 ޝަޢްބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި އައިސްފައިވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ޝަޢްބާން މަހާރި ރަމަޟާން މަސް ފިޔަވާ ވިދިވިދިގެން ދެމަސްދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަނެއް ތިމަން ކަމަނާ ދެކިވަޑައި ނުގަންނަވަމުއެވެ”.
|