 ދިވެހި ސަރުކާރުން ދަޢުވަތު ދީގެން މީނާ ދިވެހިރާއްޖެ ގެނައީ ވަރަށް ނުބައިވެގެންވާ ޙީލަތްތެރި ރޭވުމެއްގެ ދަށުންކަން ކަށަވަރެވެ. މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދަ ދަށުދަރަޖައިގެ ޢަމަލެއް ހިންގުމަށް ދިވެހި ދައުލަތުގެ ޤަދަރު އުފުލިގެންވާ ޢިއްޒަތްތެރި ޤާނޫނު ހަދާ މަޖިލީހުގައި ފުރުޞަތު ދެއްވިކަމީ ދިވެހި އުންމަތުގެ މޫނުގައި ޖެހި ތަފާލެއްކަމުގައި ނޫނީ ނުދެކެމެވެ. |