ދީނީ ލިޔުން

» ޔަހޫދީން 3
Monday, January 9, 2012

މުސްލިމް ފިރިމީހާޔާއި އަދި އެދެމީހުންނަށް ލިބިފައިވާ މުސްލިމް ދަރީންގެ ވާރުތަ މުދަލުން އެއްވެސް މިންވަރެއް އެ ޔަހޫދީ އަންހެން މީހާޔަށް ވާރުތަ ނުވާނެކަމަށް މި މަތިވެރި ޝަރީޢަތުގައި އޮތްއޮތުމަކީ އެފަދަ މީހުނާ އިދިކޮޅަށް (ފްލައިޓް ޖެއްސިދާނެކަމަށް ބުނާ މީހުންނާ އިދިކޮޅަށް) ގެނެވިދާނެ "އެމީހުން ގެންނަ ކަހަލަ" ދަލީލެއް ނޫންތޯއެވެ؟

» ކަށްވަޅުގައި މުއުމިނު އަޅާއާއި ކާފަރު އަޅާގެ ޙާލު
Wednesday, January 4, 2012

މައްޔިތާ ޤަބުރުގައި ބޭއްވެވުމުން އެމައްޔިތާގެ ކައިރިއަށް ދެމަލާއިކަތުން ވަޑައިގަންނަވައެވެ. އެދެމަލާއިކަތުންގެ ކުލު ކަޅުވެފައި ދެ ލޮލުގެ ކުލަ ނޫވެގެންވެއެވެ. އެއިގެ ތެރެއިން އެއްމަލާއިކަތެއްގެ ނަންފުޅަކީ މުންކަރެވެ. އަނެއް މަލާއިކަތާގެ ނަންފުޅަކީ ނަކީރެވެ. އެ ދެމަލާއިކަތުން އޭނާއާއި ސުވާލު ކުރައްވައެވެ. (ކަލޭމެންގެ ތެރެއަށް ފޮނުއްވިގެންވީ) މިމީހާއާ ބެހޭގޮތުން ކަލޭ ބުނަނީ ކީކޭ ހެއްޔެވެ؟ އެމައްޔިތާ އެއީ މުއުމިނަކު ކަމުގައި ވާނަމަ ޖަވާބުދޭނެއެވެ. [އެއީ ﷲގެ އަޅާ އަދި އެއިލާހުގެ ރަސޫލާއެވެ. ﷲ މެނުވީ އެހެން ޙައްޤު އިލާހަކު ނުވާކަމަށް އަހަރެން ހެކިވަމެވެ. އަދި ހަމަކަށަވަރުން محمد عليه السلام އަކީ ﷲގެ އަޅާކަމަށާއި ރަސޫލާކަމަށްވެސް ހެކިވަމެވެ.

» އެސްފިންނާއިން ސަލާމަތްވާން ތަވީދު އެޅުން
Wednesday, January 4, 2012

އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކިޔުމަށް ސުންނަތުގައި ވާރިދުވެފައިވާ ވިރްދު ތައް ކިޔުން، އޭގެ ތެރޭގައި: (أَعُوْذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ)، (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ)، (بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ)، އަދި ހެދުނާއި ހަވީރުގެ ދުޢާތައް، ނިދަން އޮށޯންނަމުން ކިޔަން ވާރިދުވެފައިވާ ދުޢާތައް، ނިދިން ތެދުވެފައި ކިޔަން ވާރިދުވެފައިވާ ދުޢާތައް ކިޔާ ސަލާމަތްކަން ލިބިގަތުން ހިމެނިގެންވެއެވެ.

» ޢަޤީދާ ބަލިކަށި ބަޔަކަށް ނުވަމާ
Monday, January 2, 2012

ދިވެހި ރައްޔިތުންނޭވެ! މި ދުވަސްކޮޅަކީ މާގިނައިން ދީނީ މިނިވަންކަމުގެ ވާހަކަތަކެއް ދެކެވޭ ދުވަސްވަރެކެވެ. މީހަކު އައިސް ހަމަ އެހެން ދައްކާ ވާހަކައަކުން އަޅުގަނޑުމެންގެ ޢަޤީދާ އަށް ބަދަލު އައިސްގެން ނުވާނެއެވެ. އެގޮތަށް ތަންތަނަށް މީހުން އަންނާނެއެވެ. އެއީ ވެސް ދުނިޔޭގައި އުޅޭ ބަޔެކެވެ. އެމީހުންގެ މަސައްކަތަކީ އެއީއެވެ. އެމީހުންގެ ވާހަކަތަކަށް އަޅުގަނޑުމެން ހެއްލެން ވެއްޖެނަމަ، އެމީހުންނަށް ވުރެން އަޅުގަނޑުމެން ނުބައިވީއެވެ. އަޅުގަނޑުމެންނަކީ އެހާދެރަ ނިކަމެތި އަޤީދާއެއްގެ ވެރިބައެއްނޫނެވެ. އިރާދަކުރެއްވިއްޔާ އެހެން އަދި ދައްކާ ވާހަކައަކުން ދިވެހިންގެ އިސްލާމީ ޢަޤީދާ އަށް ލޮޅުމެއް ނާރާނެއެވެ.

» ދީނުގައި ވެރިކަމަށް ކުރިމަތި ލުމުގެ ޙުކުމް
Sunday, January 1, 2012

އިސްލާމްދީނަކީ ވެރިކަމުގެ ދީނެވެ. ވެރިކަމަކީ ދީނުގެ ބައެކެވެ. ވެރިކަމާނުލައި ދީނެއް ނޯންނާނެއެވެ. ސިޔާސީ މަސްރަޙުން ދީން އެއްފަރާތްކޮށްލުމަކީ ހުޅަނގުގެ ކަރުގޮހޮރު ކައިގެން، އެމީހުންގެ ތައްޕާހުން އުޅޭ މީހުން ކުރަން ބޭނުންވެގެން އުޅޭ ކަމެކެވެ. ނަމަވެސް މިފަދަ މީހުންނަށް މާތް ﷲ އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބެއް ނުވާނެއެވެ.

» ހުކުރުނަމާދު ކުރުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުން
Tuesday, December 27, 2011

ވީމާ ދަލީލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސަލަމްގެ ސުންނަތުން ކަނޑައެޅިގެން ހުކުރުނަމާދު އިހު ސުންނަތެއް ސާބިތުވެފައެއް ނެތެވެ. އެހެންނަމަވެސް ސުންނަތް ނަމާދު ކުރަން ބޭނުންވާ މީހާ އެވަގުތުގައި ބޭނުން ޢަދަދަކަށް ސުންނަތް ނަމާދު ކުރުމަކުން މައްސަލައެއްނެތެވެ

» ސުވަރުގެ ދިޔުމަށް މަގެއް...
Monday, December 26, 2011

އިސްލާމްދީނުގައި ދަރިން މައިންބަފައިންނަށް އަދާކުރަންޖެހޭ ހައްޤުތަކާއި، މައިންބަފައިން ދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތަކާއި، ފިރިމީހާ އަނބިމީޔަށް، އަދި އަނބިމީހާ ފިރިމީހާޔަށް އަދާކުރަންޖެހޭ ހައްޤުތަށްވަނީ ވަރަށް ފުރިހަމަޔަށް ބަޔާންކުރައްވާފައެވެ. މިހެނީ ޔަގީންކުރަންޖެހޭ ހަޤީޤަތަކީ އިސްލާމްދީނުގައިވާ އެއްވެސް ޙުކުމެއްގައި އަނެއް ހުކުމާ ފުށުއެރުމެއް ނުވާނެކަމެވެ.

» ޔަހޫދީން - 2
Wednesday, December 21, 2011

ފަހަރެއްގައިވެސް ޔަހޫދީން ފަލަސްތީނު ބިމުގައި ތިބެ، ހިފައިހައްޔަރުކުރި ތުރުކީގެ ރައްޔިތުން އޮރިޔާންކޮށް އެހާލުގައި ކީރިތި ޤުރުއާން ހިފައިގެންތިބެ ކިޔެވުމަށް މަޖުބޫރުކުރުވީއަކީ، ތުރުކީގެ ރައީސަށް ޔަހޫދީން އަންނަރުޅިއަކުން ނޫނެވެ. އަދި ކިއެއް ހެއްޔެވެ! އެއީ މުޅި މުސްލިމު އުއްމަތުގެ ކަންކަށިމަތީގައި އަޅާލި އެތިފަހަރެކެވެ. މިއީ މުސްލިމުން ނިކަމެތި ކުރުމުގެ ބޭނުމުގައި ޔަހޫދީން ހިންގާ ޖަރީމާތަކުގެ ޒައްރެއްގެ މިނަވަރުގެ މިސާލެކެވެ.

» ޔަހޫދީން - 1
Sunday, December 18, 2011

މާތްﷲ އަށް އީމާންވާ އަޅުތަކުންގެ މައްޗަށް އެންމެ ޢަދާވާތްތެރިކަން ބޮޑުބަޔަކީ ޔަހޫދީންނެވެ. ވީމާ މިފަދަ ބަޔަކުދެކެ ލޯބިވެ އަދި އެފަދަ ބަޔަކާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމަކީ އީމާންކަމުގެ އަހުލުވެރިންގެ ސިފަޔަކަށްވާނެ ހަމަ އެއްގޮތެއްވެސް ނުމެނޯންނާނެއެވެ.

» އިސްލާމް ދީނުގައި ޢުޤޫބާތާއި އޭގެ ވައްތަރުތައް
Saturday, December 17, 2011

ޒަމާނާއި ތަން ބަދަލުވިއަސް ޙުކުމަށް ބަދަލު ނާންނަ ކަހަލަ މައްސަލަތަކުގައި، އިސްލާމް ދީން ވަނީ ކަނޑައެޅިގެންވާ ޚާއްސަ ޙުކުމްތަކެއް ކަނޑައަޅާފައެވެ. ޒަމާނާއި ތަން އަދި މުޖްތަމަޢު ބަދަލުވަމާއި، ގުޅިފައިވާ މައްސަލަތަކުގެ ޙުކުމް އިސްލާމީ ޝަރީޢަތުގައި ގެނެސްފައިވަނީ، ޙުކުމުގެ މައިގަނޑު ޤަވާޢިދުތަކެކެވެ. ވީމާ ޙުކުމް ތަންފީޒު ކުރާގޮތާއި ޙުކުމްވެސް މިފަދަ މައްސަލަތަކުގައި ތަފާތުވާނެއެވެ.

ޞަފްޙާ ނަންބަރު:  < 1 2  3 4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި