ފިޤްހު

» ގެއްލިފައިވާ ރޯދަ ހިފުމުގެ ކުރިން ޝައްވާލުމަހުގެ 6 ދުވަހުގެ ރޯދަ ހިފިދާނެތޯ؟
Saturday, August 18, 2012

އެންމެ ފުރަތަމަ ދަންނަން ޖެހޭ ޙަޤީޤަތަކީ މިކަމާ ގުޅިގެން ޞަރީޙަ ޙަދީޘެއްގައި މިކަން ބަޔާން ވެފައި ނުވާކަމެވެ. އޭގެ ސަބަބުން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދު ވެފައިވާ ޝައްވާލުމަހުގެ ރޯދައާއި ބެހޭ ޙަދީޘްތަކުގެ މައްޗަށް ބުރަވެ ވަޑައިގެން މިކަމުގައި ޢިލްމުވެރިންގެ މަޝްހޫރު ދެރައުޔެއް (ނުވަތަ ދެބަސްފުޅެއް) އައިސްފައި ވެއެވެ.

» ބޮޑު ޙަދަޘުން ޠާހިރު ނުވެ ނިދުން.
Wednesday, February 01, 2012

އިބްން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. (يَا رَسُولَ اللهِ أَيَنَامُ أَحَدُنا وَهُوَ جُنُبٌ قال : ( نَعَمْ إِذَا تَوَضَّأَ ) متفق عليه. މާނައީ: "އޭ ﷲ ގެ ރަސޫލާއެވެ! (ޞައްލަﷲ ޢަލައިހި ވަސައްލަމް) ތިމަންމެންގެ ތެރިން މީހަކު ޖުނުބުވެރިހާލަތުގައި ވަނިކޮށް ނިދިދާނެހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. "އާނއެކެވެ. އެމީހަކު ވުޟޫކޮށްފިނަމައެވެ."

» ހޯމަ ބުރާސްފަތި ދެދުވަހުގެ ރޯދަ
Monday, January 23, 2012

ހޯމަ ދުވަހާއި ބުރާސްފަތި ދެދުވަހަކީ، އެ ދެދުވަހު މީސްތަކުންގެ ޢަމަލުތައް ﷲ ގެ ޙަޟްރަތަށް ހުށަހެޅުއްވޭ ދެދުވަހެވެ. އަދި އެ ދެދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޯދައަށް ހުންނަވާ ކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު (މީސްތަކުންގެ) ޢަމަލުތައް (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެއެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލު (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެވުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ.

» ވުޟޫކުރާއިރު އިސްޓާކީނުމަތީ ފެން ފޮހުން
Sunday, January 08, 2012

ޚުއްފުގައި ފެންފޮހުން ހުއްދަވެގެންވާ ފަދައިން އިސްޓާކީނުގައި ފެންފޮހުންވެސް ހުއްދަ ވެގެންވެއެވެ. އަސްޙާބު ބޭކަލުންގެ ތެރެއިން ވަރަށް ގިނަ ބޭކަލުންގެ ކިބައިން މިކަން ސާބިތުވެގެން ވެއެވެ. ޚުއްފަކީ ފަޔަށް ލެއްވުމަށްޓަކައި ޖަނަވާރުހަމުން ނުވަތަ މަސްނޫޢީ ހަމުން ހަދައިފައިވާއެއްޗެކެވެ. ޢާއްމުގޮތެއްގައި މީސްތަކުން ޚުއްފުލައްވައި އުޅެނީ ފިނިމޫސުމުގައެވެ. މިއީ ވަރަށް ކުރީއްސުރެ މީސްތަކުން އިސްތިޢުމާލުކުރަމުންއައި އެއްޗެކެވެ. ފިނިމޫސުމުގައި ވުޟޫކުރަންޖެހޭ ކޮންމެފަހަރަކު ޚުއްފުބޭލުމަކީ ކޮންމެމީހަކަށްވެސް އުނދަގޫކަމެކެވެ. އެހެންކަމުން ފައިދޮވުމުގެބަދަލުގައި ޚުއްފުގައި ފެންފޮހުމަށް ޝަރީޢަތުގައިވަނީ ހުއްދަދެއްވާފައެވެ. ފަހެ ދަތުރުވެރިންނަށާއި، މުޤީމުންނަށާއި، ފިރިހެނުންނަށާއި، އަންހެނުންނަށާއި، ބަލިމީހުންނަށާއި، ގަދަމީހުންނަށް ފިނިމޫސުމުގައިވެސް އަދި ހޫނުމޫސުމުގައިވެސް ޚުއްފުގައި ފެންފޮހުން ހުއްދަވެގެންވެއެވެ.

» ޖަބީރާ މަތީ ފެންފޮހުމުގެ ބަޔާން
Saturday, November 26, 2011

ޖަބީރާ (ދަގަނޑުބޭސް) ނުވަތަ ބެންޑޭޖު ނުވަތަ މަލަންފަދަތަކެތީގެމަތީގައި ފެންފޮހުމަކީ ޝަރުޢުކުރެވިގެންވާ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ ކިބައިންރިވާވެގެންވެއެވެ. އެކަލޭގެފަނު ވިދާޅުވިއެވެ. އަހުރެމެން ދަތުރެއްގައި ނިކުމެއްޖައީމުއެވެ. ފަހެއަހުރެމެންގެތެރެއިން މީހެއްގެބޮލުގައި ހިލަޔަކުންޖެހި އޭނާގެ ބޯޒަޚަމުވެއްޖެއެވެ. އަދި އެޙާލަތުގައި އޭނާއޮއްވައިއޭނާ އިޙުތިލާމުވެއްޖެއެވެ. ދެން އޭނާ، އޭނާގެ އެކުވެރިންނާ އޭނާއަށް ތަޔައްމުމުކުރުން ހުއްދަވާނެތޯ ސުވާލުކުރިއެވެ. ފަހެ އެމީހުން ބުނެފިއެވެ. ހުއްދައެއްނުވާނެއެވެ. އެހެނީ ފެންއިސްތިޢުމާލުކުރުމަށް ކަލޭކުޅަދާނަވެގެންވަމުއެވެ. ދެން އޭނާ ފެނުން ހިނައިގެންފިއެވެ. ފަހެ އެހިނދު އޭނާ ނިޔާވެއްޖެއެވެ.

» ނަމާދުގެ ސަފުތައް ސީދާކޮށް ފުރިހަމަ ކުރުމުގެ މުހިއްމުކަމާއި މާތްކަން
Monday, September 26, 2011

ޖަމާޢަތުގެ ނަމާދަށް ސަފުތައް ތަރުތީބު ކުރުމަކީ މިސްކިތުގެ އަދަބު ތަކުގެ ތެރޭގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމެކެވެ. އިސްލާމްދީނުގައި ނަމާދުކުރާމީހުންގެ ސަފުތަކަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާފައިވެއެވެ. އެގޮތުން ސަފުތައް ތަރުތީބު ކުރުމަށް ވަނީ އަމުރު ކުރައްވާފައެވެ. އަދި ސަފު ސީދާކޮށް ތަރުތީބު ކުރާނެ ގޮތް ވަނީ ބަޔާން ކުރައްވާފައެވެ. އަދި ސަފު ސީދާކޮށް ފުރިހަމަ ކުރުމުގެ މާތްކަމާއި އަހައްމިއްޔަތު ބަޔާންކޮށް ދެއްވާފައިވެއެވެ.

» ކަށުނަމާދުގެ ދުޢާތަކާއި މައްޔިތާއަށްޓަކައި ކުރުން ސުއްނަތް ދުޢާތައް
Thursday, September 22, 2011

މުސްލިމަކު މަރުވެއްޖެނަމަ އެމީހާގެ ކަށުކަމާކެމީގެ ކަންތަކުގައި ބައިވެރިވެ އުޅުމަކީ އެއްމުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްޤުތަކުގެ ތެރެއިން އެއް ޙައްޤެވެ. އަދި އެމީހާގެ މައްޗަށް ނަމާދުކޮށް ދުޢާކުރުމީ އެދިވެގެންވާ ކަމެކެވެ. އަދި މަރަށް ޙާޟިރުވެފައި އޮތް މީހަކަށް ޒިޔާރަތްކޮށްފިނަމަ އޭނާއަށްޓަކާ ހެއުދުޢާކުރުމީ ވެސް ސުއްނަތެކެވެ. މާތްﷲ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ އުއްމު ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ. ތިޔައިންމީހަކު ބަލިމީހެއްގެ ގާތަށް އަތުވެއްޖެނަމަ އެމީހާއަށްޓަކާ ހެއުދުޢާކުރާށެވެ. މިހެނީ ތިޔަބައިމީހުންގެ ދުޢާ ޤަބޫލުކުރެއްވުން އެދި މަލާއިކަތުން އާމީން ވިދާޅުވެއެވެ.

» العَقِيْقَة (ޢަޤީޤާ ކަތިލުން)
Friday, September 09, 2011

ތަޢާރުފް: "العَقِيْقَة" މިއީ ޢަރަބި ބަހެކެވެ. މިބަސް އައިސްފައިވަނީ عَقَّ يَعُقُّ عَقًّا މި ބާބުންނެވެ. މިއިން ދޭހަވަނީ ފަޅައިލުން ނުވަތަ ބުރިކޮށްލުމުގެ މާނައެވެ. އެހެންކަމުން މި މާނައަށް ނިސްބަތްކޮށް، އަލަށް އުފަންވާ ކުއްޖާގެ ބޮލުގައި ފަޅާފައިވާ އިސްތަށްޓަށް ޢަރަބިން "العَقِيْقَة" މިނަން ކިޔައެވެ.

» ކޭތަނަމާދު ކުރާނެ ގޮތް
Tuesday, June 14, 2011

ސަލާމައި ޞަލަވާތްލެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އިރުކޭތައެއް ހިފުމުން މީސްތަކުންނަށް ގޮވާލެވުނެވެ. ހަމަކަށަވަރުން ނަމާދަށް އެއްވާ ހުއްޓެވެ. ފަހެ ސަލާމައި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެ ރުކޫޢާއެކު ނަމާދު ކުރެއްވިއެވެ. ދެން ތެދުވެވަޑައިގެން އަނެއްކާވެސް ދެރުކޫޢުއާއެކު ނަމާދު ކުރެއްވިއެވެ. އެއަށްފަހު އިށީނދެ ވަޑައިގެންނެވިއެވެ. އޭގެ ފަހުގައި އިރުކޭތަ ފިލައިގެން ދިޔައެވެ

» ވިތުރި ނަމާދު ކުރައްވަން ހަނދާން ބަހައްޓަވާށެވެ.
Monday, May 09, 2011

ވިތުރިއަކީ ގަދަ ސުންނަތެކެވެ. އެނަމާދު ކުރުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރު އަޅުއްވައި ހިތްވަރު ދެއްވާފައިވެއެވެ. ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ''[ ހަމަކަށަވަރުން ވިތުރަކީ ތިޔަބައިމީހުންގެ ފަރުޟު ނަމާދު ފަދައިން ވާޖިބު ނަމާދެއްނޫނެވެ. ނަމަވެސް ކީރިތި ރަސޫލާ ވަނީ އެނަމާދު ކުރައްވާފައެވެ. ] އަދި ވިދާޅުވެފައިވެއެވެ. '[' އޭ ޤުރްއާނުގެ އަހުލުވެރިންނެވެ. ތިޔަބައިމީހުން ވިތުރި ކުރާށެވެ. ﷲ އީ އެއްކައުވަންތަ ފަރާތެވެ. އެކަލާނގެ ވިތުރު ދެކެ ލޯބިވެ ވޮޑިގެން ވެއެވެ.] '' މި ޙަދީޘް ރިވާކުރެއްވީ ، އިމާމު އަޙްމަދުއާއި އަދިވެސް ސުންނަތުގެ އިމާމުންނެވެ.

ޞަފްޙާ ނަންބަރު:   1 2 3 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި