ދީނީ ލިޔުން

» އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު
Saturday, March 20, 2010

އެއްދުވަހަކު، ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ޙައިވާ ބިން ޝުރައިޙު ދަރިވަރުންނަށް ކިޔަވައިދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ ގޮވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ދަރިފުޅާ، ކުކުޅުތަކަށް ކާންދޭން އާދޭ!" އަޅުގަނޑުމެންނަމަ މިފަދަ ޙާލަތެއްގައި ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟ ދަރިވަރުންނަށް ކިޔަވާދެއްވުމަށްޓަކާ މިސްކިތުގައި ހުންނަވަނިކޮށް މަންމަ މިގޮވާލައްވަނީ އާދައިގެ ކުޑަކުޑަ ކަމަކުއެވެ. ކުކުޅުތަކަށް ކާންދޭން ދިއުމަށެވެ. އާދެ، އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކު ފިޔަވައި، އެހެން ހުރިހާ އެންމެން ކަހަލަގޮތަކަށް އެވަގުތު މަންމައަށް ޖަވާބުދޭނީ 'ފަހުން އެބަދަމެވެ' ނުވަތަ 'އިރުކޮޅަކުން އެބަދަމެވެ' މިފަދަ ގޮތަކަށްކަމާމެދު ޝައްކެއްނެތެވެ. އެކަމަކު ސަލަފުންގެ މިމަޝްހޫރު ޢިލްމުވެރިޔާ...

» މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންކަމު އެދުމާއިމެދު ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ މަޖިލީހުގެ ފަތުވާ
Sunday, March 7, 2010

ކަނޑައެޅި އެނގެނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެކިބައިން ނުވަތަ، އެނޫން މީހެއްގެ ކިބައިންވެސް މަދަދަށް ނޭދެވޭނެ ކަމެވެ. އެހެނީ އެބައިމީހުން އެއެދުނު ކަންތަކަކީ އެކަން ކުރުމުގެ ކުޅަދާނަކަން އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާޒާތުގެ ކަމަކަށްވީ އިރުވެސް ކީރިތި ރަސޫލާ صلى الله عليه وسلم އިސްތިޣާޘާ ( ކަންކަމުގައި މަދަދު އެދުން ) ގެ ލަފްޒު އެކަލޭގެފަނުގެ ހައްޤުގައި ބޭނުންކުރުންވެސް އެކަލޭގެފަނުވަނީ ނުރުއްސަވައި އެކަން މަނާކުރައްވާފައެވެ. އެއީ ތައުޙީދުގެ އިންފާރު ޙިމާޔަތްކުރެއްވުމަށާއި، އަދި މީސްތަކުންބުނާ ބަސްތަކުގަޔާއި ކުރާކަންތަކުގައި ޝިރުކަށް ވާޞިލުވެދާނެގަމުގެ މަގު ބަންދުކުރެއްވުމަށްޓަކައެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ ވެރި ރަސްކަލާނގެއަށް އަދަބު އިޙްތިރާމުކުރުމާއި، އެއިލާހަށް ތަވާޟުޢުވެރިވުމުގެ ގޮތުންނެވެ.

» ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ހުއްދަ ކަމެއްތަ؟
Wednesday, February 24, 2010

އިސްލާމީ މުޖުތަމަޢުތަކުގައި ރަބީޢުލްއައްވަލުމަހުގެ ބާރަވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ މާތްނަބިއްޔާ محمد صلى الله عليه وسلم އުފަންވެވަޑައިގަތްދުވަހުގެ އިޙްތިފާލަކީ މި ފުރިހަމަވެފައިވާ އިސްލާމްދީނަށް އިތުރު ކުރެވޭ ބިދުޢައެއްކަމާމެދު ޝައްކެތްއޮތްކަމެއްނޫނެވެ. އަދި މިކަމަކީ އެކަލޭގެފާނު ނަހީކުރައްވާފައިވާ ކަންތައްތަކުގެތެރެއަށް ވަންނަކަމެއްކަން ކަށަވަރެވެ. އެހެނީ އެކަލޭގެފާނު صلى الله عليه وسلم އަމިއްލަފުޅަށް މިދުވަސް، އެކަލޭގެފާނު އުފަންވެވަޑައިގަތީތީވެ ފާހަގަ ކުރައްވާފައެއް ނުވެއެވެ.

» ހަސްތީގެ ވެށި - 1
Tuesday, January 26, 2010

[ ރައްބީގެ އިސްމުން ވާގި އެދިގެން ނޭ ފެށީ * ޙަމްދާ ޘަނާ ރައްބީގެ ކުރަމުން ނޭ ފެށީ ] [ ލޮބުވެތި މަގޭ ދީބުގާ އުޅޭ އަޚުނަށް ޓަކައި * އޮޅުމެއްނުވާ ހަސްތީގެ ވެށި ލިޔުމަށް ފެށީ ] [ ތައުފީޤު ދެއްވުން އެދި އަދާ ރަޙުމާނު އަށް * ތަކުރާރުކޮށް ގިނަ ހެޔޮ ދުޢާ ކުރަމުން ފެށީ ] [ އިލްހާމުކޮށް ތެދުމަގު އަޅަށް އަދި ދައްކަވައި * އިޚުލާޞުވެސް ދެއްވުން އަޅަށް އެދިގެން ފެށީ ] [ ރަޙުމަތް އިލާހީ ލެއްވުމަށް އެދުމާ އެކީ * ރަޙުމާނުއަށް ގިނަގުނަ ދުޢާ ކުރަމުން ފެށީ ]

» މުސައްލަމަތީގައި ނަމާދުކުރުން
Monday, January 25, 2010

ނަމަވެސް ނަމާދުކުރެވޭ މުޞައްލާގައި ފުރާނަލީ އެއްޗެއްގެ ސޫރަވާނަމަ، އޭގައި ނަމާދުކުރުން މަކްރޫހަ ވެގެންވާކަމަށް ޙަނަފީ މަޒްހަބާއި މާލިކީ މަޒްހަބު އަދި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކުރައްވާފައެވެ. އަދި ޤިބުލައަށް ކުރިމަތިވާގޮތަށް ވާނަމަ އޭގައި ނަމާދުކުރުން މަކުރޫހަވެގެންވާކަމަށް ވަނީ އިއްތިފާޤުވެފައެވެ. އެއީ ކާފަރުން ބުދަށް އަޅުކަން ކުރުމާއި އެއްގޮތް ކަމަކަށް ވާތީއެވެ. އިސްވެދިޔަ ދަލީލުތަކަށް ބަލާލާއިރު މުސްލިމަކު ނަމާދުކުރާއިރު ތަފާތު ޒާތްޒާތުގެ ފުރާނަލީ ތަސްވީރުތައް ހުރި މުޞައްލައެއްގެ މަތީ ނަމާދުކުރުން އެއީ އެކަށީގެންވާ ކަމެއްނޫންކަން ވަރަށް ސާފުކޮށް އެގެއެވެ.

» ބުމަ ހެދުމާއި އަދި ...
Saturday, January 16, 2010

ބުމަ ހެދުމާއި މީގެ އިތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ އެހެން ޙަދީޘް ފުޅެއްގައި ބަޔާން ކުރައްވާފައިވާ ޓެޓޫ ކުރުމާއި ދަތްތައް ދުރުކުރުން މިއީ ކަނޑައެޅިގެން އިސްލާމީ ޝަރީޢަތުގައި މަނާ ކަންކަމެވެ. އަދި މިއީ ދެމަފިރިން އެކަކު އަނެކަކަށް ޒީނަތްތެރި ވުމުގެ ގޮތުންވެސް ކުރުން ހުއްދަ ކަމެއްނޫނެވެ.ދެ ޖިންސުގެ މީހުންނަށްވެސް މިކަމުގެ ޙުކުމަކީ ޙަރާމެވެ.

» ފިރިހެނުން ނިޔަފަތީގައި ހީނާފަތް އެޅުން
Saturday, January 9, 2010

ހީނާފަތަކީ އަންހެނުންގެ ޒީނަތުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެއީ އެއިން އެބައިމީހުންގެ އަތާއި ފައި ޒީނަތްތެރި ކުރުމަށްޓަކައެވެ. އެހެނެއްކަމަކު އެއީ ފިރިހެނުންގެ ޒީނަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. ހެންކަމުން ނިޔަފަތީގައްޔާއި އަތްފައިގައި ހީނާފަތް އެޅުމަކީ ފިރިހެނުންނަށް ހުއްދަ ކަމެއް ނޫނެވެ. އެއީ އަންހެނުންނަށް ޚާއްޞަ ކަމެކެވެ. އެހެން ނަމަވެސް ބައްޔަކަށް ފަރުވާއެއްގެ ގޮތުން، ހީނާފަތް ނޫން އެހެން އެއްޗެއް ލިބެން ނެތްނަމަ، ހީނާފަތް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. މިގޮތަށް މަޖުބޫރު ޙާލަތެއްގައި ހީނާފަތް އަތްފައިގައި އެޅުމަށް ބޭނުންކުރިނަމަވެސް، އަންހެނުންނާއި އެއްގޮތް ނުވާނޭހެން އެޅުމަށް ސަމާލުވާން ޖެހޭނެއެވެ.

» ނަމާދަށް ހުއްޓާ ނޭފަތުން ލޭއައުން
Saturday, January 2, 2010

ލޭއައިސްގެން ނަމާދު މެދުކަނޑާލިމީހާ، ނަމާދު މެދުކަނޑާލީ ނަމާދުތެރޭގައި ކޮންމެ ހިސާބަކުން ކަމުގައި ވިޔަސް އަލުން ފަށައިގެން ނަމާދުކުރުން އޭނަމައްޗަށް ހުއްޓެވެ. މިއީ ކޮންމެފަދަ ކަމެއް ދިމާވެގެން ނަމާދު މެދުކެނޑިއަސް، އެމެދުކަނޑާލިމީހާއަށް ކަންތައް ކުރަން އޮތްގޮތެވެ.

» ޒަމްޒަމް ފެނުން ޝިފާ ލިބިގަތުން
Wednesday, December 30, 2009

މިބަރަކާތްތެރި ފެނުން ޝިފާ ލިބިގަތުމާއި ބެހޭ ގޮތުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( خَيْرُ مِاءٍ عَلَى وَجْهِ اْلأَرْضِ مَاءُ زَمْزَمَ فِيْهِ طَعَامُ الطُّعُمِ وَ شِفَاءُ الُّسقُمِ )) = رواه ابن حبان في صحيحه و حسنه السيوطي في الجامع الصغير = މާނައަކީ؛ " މިބިންމަތީގައިވާ އެއްމެ މާތް ފެނަކީ ޒަމްޒަމް ފެނެވެ. ފަހެ އެއީ ކެއުމެކެވެ. އަދި ބައްޔެއްގެ ފަރުވާއަކަށް އެދި ބޮއެފިނަމަ ފަރުވާއެއްވެސް މެއެވެ."

» ޒަމްޒަމް ފެނުގެ މާތްކަން..
Tuesday, December 29, 2009

އަބީ ޛައްރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( إِنَّهَا مَاءٌ مُبَارَكٌ إِنَّهَا طَعَامُ طُعُمٍ )) = رواه مسلم= މާނައަކީ; " އެފެނަކީ އެއީ ބަރަކާތްތެރި ފެނެކެވެ. އަދި އެއީ ކެއުމެކެވެ.

ޞަފްޙާ ނަންބަރު:  <<  <  10 11 12 13 14 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި