ދީނީ ލިޔުން

» ޒަކާތް 1 - ޒަކާތުގެ ފަރުދީ ފައިދާއާއި އިޖުތިމާޢީ ފައިދާ
Wednesday, October 12, 2011

ޒަކާތަކީ އިސްލާމްކަމުގެ 3 ވަނަ ރުކުނެވެ. ޒަކާތާ ނުލައި އަޅާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ޒަކާތުގެ ވާހަކަ ބަޔާންކުރެވިފައިވެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴿١١﴾ މާނައަކީ؛ "ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ." ވިސްނާ ފިކުރުކުރާބަޔަކަށް ޢިބުރަތުން ފުރިގެންވާ އާޔަތެކެވެ.

» ހޭދަކުރުމުގެ ފައިދާ
Tuesday, October 11, 2011

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: (مَا نَقَصَتْ صَدَقَةٌ مِنْ مَالٍ) أخرجه مسلم. މާނައީ: "ޞަދަޤާތުގެ ސަބަބުން މުދަލުން އެއްވެސް އެއްޗެއް އުނިވެގެން ނުދެއެވެ."

» ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް
Wednesday, September 28, 2011

ޞަޙީޙުލް ޖާމިޢުގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ﷲގެ ޙަޟްރަތުން ސުވަރުގެ ދެއްވުން އެދި މީހަކު 3 ފަހަރު ދަންނަވައިފިނަމަ، ސުވަރުގެ ދަންނަވާނެއެވެ. اللَّهُمَّ أَدْخِلْهُ الجَنَّة އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އޭނާ ސުވަރުގެ ވައްދަވާނދޭވެ. ﷲތަޢާލާ އެކަމުގެ ހެޔޮ ތައުފީޤް އަޅުގަނޑަށާއި ތިޔަ އެންމެ ބޭފުޅުންނަށް ދެއްވާށިއެވެ. އަދި އަޅުގަނޑުމެންނަށް ކުރެވޭ ކުދި ކުށްތަކުގެ ސަބަބުން، އަޅަމެންނަށް އެއިލާހުގެ ޛާތުފުޅު ފެނުމުން މަޙުރޫމް ނުކުރައްވަޥާށިއެވެ.

» ފަތިސްނަމާދުގެ މުހިއްމުކަން
Saturday, September 24, 2011

އަޅުގަނޑުމެން ފަތިސްނަމާދު ނުކޮށް ނިދުމުގެ ސަބަބުން ހެޔޮކަމުގެ ކިތައް ޘަވާބުތޯ ނަގާލެވެނީ؟ ނުވަތަ ކަންނެތްކަމާއި ކުޅިވަރުގެ މަޖަލުގައިތިބެ ފަތިސްނަމާދު އަޅައި ކިތައް އަޖުރުންތޯ މަޙުރޫމުވަނީ؟ ނިކަން ވިސްނަވާބައްލަވާ! އަޅުގަނޑުމެންގެ ނިދި ދޫކޮށްލުމަށްފަހު ފަތިސްނަމާދުގެ ބަންގިއަށް ހޭލައި މުއުމިނުތަކުންނާއެކު ފަތިސްނަމާދުގެ ޖަމާޢަތުގައި ބައިވެރި ވުމުގެ މަތިވެރިކަމާއެވެ!

» ބިންމަތީގައި ހިނގާ ހާދިސާތަކުގެ މައްޗަށް ފަލަކީ އަޙުވާލުން އިސްތިދުލާލު ކުރުމާ ބެހޭގޮތުން އައިސްފައިވާ ވާހަކަތައް ނަންގަތް ބާބު
Sunday, September 18, 2011

މާނައީ: "الله تعالى ތަރިތައް ހައްދަވާފައިވަނީ ތިން މަޤުޞަދަކަށްޓަކައެވެ. އުޑު ޒީނަތްތެރި ކުރެއްވުމަށާއި، ޝައިޠާނުން ރަޖަމުކުރެއްވުމަށާއި، (އެއްގަމުގަޔާއި، ކަނޑުގައި ދަތުރުކުރާ މީހުން) މަގު ހޯދާ ޢަލާމާތްތަކެއްގެ ގޮތުގައެވެ. ފަހެ، މިތިން މަޤްޞަދުފިޔަވާ އެތަރިތަކާ މެދު އެހެން ގޮތަކަށް ތައުވީލު ކޮށްފި މީހާ ކުށްކޮށްފިއެވެ. އަދި (ހުރިހާ ހެއުކަމަކުން) އޭނާގެ ޙިއްސާ އޭނާ ބަރުބާދު ކޮށްލައިފިއެވެ. އަދި އޭނާއަށް އެކަމުގައި އެއްވެސް ޢިލްމެއް ނުވާކަމެއްގެ ތަކުލީފު ލިބިގެން ފިއެވެ." اهـ.

» މިއުޒިކާ އެކު ލަވަ ކިޔާ ލޮބުވެތި އުޚްތުންނާއި އަޚުންނަށް...
Saturday, September 17, 2011

މީހުންގެ ފަރާތުން ދިމާވެދާނެ މަލާމާތަށާއި ނުރުހުމަށް ވުރެން ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި އެކަލާނގެ ސުވަރުގެއަށް ދަހިވެތިވެ އެކަލާނގެ އެ ނިޢްމަތްތައް ލިބިގަތުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ނިމުމެއް ނުވާ ޙަޔާތުގައި ތާ އަބަދު އެކަލާގެ ނިއުމަތުގައި، ތިބުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. އެކަނލާގެ އަޒާބަށް ބިރުވެތިވުން އެއީ ބުއްދިވެރިންގެ ސިފައެކެވެ.

» ބަލިމީހުން ނޭވާލެއްވުމަށް ގުޅާފައި ހުންނަ މެޝިން ނައްޓާލުމާ ބެހޭ
Friday, September 16, 2011

ބަލިމީހާގެ ސިކުނޑީގެ މަސައްކަތް އެއްކޮށް ހުއްޓިގެން ދިޔުން. މިޙާލަތުގައި ބަލިމީހާގެ ހިތުގެ މަސައްކަތް ކޮންމެވެސް ވަރަކަށްނަމަވެސް ހުރެއްޖެނަމަ، ނޭވާލައްވާ މެޝިނާއި ގުޅައިގެން އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެއެވެ.

» ޢީދުނަމާދު ކުރާ ގޮތާއި އަދި....
Saturday, August 27, 2011

ޢީދު ނަމާދަކީ 2 ރަކްޢަތުގެ މައްޗަށް އެކުލެވިގެންވާ ނަމާދެކެވެ. ޢީދުނަމާދުގެ ވަގުތަކީ އިރު ބޮންތި އަކަށް އެރީއްސުރެން ފެށިގެން (އިރުއަރާވަގުތުން ފެށިގެން ގާތްގަނޑަކަށް 10 ވަރަކަށް މިނެޓްފަސް) އިރު މެދުން ފިލައްޖެއުމަށް ދާންދެންނެވެ.

» ދަތުރު ކުރުމުގެ ސަބަބުން ރޯދައިގެ ޢަދަދު 29 އަށް ވުރެ މަދުވާނަމަ ނުވަތަ...
Thursday, August 25, 2011

ދިވެހިރާއްޖޭގައި ސްރީލަންކާއަށް ވުރެ އެއްދުވަސް ކުރިން ރޯދަހިފަން ފަށާފައި، ރޯދަމަސް ނިމުނުއިރު އެމީހަކު ލަންކާގައި ހުރެއްޖެނަމަ 31 ރޯދަވެސް ހިފަންޖެހިދާނެއެވެ. އެޙާލަތުގައި 31 ރޯދަ ހިފަންވާނެއެވެ.

» އުރެދުމަކަށް ނިޔަތް ގަތުމަކީ ފާފަވެރިވާނެ ކަމެއްބާ!
Thursday, July 28, 2011

ޝަރީޢަތުގެ ތަފާތު ނައްޞުތަކާއި ދަންނަބޭކަލުންގެ އިޖްމާ އެއްބަސްވާ ގޮތުގައި ޙަސަދަވެރިކަމާއި މުސްލިމުންނަށް ނުނިޔަތްލުމާއި އެމީހުންނަށްޓަކައި ދެރައަށް އެދުމާއި މިނޫނަސް މިފަދަ ކަންކަމަކީ ހިތަށް ގެނެވޭ ނިޔަތަކާއި ޢަޒުމެކެވެ. މިއީ އެކަން ކުރުން ޙަރާމްވެގެންވާ އެކަމުގެ ސަބަބުން ފާފަވެރިވާ ކަންކަމެވެ. އަދި މިއީ ޝައްކެއްނެތި ހިތުގެ ޢަމަލުތަކުގެ ތެރޭން ހިމެނޭ ކަންކަމެވެ.

ޞަފްޙާ ނަންބަރު:  < 1 2 3  4 5 6 7 8 9 10 >  >> 
 

 
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ހެނދުނާއި ހަވީރުގެ ޛިކުރުތައް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ ….
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
މަންމަން ފަޞާޙާތްތެރިޔާ
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
ވަގުތު ފާއިތުވުމުގެ ކުރިން...
ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި