އެޑިޓޯރިއަލް

» ތިބާގެ ދަރިފުޅު ނަމާދަށް ހޭލައްވަން އުނދަގޫވޭހެއްޔެވެ؟
Sunday, May 03, 2009

ތިބާގެ ދަރި ނަމާދަށް ހޭލެއްވުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު، ނުހޭލާން، ބޮޑާހާކައި، ގަދަ ދައްކާ ހަދާހެއްޔެވެ؟ ނުވަތަ ނިދި ގަދަ ކަމަށް ދައްކައި، ނަމާދަށް ނުދާން އުޅޭ ހެއްޔެވެ؟ ހާސް ނުވާށެވެ! ފިކުރު ބޮޑު ނުކުރާށެވެ. މިކަންތައްތައް އެ ދަރިއާއެކު ތަޖުރިބާ ކޮށްލާށެވެ! ރިވެތި ބަހުން ވާހަކަ ދައްކައި، ވިސްނައިދީގެން، އޯގާތެރިކަމާއެކު ނަމާދަށް ހޭލައްވާށެވެ. ދަރިފުޅުގެ ބޮލާއި ބުރަކަށީގައި ލޯބިން ފިރުމާލާށެވެ.

» ޖަމާޢަތުގެ ނަމާދާއި ހަށަންބަން ތަކުބީރުގެ މުހިއްމުކަން
Tuesday, April 07, 2009

އެމީހެއްގެ ފޭރާމާއި ބޭރުފުށުން މީސްތަކުންނަށް ނަމޫނާއަކަށް ވުމަށް އަޅުގަނޑުމެން އެދޭ މީހާ، ނަމާދުގެ ޖަމާޢަތުގެ ފުރަތަމަ ސަފުގައި ވުމަށް ވެސް އެދެމެއެވެ. އެކަމުގައިވެސް އޭނާގެ ކިބައިން ނަމޫނާ ބޭނުންވެއެވެ. ހަމައެކަނި ބޭރުފުށަކުން ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ ނަމާދު ނިމޭފަހުން މިސްކިތަށް އަރާ މީހުންގެ ތެރޭގައި މިފަދަ އަޚާ ނުވުމަށެވެ. ނުވަތަ ޖަމާޢަތުގެ ދެތިން ރަކުޢަތް ނިމޭފަހުން ޖަމާޢަތުގައި ބައިވެރިވާ މީހުންގެ ތެރޭގައިވެސް ނުވުމަށެވެ. އެހެނެއްކަމަކު ފުރަތަމަ ތަކުބީރާއެކު ޖަމާޢަތުގައި ނަމާދު ކުރާ މީހަކަށް ވުމަށް އެދެމެވެ.

» މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވި ދުވަހު އުފާ ކުރުން ޙައްޤުވެގެންވަނީ ހެއްޔެވެ!!!؟
Sunday, March 08, 2009

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެން އެދުވަހެއްގެ އުފަލުގައި ބޮޑެތި ކެއުންތަކަށް އިންސާފުކުރަމުން ދާ ރަބީޢުލްއައްވަލް މަހުގެ 12 އަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެ ދޫކުރެއްވި ދުވަހެވެ. އާއެކެވެ. އަޅުގަނޑުމެން އެބޭކަލަކަށްޓަކައި ލޯބިވާ ނަބިއްޔާ ދުނިޔެ ދޫކުރެއްވި ދުވަހު އުފާ ކުރުމަށް

» ދެމިގެންވާ ޞަދަޤާތް : މީހާ މަރުވުމަށްފަހުވެސް އެމީހާގެ ޢަމަލުގެ ފަތަށް އޭގެ ސަވާބު އިތުރުވަމުން ދާނެ
Monday, January 05, 2009

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ދުނިޔޭގެ ޙަޔާތަކީ ވަގުތީ އެއްޗެކެވެ. ކަނޑައެޅިފައިވާ އަޖަލެއް ހަމަވުމަށްފަހު، މި ދުނިޔެ ދޫކޮށް އާޚިރަތުގެ ދަތުރު ފަށަން ޖެހިދެއެވެ. އެ ދަތުރުގެ އެންމެ ފުރަތަމަ މަންޒިލަކީ ކަށްވަޅެވެ. ބަރުޒަޚުގެ ޢާލަމެވެ. އެއީ އޭގެ ޙަޤީޤަތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވާ ޙަޔާތެކެވެ. ދުނިޔޭގެ ޙަޔާތާ މުޅީން ތަފާތު ޙަޔާތެކެވެ.

» ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތްކުރަމެވެ.
Sunday, January 04, 2009

މިއަހަރުގެ ކަލަންޑަރު ބުނާގޮތުން ޢާޝޫރާ ދުވަސް (މުޙައްރަމު މަހުގެ 10 ވަނަ ދުވަހާއި ) ދިމާ ވަނީ 2009 ޖެނުއަރީ މަހުގެ 7ވާ ބުދަ ދުވަހާއެވެ. އެހެން ކަމުން މި މަތިވެރި ސުއްނަތް އަދާކުރުމަށް އަޅުގަނޑުމެން އަވަސްވެގަންނަން ވީއެވެ.

» ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ޙަމަލާތަކާ ދެކޮޅުހެދުމުގެ ގޮތުން ޞުލްޙަވެރިކަމާއެކު މުޒާހަރާއެއް ބޭއްވުމަށް ގޮވާލަން
Thursday, January 01, 2009

ލޮބުވެތި މުސްލިމު އަޚުންނާ އުޚްތުންނޭވެ! ޔަހޫދީންގެ އަނިޔާވެރި ލަޝްކަރުގެ ޢުދުވާނުތައް މެދުނުކެނޑި ޣައްޒާއަށް ދެމުންއެހެރަ ގެންދަނީ އެވެ. ހާމަކަމާއެކުގައެވެ. ދުނިޔޭގެ ޤާނޫނުތަކަށް ފުރަގަސްދީފައެވެ. އެބައިމީހުންނަށް ދުނިޔޭގެ ޤާނޫނުތައް އެއްޗަކަށްވާނީ ކިހިނެތްތޯއެވެ؟ އެބައިމީހުންނަކީ އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހުގެ ޤާނޫނުތައް ޤަބޫލު ނުކުރާ ބައެކެވެ. އަމިއްލައަށް ﷲ ބާވައިލެއްވި ފޮތް ބަދަލުކުރި ނުބައި މީހުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ލަޢުނަތް ޙައްޤުވެގެންވާ ބައެކެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލުން ޤަތުލު ކުރި ބައެކެވެ.

» ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުން ތިޔަބައިމީހުންގެ މަދަދަށް އެދެއެވެ.
Tuesday, December 30, 2008

ކަސޯޓީ ބަލަން ޓީވީ ދޮށުގައި ތިބޭއިރު ލޮލުން ހޯސްލާފައި ކަރުނަ އޮހެއެވެ. އޭގެ ބަޠަލާއަށް ނުވަތަ ބަޠަލަށް ދިމާވާ ހިތާމައެއްގައި ބައިވެރިވެލުމުގެ ގޮތުންނެވެ. އެއީ ބަޔަކު ކުޅެފައިވާ ޚިޔާލީ ތަމްސީލެއްކަން އެނގޭ ޙާލުގައިވެސް ރޯ މީހުން މަދެއް ނޫނެވެ. އެހެން ނަމަވެސް އަދުގެ ދުނިޔޭގައި މުސްލިމުންނަށް ޖެހިފައިވާ ބޮޑެތި މުޞީބާތްތަކާއި ވޭނާއި ކެކުޅުމުގެ ވާހަކަ ޚަބަރުން ބަލަން، ޕޮޕްކޯންތަށި އަތަށް ލައިގެން ދެފައިވަށްކޮށްގެން ސޯފާއަށް އަރާ އިންނައިރު އިނދެވެނީ ހެވިފައެވެ.

» ދަރިންގެ ޙައްޤުތައް (ޤުރުއާނާއި ޞައްޙަ ސުއްނަތުގެ އަލީގައި) ފުރަތަމަ ބައި
Friday, December 26, 2008

އާނއެކެވެ! ދަރީންނަކީ ﷲގެ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. މި ނިޢުމަތްދެއްވުން އެދި އެތައް އަތްތަކެއް ނިކަމެތިކަމާ މަޑުމޮޅިކަމާއެކު ﷲ ގެ ޙަޟްރަތަށް އުފުލުނެވެ. އެ އަތްތަކުގެ ވެރިން، އެމީހުންނަށް މި ނިޢުމަތްދެއްވައި މާތްކުރެއްވުން އެދި ﷲ އަށް ދެންނެވިއެވެ. ﷲގެ ނަބިއްޔުންގެ ތެރެއިން ނަބިއްޔަކު ވިދާޅުވި ބަސްފުޅު ކީރިތި ޤުރުއާނުގައި ﷲ ބަޔާން ކޮށްދެއްވަވާފައިވެއެވެ.

» ޙައްޖުމަހުގެ ފުރަތަމަ ދިހައިގައި ކުރުން އެދެވިގެންވާ ބައެއް އަޅުކަންތައް
Sunday, November 30, 2008

ޙައްޖު މަހުގެ ދިހައިގެ މާތްކަމާއި، އޭގައި ވާ ދަރުމައާއި ސަވާބު ހޯދުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ވަރަށްވެސް މުހިއްމު ކަމެކެވެ. މިގޮތުން އަޅުގަނޑުމެންނަށް އަދާ ކުރެވިދާނެ ބައެއް އަޅުކަންތައް މިތަނުގައި ޛިކުރުކޮށްލާނަމެވެ

» ޙަމްދު ހުރީ ﷲ އަށެވެ. ދީނީގޮތުން އިސްލާހީ ބަދަލެއްގެ މަލަމަތި ފެންނަން ފަށައިފިއެވެ.
Sunday, November 16, 2008

މި ފުރުޞަތުގައި، ދީނަށް ލޯބިކުރާ، ދީނީ އަޚުންނަށް އަޅުގަނޑު ގޮވާލާނީ، ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ފަހަތުގައި ތިއްބެވުމަށެވެ. އަދި އެބޭކަލުންގެ ނިންމެވުމަށް އިޙްތިރާމް ކުރެއްވުމަށެވެ. މިއަދު ދީނަށްލޯބިކުރާ، ދީނީ ދަޢުވަތުގެ މައިދާނުގައި ތިބި އަޚުން އެކުވެރިވެއްޖެނަމަ، މި ދިވެހި މުޖްތަމަޢު އިސްލާހުކޮށް ދީނާއި ގާތަށް ގެނައުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަވެގެން ދާނެއެވެ. އެއާ ޚިލާފަށް ތިޔަ ލޮބުވެތި އަޚުން ބައިބައިވެއްޖެނަމަ.....

ޞަފްޙާ ނަންބަރު:  < 1 2 3 4  5 6 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި