ދީނީ ލިޔުން

» ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކައިން ލިބޭ ޢިބްރަތްތައް
Friday, April 22, 2011

ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ އަކީ ނުހަނު ގިނަ ޢިބްރަތްތަކަކުން ފުރިގެންވާ ވާހަކައެކެވެ. ކުޑަކުދިންނާއި، ﷲ ގެ މަގުގައި ދަޢްވަތުގެ މައިދާނުގައި މަސައްކަތް ކުރާ މީހުންނާއި، ވަޡީފާގައި އުޅޭމީހުންނާއި، އަނިޔާ ލިބިފައިވާ މީހުންނާއި، ރިވެތި އަޚްލާގު ގެ ވެރިންނަށް ނުހަނު ގިނަ ޢިބްރަތްތަކެއް މިވާހަކައިގައި ހިމެނިގެންވެއެވެ. "ހަމަކަށަވަރުން، އެއުރެންގެ ވާހަކަތަކުގައި، ބުއްދީގެ أهل ވެރިންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ قرآن އަކީ، ހަދައިގެން އުފެއްދޭ ވާހަކަތަކެއްނޫނެވެ. އެހެނެއްކަމަކު، އެއީ އޭގެކުރިން ބާވައިލެއްވި ފޮތްތައް ތެދުކުރާ، އަދި ހުރިހާކަމެއް تفصيل ކޮށްދޭ، އަދި إيمان ވާ ބަޔަކަށް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައިވާ ފޮތެވެ.

» ނަރަކަށް ވަދެއްޖެ މީހަކު ދުވަހަކުވެސް ސުވަރުގެއަށް ވަންނާނެތޯ؟
Wednesday, April 20, 2011

ނަރަކައިގައި އަބަދަށް ދާއިމަށް ދެމިތިބޭނެ މީސްތަކުންނަކީ ކާފަރުން ނުވަތަ މުޝްރިކުންގެ ގޮތުގައި ތިބެ އެގޮތުގައި މަރުވެދާމީހުންނެވެ. އެބައިމީހުން ދުވަހަކުވެސް ސުވަރުގެ ނުވަންނާނެވެ. އަދި އެބައިމީހުން ނަރަކައިގެ ވޭންދެނިވި އަޛާބުގައި ދާއިމަށް ދެމިތިބޭނެވެ. ނަމަވެސް މުސްލިމުންގެ ތެރެއިން ﷲގެ އެއްކައުވަންތަކޮށް އެއިލާހަށް ޝިރުކުނުކުރާމީހުންގެ ތެރެއިން ބޮޑެތިފާފަތަކުގެ އަހުވެރިންނާއި ފާސިޤުންނާއި ޢުޞާތުން ނަރަކައިގައި ތިބޭނެވެ. ނަމަވެސް އެބައިމީހުންނަކީ އަބަދުގެ އަބަދަށް އެތާނގައި ދެމިތިބޭނެ ބައެއް ނޫނެވެ. ﷲ ތަޢާލާ އެބައިމީހުންނަށް ލިޔުއްވާފައިވާ މުއްދަތެއްގެ ތެރޭގައި އެތާނގައި ދެމިތިބޭނެވެ.

» ޝިފާ ދެއްވަނީ ﷲ އެވެ. ސަބަބުގައި ހިފާށެވެ! އަދި ކެތްތެރިވާށެވެ!
Wednesday, April 13, 2011

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ ބައްޔަކާ އެކު އެބަލީގެ ޝިފާވެސް ލައްވަވާފައެވެ. ބޭހަކީ އޭގެޒާތުގާ އެއްވެސް އާރެއް ބާރެއް ލިބިފައިވާ އެއްޗެއްނޫނެވެ. ބޭހުގެ އަސަރު ކުރަނީ ހަމައެކަނި ﷲ އެކަމަށް އިރާދަ ކުރެއްވުމުންނެވެ. އެމީހަކަށް ﷲ ޝިފާދެއްވަން އިރާދަ ނުކުރައްވައިފި މީހަކަށް ދުނިޔޭގައިވާ އެއްވެސް ބޭހަކުން ކުރާނެ އަސަރެއް ނޯންނާނެވެ. އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވި ފަދައިންނެވެ. ﴿ وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴾ އަދި ތިމަންކަލޭގެފާނު ބަލިވެއްޖެނަމަ ޝިފާ ދެއްވަނީ އެއިލާހެވެ.

» ޙަސަދަވެރިކަން
Sunday, April 3, 2011

ޙަސަދަވެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރެވިގެންވާ ސިފައެކެވެ. އަދި އެކަމާއި ބެހޭގޮތުން ވަޢީދުގެ އެތައް އާޔަތްތަކާއި ޙަދީޘްތައް އައިސްފައިވެއެވެ. އަދި އެނުބައި ސިފައިން ދުރުހެލިވެގަތުމުގައި ﷲގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަތުމަށް ވެސް އެއިލާހު، އަހަރެމެންނަށް އަންގަވާފައިވެއެވެ. އެގޮތުން އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ. ((وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ)) މާނައީ: "އަދި ޙަސަދަވެރި ވާހިނދު، އޭނާގެވެސް ނުބައިކަމުންނެވެ. (އެބަހީ އެހިނދު ޙަސަދަވެރިންގެ ހަސަދައިން ރައްކާތެރިކަން ލިބިގަތުމަށް އެދޭށެވެ.)

» ދުލުގެ ފާފަތަކުގެ ތެރެއިން - ޣީބަ -
Wednesday, March 30, 2011

އީމާންކަމާއި ކުފުރު ތަފާތުކޮށްދެނީ ދުލުން ބުނާބަހަކުންނެވެ. އިންސާނާ ސުވަރުގެވަންތަވެރިއަކަށްވުމާއި ނުވުން ގުޅިފައިވަނީ ދުލާއެވެ.

» ސުންނަތަކީ ކޮބާ؟
Monday, February 14, 2011

ސުންނަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމުގެ އެންމެހައި ބަސްފުޅުތަކާއި އެކަލޭގެފާނުގެ އެންމެހައި ޢަމަލު ފުޅުތަކާއި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކަމެއްހިނގައި އެކަމާމެދު އެކަލޭގެފާނު އިންކާރު ނުކުރެއްވި ނުވަތަ ރުއްސަވާކަން ފާޅުކުރެއްވި ކޮންމެ ކަމެކެވެ. މީގެތެރޭގައި އެކަލޭގެފާނުގެ މުޅި ހަޔާތް ހިމެނިގެންވެއެވެ. ކީރިތިޤުރުއާނުގައި އައިސްފައިވާ އެންމެހައި އިރުޝާދުތައް މީގައި ހިމެނިގެންވެއެވެ.

» އަހަރެމެންގެ ދުޢާތައް އިޖާބަ ނުވަނީ ކީއްވެގެން ހެއްޔެވެ؟
Saturday, January 29, 2011

"އަދި ކަލޭގެފާނު ހައްދަވައި ގެންގުޅުއްވާ އިލާހު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަން އިލާހަށް ދުޢާ ކުރާށެވެ. ތިމަން އިލާހު ތިޔަބައިމީހުންނަށްޓަކައި އިޖާބަކުރައްވާ ހުށީމެވެ." އަހަރެމެން ދުޢާވެސް ކުރަމުއެވެ. ނަމަވެސް އެ ދުޢާ އިޖާބައެއް ނުވެއެވެ. އެއީ ކީއްވެގެންތޯއެވެ؟

» ޤުރްއާނުގައި ވާރިދުވެގެންވާ ނަބީބޭކަލުންގެ ދުޢާތަކުގެ ތެރެއިން ޔޫސުފް ޢަލައިހިއްސަލާމްގެ ދުޢާ
Wednesday, January 12, 2011

އިބްނު ކަޠީރު ރަޙިމަހުﷲ ވިދާޅުވިއެވެ. "މި ދުޢާއަކީ، ތެދުވެރި ޔޫސުފް (ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ މަންމާފުޅާއި ބައްޕާފުޅާއި އެކަލޭގެފާނުގެ ބޭބެއިންނާއި ޖަމަޢަ ކޮށްދެއްވައި، އެކަލޭގެފާނަށް ނަބީކަމާއި ރަސްކަން ދެއްވައި މާތްކުރައްވައި، އެކަލޭގެފާނަށް ﷲ ދެއްވި ނިޢުމަތްތައް ފުރިހަމަ ވުމުން ކުރެއްވި ދުޢާއެކެވެ. އެކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހުގެ ޙަޟްރަތުން އެކަލޭގެފާނު އެދިވަޑައިގެންދެންނެވީ ދުނިޔޭގައި

» އަޅުތަކުންގެ މައްޗަށް ހުރި ﷲގެ ދަރުމަވަންތަވެރިކަމުގެ ބޮޑުކަން
Saturday, January 8, 2011

ﷲ ވަޙީކުރެއްވިއެވެ. [ އޭ އަހުރެންގެ އަޅުތަކުންނޭވެ! އަހުރެންވަނީ އަނިޔާވެރިވެ ވޮޑިގަތުމުން އަހަރެންގެ ޒާތުފުޅު ހުސްޠާހިރު ކުރަށްވާފައެވެ. އެހެންކަމުން ތިޔަބައިމީހުންގެ މެދުގައިވެސް އެކަން ވަނީ ޙަރާމްވެގެންނެވެ. ފަހެ ތިޔަބައިމީހުން ތިމާމެންގެ މެދުގައި އަނިޔާވެރި ނުވާށެވެ. ދަންނާށެވެ! ތިޔައިގެ ތެރެއިން ކޮންމެ މީހަކީވެސް އަހަރެން އެމީހަކަށް ހިދާޔަތުގެ އަލިމަގު ނުދައްކަވާހައި ހިނދަކު މަގު ގެއްލިގެން ދާންހުރި މީހެކެވެ.

» ޖަނާޒާގައި ބައިވެރިވުން
Wednesday, January 5, 2011

މިދުނިޔޭގެ ލައްޒަތާއި، މާއްދީ އެދުންތަކާއި، ދުނިޔޭގައިވާ ތަކެއްޗާއި ކަންކަން ވެފައިވަނީ އުޚުރަވީ ޙަޔާތުގެ މަތީން މީސްތަކުން ހަނދުމަ ނެތިކުރުވާ ސަބަބުތަކެއް ކަމުގައެވެ. މުސްލިމުންގެ ޖަނާޒާގައި ބައިވެރިވުމަކީ އެކަމުގެ ސަބަބުން މަރާއި އާޚިރަތުގެ މަތިން ހަނދާން އާކޮށްދޭ ކަމެކެވެ. މަރުވެފައިވާ މުސްލިމެއްގެ ސަންދޯއް ގެންދެވޭހިނދު އެތަންދެކޭ ކޮންމެ މުސްލިމަކު އޭގެ ފަހަތުން ދިއުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ އަދި މަރުވެފައިވާ މުސްލިމް އަޚާއަށް ދޭންޖެހޭ ޙައްޤެކެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4 5  6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި