ދީނީ ލިޔުން

» ލަވައާއި މިޔުޒިކްއަކީ .
Monday, April 02, 2012

ތިމާގެ ހަވާނަފްސާއި އެއްގޮތަށް، އެއްވެސް ދަލީލެއްގެ މައްޗަށް ބިނާނުކޮށް ދީނުގައި ހުއްދައް ކަމެއް ޙަރާމްކުރުން، ނުވަތަ ޙަރާމްކަމެއް ހުއްދައްކުރުން މިއީ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. ކަނޑައެޅިގެން ޤުރުއާނާ ޙަދީޘުން ޙަރާމް ކަމެއްކަން އެނގޭ ކަމެއްގައި ޙަލާލޭ ބުނާމީހަކު އެކަމަށް ޙުއްޖަތް ދައްކަން ޖެހޭނެއެވެ. ހަވާނަފުސަށް ތަބަޢަވެ މިވެނިކަމެއް ޙަލާލޭ އެވެނި ކަމެއް ޙަރާމޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ކަންތައް ޙަލާލުކުރައްވާ، ޙަރާމް ކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ.

» އިސްލާމްދީނާއި ސިޔާސަތު ވަކި ނުކުރެވޭނެ (1)
Wednesday, March 07, 2012

ފަރުދީ މަސްލަހަތަށް ވުރެ ޖަމާއަތުގެ މަސްލަހަތު ކުރިއަށްނެރެ، ގައުމަށް ލާބަޔާއި ފައިދާ ހުރި ކަންކަން ރާވައި ހިންގައި، އިޖުތިމާއީ ތަރައްގީއަށް މަސައްކަތްކޮށް ރައްޔަތުންނަށް ބޭނުންވާ މިންވަރަށް ފަހުގެ ޓެކްނޮލޮޖީ އެކަށީގެންވާ ހައިސިއްޔަތަކުން ފޯރުކޮށް ދިނުމަކީ އިސްލާމީ ސިޔާސަތު ގޮވާލާ ކަމެކެވެ.

» ކީރިތި ޤުރްއާން ކިޔަވައި އުޅޭމީހާއާއި ކިޔަވައިނޫޅޭ މީހާގެ މިސާލު
Sunday, February 19, 2012

ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުއުމިނެއްގެ މިސާލަކީ، (ފޮނި) ނިޔަނދުރެއްގެ މިސާލެވެ. އޭގެ ވަސް މީރެވެ. އަދި ރަހަވެސް ފޮންޏެވެ. އަދި ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުއުމިނެއްގެ މިސާލަކީ، ކަދުރުގެ މިސާލެވެ. އޭގައި އެއްވެސް ވަހެއް ނުހުރެއެވެ. އަދި އޭގެ ރަހަ ފޮންޏެވެ. އަދި ކީރިތި ޤުރްއާން ކިޔަވައި އުޅޭ މުނާފިޤެއްގެ މިސާލަކީ، ގަނދަކޯޅީގެ މިސާލެވެ. އޭގެވަސް މީރެވެ. އަދި އޭގެ ރަހަ، ހިއްޗެވެ. އަދި ކީރިތި ޤުރްއާން ކިޔަވައި ނޫޅޭ މުނާފިޤެއްގެ މިސާލަކީ، ވިހަ ކެކުރީގެ މިސާލެވެ. އޭގައި ވަހެއް ނުދުވައެވެ. އަދި އޭގެ ރަހަ ހިއްޗެވެ.

» ކިހިލިފަތްދޮށުގެ އިސްތައްޓާއި އަދި
Saturday, January 28, 2012

އަމިއްލަ އަށް ނުބޭލެނީނަމަ މީހަކު ލައްވާ ޢައުރަ ނޫން ތަންތަނުގެ އިސްތަށި ބޭލުވުމުގެ މައްސަލަ އެއް ނެތެވެ. ނަމަވެސް ޢައުރަ ދައްކަންވާނީ ހަމައެކަނި އަނބިމީހާ އަށެވެ. ޙަދީޘް ގައި އައިސްފައިވަނީ ޢާނަތުގެ އިސްތަށި ބޭލުމަށެވެ. ކުރުކޮށް ކޮށުމަކަށް ނޫނެވެ. ވީމާ ޢާނަތުގެ އިސްތަށިޖެހޭނީ ބާލާށެވެ. ކޮށުމަށްވުރެ ބޭލުން ފަސޭހަވެސް ވާނެއެވެ. ބާލަން އުނދަގޫނަމަ ހެޔަރ ރިމޫވަރ ބޭނުން ކުރުމަކުން މައްސަލަ އެއް ނެތެވެ.

» "ނަމާދު ކުރަންޏާ ދައްލައެއް ނުދާނެ!"
Wednesday, January 25, 2012

ލޮބުވެތި އަޚާއެވެ. ނަމާދަކީ ވަރަށް މުހިއްމު އަޅުކަމެކެވެ. ނަމާދަކީ އިސްލާމް ކަމުގެ 2 ވަނަ ރުކުނެވެ. ނަމާދަކީ ކޮންމެ ފަރުދަކުވެސް އަދާ ކުރަންޖެހޭ ޢައިނިއްޔަ ފަރުޟެކެވެ. ނަމާދަކީ ތިމާގެ އެހެން ޢަމަލުތައް ޤަބޫލު ކުރެއްވުމުގެ ސަބަބެވެ. ނަމާދަކީ ކާމިޔާބުގެ ތަޅުދަނޑިއެވެ.

» ހަގީގަތުގައިވެސް އިސްބާލު ކުރުން ހަރާމް ހެއްޔެވެ؟
Wednesday, January 25, 2012

ހަމަކަށަވަރުން އެންމެހައި عزّةއެއް މިލްކުވެގެންވަނީ اللَّه އަށެވެ." ޢުމަރު رضي الله عنه ވިދާޅުވިއެވެ "كنّا أذلّةً فأعزنا الله بالإسلام" މާނައަކީ؛ " ދެރަނިކަމެތި ކަމުގައި އަހަރުމެން ވަނިކޮށް އިސްލާމް ދީނުގެ ސަބަބުން ﷲ ތަޢާލާ އަހަރުމެންނަށް ޢިއްޒަތާއި ޝަރަފު ދެއްވިއެވެ."

» އިސްލާމީ ޝަރީޢަތަކީ ބޯދާ، ކަޓު، ހައްދުފަހަނައަޅާފައިވާ ޤާނޫނުތަކެއްތޯ؟
Monday, January 16, 2012

މާތް ﷲގެ ރަޙްމަތްފުޅުން، ކޮންމެ ޒަމާނެއްގައިވެސް އިސްލާމީ ޝަރީޢަތަށް ކާފަރުންނާއި މުނާފިޤުން އަރުވަމުންދާ ހިރަފުސް ފޮޅުއްވާ، އެ ޝަރީޢަތުގެ މަތިވެރިކަމާއި، އެ ޝަރީޢަތުގެ އަސްލު މަންޒަރު މީސްތަކުންނަށް ހާމަކުރައްވާނޭ ޢިލްމުވެރިންނާއި މުފައްކިރުން ލައްވާނެއެވެ.

» މެދުމިނެތް ނެތް. ދީނުގައި އޮތީ އެއްމެ ފުރިހަމަ މިން.
Thursday, January 12, 2012

ފަހަރެއްގައިވެސް وَسَطًا މިބަހުގެ މުރާދަކީ ޤުރުއާނާއި ސުންނަތުގެ އަލީގައި އައިސްފައިވާ ﷲގެ މި ޝަރީޢަތް ދެ ފަރާތުން ކޮށައިގެން މެދުމިނަށް ވާޞިލުވާ ވާހަކައެއްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިސްލާމްދީން ބާވައިލެއްވެވީ މެދުމިނަށެވެ. އަދުލުވެރި މިނަށެވެ. އެންމެ ފުރިހަމަ މިނަށެވެ.

» ޒަކާތް 2 ޒަކާތުގެ ޙުކުމާއި އަދި ޒަކާތް ޙައްޤުވާ މުދާ
Thursday, January 12, 2012

މުސްލިމް މުޖުތަމަޢެއްގައި އުޅޭ މީހަކު ޒަކާތުގެ ވާޖިބު ކަމާ މެދު ދެކޮޅުހަދައި އިންކާރު ކޮށްފިނަމަ އޭނަ ކާފިރުވާނެއެވެ. މިހެނީ އެފަދަ މީހަކު ޒަކާތް ދިނަސް އަދި ނުދިންކަމުގައި ވިޔަސް އިންކާރު އެކުރަނީ އިސްލާމް ދީނުގެ އަސްލު މަސްދަރު ތަކުގެ ތެރެއިން ޤުރުއާނާއި ނަބިއްޔާ ޞައްލައްﷲ ޢަލައި ވަސައްލަމް އާއި އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢުގެ މައްޗަށެވެ.

» މީހުންމަރާކަށް އިސްލާމް ދީން ނުބުނޭ.
Wednesday, January 11, 2012

އެހެންނަމަވެސް މިއަދު މުސްލިމުންގެ ތެރެއިން މިކަންކަމަށް އިންކާރު ކުރާ މީހުންނާއި އަދި މުސްލިމުންގެ ނަމުގައި ތިބެގެން މިކަންކަމަށް އިންކާރު ކުރާ މީހުންނާއި އަދިހަމަ އެކަނި އިސްލާމް ކަމަކީ ނިދުމުގެ ކުރިން 3 ފަހަރު "ތަވައްކަލްތު އަލަﷲ ވަކަފާ ބިﷲ ވަކީލާ" ކިޔުންކަމަށް ދެކޭ މީހުން، މަތިވެރި ވެގެންވާ މިޝަރީޢަރުގެ ޙުކުމްފުޅުތަކަށް ބީރު ކަންފަތްތަކެއް ދެނީ ދުނިޔޭގެ އެދުމާއި ހަވާ ނަފްސުގެ ޝަހުވަތަށްޓަކައި އާޚިރަތް ވިއްކާލލައިގެން ތިބީމަކަން ދޭހަވެއެވެ.

ޞަފްޙާ ނަންބަރު:  < 1  2 3 4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި