 މިއަދު އަޅުގަނޑުމެންގެ ޤައުމަށް އަންހެން ދީނީ ޢިލްމުވެރިޔަކު ބޭނުންވާ ފަދައިން އަންހެން ޑަކްޓަރަކު ވެސް ބޭނުންވެއެވެ. އަންހެން ނަރުހަކުވެސް ބޭނުންވެއެވެ. ޤައުމުގެ ދެޖިންސުގެ ދަރީން ތަފާތު ފަންނުތަކުން ތަޢުލީމު ހޯދައި ހުނަރުވެރިވެގެން ނޫން ގޮތަކުން މިއަދު މުޖުތަމަޢަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ނުކުރެވޭނެކަން ޔަޤީނެވެ. ވީމާ ދެޖިންސުގެ ޒުވާނުންނަށް ތަފާތު ޢިލްމީ ދާއިރާތަކުން ތަޢުލީމު ދިނުމަކީ ދީނާއި ޤައުމަށްޓަކައި ވެވޭ ވަރަށް މަތިވެރި ޤުރްބާނީއެކެވެ. |