ފިޤްހު

» އިޢުތިދާލުގައި ހަށަންބަނުން
Saturday, February 06, 2010

ނަމާދުކުރާމީހާ އިޢްތިދާލުގައި ހުންނައިރު ހަށަންބަނދެގެން ނުވަތަ ހަށަންނުބަނދެ ހުރެ ނަމާދުކުރިއަސް ނަމާދު ޞައްޙަވާނެވެ. ހަށަން ބަންނަން ވިދާޅުވާ ބޭފުޅުންގެ ދަލީލަކީވެސް އާއްމުކޮށް ނަމާދުގައި ހަށަންބަނުމަށް އައިސްފައިވާ ދަލީލުތަކެވެ. ވަކި ޚާއްސަ ދަލީލެއްނޫނެވެ. ވީމާ މިފަދަ މައްސަލަތަކަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ އަރައިރުންވެ ޒުވާބުކޮށް ވާހަކަނުދައްކާ ތިބެން އެކަށީގެންވާ ކަހަލަ ކަންތައްތަކެއް ނޫނެވެ. އަދި ހަށަން ބަންނަށްމީހާ ބިދުޢަވެރިކޮށް އަދި ނުބަންނަށްމީހާ އަކީ ސުންނަތަށް ލޯބިނުކުރާ މީހެކޭ ބުނެ ވާހަކަދައްކާ ހަދަން ހެޔޮ ނުވާ ހުއްޓެވެ.

» ނަމާދުގައި ދެކޮނޑާއި ހަމައަށް ނުވަތަ ކަންފަތާ ހަމައަށް ދެއަތް އުފުލުން
Thursday, January 28, 2010

އަޅުގަނޑުމެންނަށް ވާޖިބުވެގެންވަނީ ޞައްޙަ ސުއްނަތް ބަޔާން ވުމުން އެއަށް ތަބާވުމެވެ. އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. [[ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ސުއްނަތެއް ސާބިތުވެ އެނގިއްޖެނަމަ، މީހެއްގެ ބަހަށްޓަކައި އެ ސުއްނަތް ދޫކޮށްލުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވާކަމަށް ޢިލްމުވެރިން އިޖުމާޢުވެ (އެއްބަސްވެ) ވަޑައިގަންނަވައެވެ.]] އެހެންކަމުން މަތީގައި ބަޔާންވެގެންވާ ހަތަރު ތަނުގައި ނަމާދުގައި ދެއަތް ދެކޮނޑާއި ހަމައަށް ނުވަތަ ދެކަންފަތާއި ހަމައަށް އުފުލުމަކީ ސުއްނަތެކެވެ.

» ފަރުޟު ހިނެއިން
Tuesday, July 14, 2009

ފަރުޟު ހިނެއިން ހިނައިގަންނަނީ ބޮޑު ޙަދަޘަކުން ޠާހިރުވުމަށް ޓަކައެވެ. އެއީ ޖުނުބު ވެރި ވުން، ޙައިޟުގެ ލޭ ކެނޑުން، ނޫނީ ނިފާސް ކަމުގެ ލޭކެނޑުމުންނެވެ. ޖުނުބުވެރި ވުމަކީ، ޙައިޟު ނިފާސް ކަމާ ޚިލާފަށް ދެ ޖިންސްގެ މީހުންނަށް ވެސް ދިމާވާ ކަމެކެވެ.

» އިސްތިސްޤާ ނަމާދު
Saturday, March 14, 2009

ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުޢާކުރުމީ ސުއްނަތެކެވެ. މިގޮތުން މޮޅުގޮތަކީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެ ނަމާދުކުރުމަށްފަހު އިމާމުމީހާ ޚުޠުބާދިނުމެވެ. ޚުޠުބާގައްޔާއި ނަމާދުގެ ފަހުގައި ދުޢާކުރުން އޮންނާނެއެވެ. މިނަމާދަށް ކިޔަނީ އިސްތިސްޤާ ނަމާދެވެ.

» ފަތިސް ނަމާދުގެ އިހު ސުންނަތް
Sunday, March 08, 2009

ފަރުޟު ފަސް ނަމާދުގެ ތެރެއިން ފަތިސްނަމާދަކީ ވަރަށް މަތިވެރި ނަމާދެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ." މުނާފިގުންނަށް އެންމެ ބުރަ އަދި އެންމެ ބަރު ނަމާދަކީ ޢިޝާނަމާދާއި ފަތިސް ނަމާދެވެ. އެ ދެ ނަމާދުގެ ޡަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ ބިމުގައި ފިރުކެމުންވެސް އެ ދެ ނަމާދަށް އައީސްކަން ކަށަވަރެވެ."

» ސިއްރުން ކިޔަވާ ނަމާދުތަކުގައި އަލްޙަމްދު ކިޔެވުމަށް ފަހު އާމީން ކިޔުން!
Saturday, February 21, 2009

ސޫރަތުލް ފާތިޙާ ކިޔެވުމަށް ފަހު ނަމާދުގައި އާމީން ކިޔުމަކީ ވަރަށް މުހިއްމުކަމެކެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ((إذا أمن الإمام فأمنوا فإنه من وافق تأمينه تأمين الملائكة غفر له ما تقدم من ذنبه)) = رواه البخاري = މާނައަކީ؛ "އިމާމުމީހާ އާމީން ކިޔާ ހިނދު އާމީންކިޔާށެވެ.

» އިސްތިޚާރާ ނަމާދު
Wednesday, January 21, 2009

މާތް ﷲ ރުއްސުންލެއްވި ޖާބިރު އިބްނު ޢަބްދުﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންމެނަށް ކުރަންޤަޞްދުކުރާ ކޮންމެ ހެއުކަމެއް ކުރުމުގައި އިސްތިޚާރާ ކުރުމަށް ދަސްކޮށްދެއްވައެވެ.

» މިސްކިތަށް ވަންނަ ކޮންމެ މީހެއްގެ މައްޗަށް ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކްޢަތް ކުރުން ވާޖިބުވާނެތަ؟
Wednesday, December 24, 2008

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (إذا دخل أحدكم المسجد فليركع ركعتين قبل أن يجلس ) = رواه البخاري = މާނައަކީ؛ " މިސްކިތަށް ވަދެއްޖެ ކޮންމެ މީހަކުވެސް މިސްކިތުގައި އިށީނުމުގެ ކުރިން ފަހެ ދެރަކުޢަތް ކުރާށެވެ."

» ވިތުރި ނަމާދު
Friday, November 14, 2008

ވިތުރަކީ ގަދަ ސުންނަތެކެވެ. އެނަމާދު ކުރުމަށް ކީރިތި ރަސޫލާ ވަރަށް ބޮދަށް ބާރި އަޅުއްވައި ހިއްވަރު ދެއްވާފައިވެއެވެ. ޢަލީގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. '' ހަމަކަށަވަރުން ވިތުރަކީ ތިޔަބައިމީހުންގެ ފަރުޟު ނަމާދު ފަދައިން ވާޖިބު ނަމާދެއްނޫނެވެ. ނަމަވެސް ކީރިތި ރަސޫލާ ވަނީ އެނަމާދު ކުރައްވާފައެވެ.

» އެއް އިންސާނެއްގެ ގައިން ގުނަވަނެއް ނަގައި އަނެއް އިންސާނާގެ ހަށިގަނޑުގައި އިންދުން
Friday, October 17, 2008

އެއް އިންސާނެއްގެ ގައިން ގުނަވަން ނަގައި އަނެއް އިންސާނެއްގެ ގައިގައި އިންދުމަކީ މިޒަމާނުގައި ފާޅުވެފައިވާ އާ ކަމެކެވެ. މިސާލަކަށް ދިރިހުރި މީހެއްގެ ކިޑްނީ، ނުވަތަ އެނޫންވެސް އެހެން ގުނަވަނެއް ނަގައި އެހެން މީހެއްގެ ގައިގައި އިންދައެވެ. މީގެ ދީނީ ޙުކުމަކީ ކޮބައިބާވައެވެ؟

ޞަފްޙާ ނަންބަރު:  < 1 2  3
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި