011

ޢަބްދުﷲ ބުނު ދީނާރު ރަޙިމަހުﷲ ، އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެއްފަހަރަކު އިބްނު އުމަރު رضي الله عنهما މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި އަޢުރާބީންގެ (އެބަހީ؛ ރަށްފުށުގެ އަހުލުވެރިންގެ) ތެރެއިން މީހަކާ ބައްދަލުވެ ވަޑައިގެންނެވިއެވެ.

» ފަގުޑި އެޅުމަކީ ސުއްނަތެއްތޯ ނުވަތަ އާދަކާދައެއްތޯ؟
Monday, January 3, 2011

މިހާރަކަށް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. ފަގުޑި އެޅުމަކީ ސުންނަތެއްތޯ ނުވަތަ އެއީ އާދަކާދައިގެ ތެރެއިންވާ ކަމެއްތޯއެވެ. ޚާއްޞަކޮށް މިވާހަކަ ދެކެވެނީ އަޅުގަނޑުމެންގެ ތެރެއިން ދީނަށް ލޯބިކުރާމީހުންގެ ތެރޭގައެވެ. އެހެންކަމުން މިމައްސަލައިގައި އަޅުގަނޑުމެން ދީނީގޮތުން މިކަން އޮންނަނީ ކިހިނެއްތޯ ބަލާލަންޖެހެއެވެ. އަދި ދީނުގެ ބޮޑެތި ޢިލްމުވެރިން މިކަމާއި ދޭތެރޭ ވިދާޅުވަނީ ކީކޭތޯ ބަލާލަންޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް މިކަމުގެ ޙަޤީޤަތާއި ހަމައަށް ވާޞިލްވެވޭ ހުއްޓެވެ.

» ޢަރުޝީގެ ހިޔާވަހިކަން...
Sunday, January 2, 2011

ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި، އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ: ޤިޔާމަތް ދުވަހު) މާތްﷲ، ޢަރްޝީގެ ހިޔާވަހިކަން ދެއްވާ، ހަތް ބައެއް ވެއެވެ؛ އަދުލުވެރި ވެރިޔާއާއި، މާތް ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އޭނާގެ ހިތް މިސްކިތާ ގުޅިލާމެހިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، މަންސަބާއި ރީތިކަން ލިބިފައިވާ އަންހެނެއް ފާޙިޝް ޢަމަލު ހިންގަން ދަޢުވަތު ދިނުމުން، އަހުރެން ﷲ ދެކެ ބިރުވެތިވަމޭ ބުނެ އެކަމުން އެއްކިބާވި މީހާއާއި، ޞަދަޤާތްކުރާއިރު އޭނަގެ ކާނަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އަދި އެކަހެރިކޮށް ހުރެ ﷲ މަތިން ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރިގެންދާ މީހާއެވެ".

» ރުޤްޔާ ޝަރްޢިއްޔާ
Saturday, January 1, 2011

ރުޤުޔާ އަކީ ބޮލުގައި ރިއްސުމާއި ހުން އައުން ފަދަ ނުވަތަ އެފަދައެހެން ބައްޔެއް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހާކު އެކަމަކުން ސަލާމަތް ކޮށްދިނުމަށް އޭނަގެ މައްޗަށް ކިޔަވާ ކިޔެވުމަކަށް ކިޔާނަމެކެވެ. ހަމަކަށަވަރުން ރުޤުޔާ ޝަރުޢިއްޔަށް ނުވަތަ ފަންޑިތައަކީ ވަރަށް ގިނަ މީހުން އެކަމަކުން ޣާފިލުވެގެންވާ ކަމެކެވެ. ނުވަތަ އެއީ ބައެއް މީހުން އެކަމާއި ބެހޭގޮތުން ބަލަންވެސް ބޭނުންނުވާ ކަމެކެވެ.

» ނަމާދު ޤާއިމުކުރުމާމެދު ސުންނަތުގައި އައިސްފައިވާ ތަރްޣީބުގެ ބަސްފުޅުތަކުގެ ތެރެއިން
Wednesday, December 29, 2010

މުސްލިމެއްގެ ފަރްޟު ނަމާދުގެ ވަގުތު އައިސްޖެހުމުން އެނަމާދަށްޓަކައި ރަނގަޅަށް، ފުރިހަމަޔަށް ވުޟޫކޮށް، ދެން ބިރުވެރިކަމާއި ޚުޝޫޢުވެރިކަމާއެކު ނަމާދުގެ ރުކުންތައް އަދާކޮށްފިކަމުގައި ވާނަމަ، ކުރިން އޭނާ ކޮށްފައިވާ ފާފަތަކުގެ ކައްފާރާއަކަށް އެނަމާދު ވެގެންދާނެއެވެ. އެއީ ބޮޑު ފާފައަކަށް އަރައިނުގަންނަހާހިނދަކުއެވެ. އަދި މިއީ އޭނާ ދިރިހުރިހާ ހިނދަކުއެވެ.

» ސުވަރުގޭގެ ތަޅުދަނޑިތައް ވަނީ އަހަރެމެންގެ ޖީބުގައެއް ނޫނެވެ.
Wednesday, December 29, 2010

ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ސުވަރުގޭގެ ތަޅުދަނޑިތައް އަހަރެމެންގެ ޖީބުތަކުގައި ލައްވާފައި ނުވާ ކަމީ އެކަލާނގެ އަހަރެމެންނަށް ދަރުމަކުރެއްވި ބޮޑުވެގެންވާ ރަޙުމަތެކެވެ. އެހެނީ އެހެން އެކަންތައް ވީ ނަމަ އެއްބަޔަކު އަނެއްބަޔަކަށް ސުވަރުގެ ވަނުން މަނާކޮށްލާނެއެވެ. ކޮންމެ މީހަކުވެސް އެމީހަކާ ހަމަ ޚިލާފެއް ވެލައިފި މީހަކު ވިއްޔާ ސުވަރުގެއާ ދުރަށްލާނެއެވެ. ހަމަ ކޮންމެ ޖަމާޢަތެއް ގުރޫޕެއް އެނޫން އެހެން ހުރިހާ ޖަމާޢަތްތަކެއްގެ ކުރިމަތީގައި ސުވަރުގެ ބަންދުކޮށްލާނެއެވެ.

» ޤުރުއާން އިޙްޔާކުރާނީ ކިހިނެއް؟
Friday, December 24, 2010

އެހެންކަމުން، އެހެން ސުވާލެއް، އަޅުގަނޑުމެންގެ ނަފްސުތަކާއި ކޮށްލަމާ ހިނގާށެވެ. އެގުޅުން ހީނަރުވެފައިވަނީ ކީއްވެތޯއެވެ؟ ފޮތާއި ނޫސްމަޖައްލާ ފަދަ ތަކެތި ކިޔަން ކޮންމެ ދުވަހަކުވެސް އެތައް ގަޑި އިރެއް އަޅުގަނޑުމެން ހޭދަކުރަމޫއެވެ. ނަމަވެސް، އެ މާތް ފޮތް ކިޔަވާ ތިލާވަތުކޮށްލަން އަޅުގަނޑުމެންނަށް ވަޤުތު ނުވަނީ ކީއްވެތޯއެވެ؟

» ކަށްވަޅުގެ ފުރަތަމަރޭ
Wednesday, December 22, 2010

ދެ ރެއެކެވެ. ފުރަތަމަ ރެއަކީ ގޭގައި ތިބާ ހުރި ރެއެކެވެ. އަނބި ދަރީންނާއި އެކުގައެވެ. އެކުދީން އުފާކޮށްދީ އެކުދިންނާއި އެކީ ކުޅެ ސަމާސާ ކުރަންށެވެ. ކުޑަ ކުޑަ އުފާވެރި އާއިލާއެކެވެ. ދެން ޖެހިގެން އައި ރެއެވެ. ތިބާ ކަށްވަޅަށް ތިރިކުރެވެނީއެވެ. އަނބިދަރީންނާއި ވަކިވެ، އަނދިރި ވަޅުގަނޑެއްގެ ތެރެއަށެވެ. އެތަނުގައި އެއްވެސް ބައިވެރިއަކު ނެތެވެ. ލޯބިވާ އަނބިމީހާވެސް ނެތެވެ. އަދި ދަރީންނެއްވެސް ނެތެވެ.

» ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ.
Sunday, December 19, 2010

ލޮބުވެތި އަޚާއެވެ! ހިތާމައިގެ ކޮޅެއްވެސް ނެތެވެ! ފަރުޟު ނަމާދުތަކަށް އިހާނާތްތެރިވެވި ފަރުވާ ކުޑަކުރެވިފައިވެއެވެ. ދީނުގެ ޙުކުމްތަކާއިމެދު އަޅާނުލެވި ދޫކޮށްލެވިފައިވެއެވެ. ދީނުގެ ކަންކަމަށް މަލާމާތްކޮށް ފުރައްސާރަ ކުރެވިފައިވެއެވެ. އަދި ހަމައެފަދައިން މިފަދަ ހިތާމައާއި ނިކަމެތި ކަމުގެ ވަގުތުގައި އަޅުގަނޑުމެންގެ އުޚުތުން، އަޢުރަ ނިވާނުކޮށް އޮރިޔާންކަން ފާޅުކުރަމުން ޣާފިލުކަމުގައި މީސްތަކުންގެ ތެރޭގައި މަސްހުނިވަމުން މިހިރަދަނީއެވެ. އޭލޮބުވެތި އުޚުތުވެ! ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ. ދީންދަސްކޮށް އެއަށް ޢަމަލުކުރަމާތޯއެވެ. ތައުބާގެ ވަގުތު އަދި ފާއިތެއްނުވެއެވެ. އެކަމަށް އަވަސްވެގަންނަމާތޯއެވެ.

» 1432 ވަނަ އަހަރުގެ ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ.
Saturday, December 11, 2010

ޢާޝޫރާ ދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ. "وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ ". މާނައިގައި ވަނީ: އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. (މި ޙަދީޘް ރިވާ ކުރެއްވީ އިމާމް މުސްލިމް އެވެ)

ޞަފްޙާ ނަންބަރު:  < 1 2 3 4 5 6  7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި