އެޑިޓޯރިއަލް

» އެއީ ޙައިވާނުންނެވެ. ނުވަތަ އެއަށްވުރެވެސް ނުބައި ބައެކެވެ.
Wednesday, October 27, 2010

މީހަކަށް 3 އަންހެންދަރިން ލިބި، އެތިން އަންހެންދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކޮށްފިނަމަ، އޭގެސަބަބުން އޭނާއާއި ނަރަކައާއި ދެމެދު ހުރަހެއްކަމުގައިވާނެކަމަށްވެސް ޞައްޙަ ޙަދީޘްގައި ސާބިތުވެފައިވެއެވެ. އަދި ހަމަ އެހެންމެ އެފަދަމީހާ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއެކު ސުވަރުގެއަށް ވަންނާނޭ ކަމަށާއި އެސުވަރުގޭގައި އެކަލޭގެފާނާއެކު ވާނެކަމަށްވެސް ރިވާޔަތްތަކުގައި ސާބިތުވެފައިވެއެވެ.

» ބޭރުގެ އިސްތިޢުމާރުގެ ތެރެއަށް ފެތެމުންދާ އަޅުގަނޑުމެންގެ ތަޢުލީމާއި ތަރުބިޔަތު
Friday, October 22, 2010

އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވަފައިވަނީ މާތްﷲއަށް އަޅުކަންކުރުމަށެވެ. އަދި ދުނިޔެ ތަޢުމީރު ކޮށްގެން އެކަލާނގެއަށް އަޅުވެތިވެ އުޅޭޙާލު ބިމުގައި ދިރިއުޅުމަށެވެ. އަޅުގަނޑުމެންނީ މިބިމުގައި އެކަލާނގެ ލައްވާފައިވާ ޚަލީފާއިން ތަކެކެވެ. އެކަލާނގެ އަންގަވާގޮތަށް މިބިމުގައި ކަންތައްތައް ރާވާ ހިންގަން ތިބި އެކަލާނގެ އަޅުންތަކެކެވެ.

» ތަޢުލީމީ ދާއިރާގެ ނަވުގައި ކުރިއްސުރެ ހުރި ލޯވަޅުތައް ބަންދު ނުކުރެވެނީސް އަލުން އިތުރު ލޯވަޅެއް އަޅަނީ ހެއްޔެވެ؟ އުޅަނދު ޣަރަޤު ވެދާނެއެވެ.
Sunday, September 26, 2010

1996 ވަނަ އަހަރު އެމެރިކާގެ ކޯޓަކުން ދެޖިންސް ވަކިކޮށް ތަޢުލީމު ދޭ ސްކޫލްތައް ޤާއިމު ކުރުމުގެ ހުއްދަ ދިނެވެ. އެމެރިކާގެ ދެޖިންސް ވަކިކޮށް ތަޢުލީމް ދިނުމަށް ބާރުއަޅާ ޖަމިއްޔާއެއް ކަމަށްވާ ނޭޝަނަލް އެސޯސިއޭޝަން ފޯ ސިންގަލް ސެކްސް ޕަބްލިކް އެޑިޔުކޭޝަންގެ ވެބްސައިޓްގައިވާ ހިސާބުތައް ދައްކާގޮތުން، މިފަދަ ސްކޫލްތަކުގެ ޢަދަދުވަނީ 2002 ވަނަ އަހަރު 11 ސްކޫލުން 2009 ވަނަ އަހަރު 540 ސްކޫލަށް އިތުރުވެފައެވެ.

» އޭނަގެ ކުފުރު އިޢްލާން ކުރުމުގައި...
Monday, May 31, 2010

ކޮންމެކަމެއްގައިވެސް ﷲ މަތިވެރި ޙިކުމަތްތަކެއް ލައްވަވާފައި ވާނެކަން ކަށަވަރެވެ. އޭނާގެ ހަގީގަތް އޭނަ ބަޔާން ކުރުމުގައިވެސް ހިކުމަތެއްވާނެއެވެ. ނޫރުލް އިސްލާމުން އުއްމީދު ކުރަނީ އޭނައަށް ހިދާޔަތުގެ އަލިމަގު ލިބުމަށާއި އޭނަގެ ހިތުގައި އުފެދިފައިވާ ބާޠިލު އަގީދާ، ހައްގު ހެޔޮ މަގަށް އެޅުވުމަށްޓަކައި ﷲ މިންވަރު ކުރެއްވި ކަމެއްކަމުގައި އެކަން ލެއްވުމެވެ. އަދި އެކަމުގެ ފަހަތުގައި ތިބި މީހިންނަށް ހިދާޔަތު ދެއްކެވުން އެއީ އަޅުގަނޑުމެންގެ އިޚްލާސްތެރި ދުއާއެވެ.

» ބައްޕަ ވަޒީފާގައި މަޝްޣޫލުވެ، މަންމަ ބާޒާރުމަތީގައި....
Friday, May 14, 2010

ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަންމައަކާއި ކޮންމެ މަންމައެއްގެ ޙަޔާތުގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި މައިންބަފައިން އެބައިމީހުންގެ ޙަޔާތުގެ މުހިއްމު ކަންތައްތަކުގެ ލިސްޓު ހަދާލާއިރު، އެއިގެ އެންމެ ފަހަތުގައި ހިމަނާލަނީ ދަރިން ތަރުބިއްޔަތު ކުރުމެވެ. ގޭގެ ކަންތައް ބެލެހެއްޓުމަށާއި އަނބި ދަރިންގެ ޚަރަދު ބެލެހެއްޓުމަށް ބައްޕަ ވަޒީފާ އަދާކުރެވެ. ރެއާއި ދުވާލު ހަތަރުދަމު ދުނިޔޭގެ މުދަލުގެ ފަހަތުގައި ބައްޕަ އުޅެނީއެވެ. ހަމަ އެއާއެކު މަންމަވެސް..

» ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތްކުރަމެވެ.
Monday, December 21, 2009

ޢާޝޫރާ ދުވަހަކީ ހިޖުރީ ގޮތުން ފުރަތަމަ މައްސަރު - މުޙައްރަމް މަހުގެ (10) ދިހަވަނަ ދުވަހެވެ. އެއީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރައްވައި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤު ކުރެއްވި ދުވަހެވެ. ޔަހޫދީންނާއި ތަފާތުވުމުގެ ގޮތުން އެދުވަހުގެ ރޯދަ ހިފުމަށް ރަސޫލުﷲ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ ތިރީގައި މި ދަންނަވާ ދެގޮތުގެ ތެރެއިން ގޮތަކަށް އެ ރޯދަ ހިފުމަށެވެ. އެހެނީ ޔަހޫދީން ރޯދަ ހިފައި އުޅުނީ މުޙައްރަމް މަހުގެ 10ވަނަ ދުވަހުއެވެ. އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުން، އެންމެ ރައްކާތެރި ގޮތަކީ 3 ދުވަހު ރޯދަހިފުމެވެ. އެއީ މުޙައްރަމް 9، 10 އަދި 11 މި ތިން ދުވަހެވެ. ސަބަބަކީ އެއީ އެންމެ ރައްކާތެރި ގޮތެވެ. އޭރުން ޢާޝޫރާ ދުވަސް ލިބުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ.

» އިސްލާމިކް މިނިސްޓްރީ ފެއިލްވުން - ދިވެހި މުޖުތަމަޢްގައި އިސްލާމްދީން ފެއިލްވުން
Wednesday, December 09, 2009

ޤާނޫނު ހަދާ މަޖިލީހަށް ވަނުމަކީ ޢިލްމުވެރިންގެ ބުރަދަން ބުނެދޭ ތިލަފަތެއްނޫނެވެ. މުއުމިނުންގެ މީޒާނަކީ ތަޤުވާއެވެ. ހަމަ އެކަނި ތުނބުޅިޔާއި ފައިކުރި ކަމަށް ތިޔަ ދަޢުވާ ކުރެވެނީ " ނެޓް އެދުރު " ވީމައެވެ. ކިޔަވާށެވެ. އުނގަންނައި ދިނުމުގެ ކުރިން އުނގެނިގަންނާށެވެ. މަޖިލިސް ގޮނޑިތަކުން ޢިލްމުވެރިންނަށް ޖާގަ ނުލިބުމުގެ ޒިންމާ ތިބޭފުޅުންވެސް އުފުއްލަވަންޖެހޭނެއެވެ. ސަބަބަކީ ކޮންމެ ބަޔަކުވެސް ބޭނުންވަނީ ތިމަތިމާމެންގެ އަމިއްލަ " މެންޑޭޓެއް " ހަދައިގެން އެއްބަޔަކު ފިއްތާލާފައި ކުރިޔަށް ދެމިގަންނާށެވެ. ދެމިގަންނަ ދިމާ އެއީ ޙަލާލު ތޯ ނުވަތަ ޙަރާމްތޯ ބަލައެއްނުލެވެއެވެ. ދީން ކުރިއަރުވައި ނަޞްރު ދިނުމަށް ހުރިހައި ގޮނޑިއެއްގައި އިށީންނާކަށް ލާޒިމެއްނޫނެވެ.

» ބަދު ނަސީބު ވެރިއެއް...
Tuesday, December 08, 2009

ލޯ!!!!! ލޮލަކީ ވަރަށް ނާޒުކު ގުނަވަނެކެވެ. ދެލޮލުގެ ގުޅުމަކީ ވަރަށް ބޮޑަށް ލާމެހިފައިވާ ގުޅުމެކެވެ. ދެ ލޯވެސް ފިޔަ ޖަހަނީ އެކުގައެވެ. އެއް ލޮލުން ކަރުނަ އަޅާކަމުގައި ވަނީނަމަ އަނެއްލޯވެސް އެ ލޮލުގެ ވޭނުގައި ބައިވެރިވެ ކަރުނަ އަޅައެވެ. އެހެންނަމަވެސް އެލޮލަކުން އަނެއްލޯ ނުފެނޭ ނޫން ހެއްޔެވެ! ޝައްކެއް ނެތެވެ. އިންސާނާގެ ގުނަވަންތަކުގެ ތެރެއިން ލޮލަކީ ﷲ މިންވަރު ކުރެއްވި ވަރަށް މުހިއްމު ގުނަވަނެކެވެ. ފެނުމުގެ ޙިއްސު އެކަލާނގެ ލެއްވެވީ ލޮލުގައެވެ. ލޮލުގެ މުހިއްމުކަން ފުރިހަމަޔަށް ކިޔައިދޭން އެނގޭނީ ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ މީހަކަށެވެ. ދެ އަތުގެ މުހިންމުކަން ބުނެދެވޭނީ ދެއަތް ނެތް މީހަކަށެވެ. ޚުލާޞާއަކީ ނިއުމަތެއްގެ މުހިންމުކަން ތަޞައްވުރުވެސް ކުރެވޭނީ އެ ނިޢުމަތް ނެތިދިޔުމުންނެވެ.

» ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ.
Wednesday, November 18, 2009

މިއަހަރުގެ ޢަރަފާތް ދުވަހަކީ މި ނޮވެމްބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހެވެ. އެދުވަހަކީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުންނަށް ﷲގެ ރަޙްމަތާއި ފާފަފުއްސެވުން ދެއްވައެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަލާއިކަތް ބޭކަލުންގެ ކުރިފުޅުމަތީގައި އެ މީހުންގެ ކިޔަމަންތެރިކަމުގެ މައްޗަށް ފަޚުރުވެރިވެ ވޮޑިގަންނަވައެވެ. އެ ބިމުގައި މި މާތް ދުވަހުގައި ހުރުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މި ދުވަހު ރޯދަ ހިފުމެވެ.

» ކުރިން އަޅާފައިވާ ލޯވަޅުތައް ބަންދު ނުކުރެވެނީސް އަލުން އިތުރު ލޯވަޅެއް އަޅަނީ ހެއްޔެވެ؟ އުޅަނދު ޣަރަޤު ވެދާނެއެވެ.
Friday, October 09, 2009

އަޅުގަނޑުމެންގެ ޤައުމުގެ ޒުވާނުންގެ ގިނަ ޢަދަދެއް މިވަނީ މަސްތުވާ ތަކެތީގެ އަވާގައި ޖެހިފައެވެ. މުޅި އުއްމަތް އެކީ އެއް އަޑަކުން އުފުލަނީ ޒުވާނުން މި ވަބާއިން ސަލާމަތް ކުރުމުގެ ހަޅޭކުގެ އަޑެވެ. ކެބިނެޓް ބައްދަލުވުންތަކާއި މަޖިލީހުގެ ޖަލްސާތަކުން ފެށިގެން މަސްވެރި އޮޑި ފަހަރުގައިވެސް ދެކެވިފައިވާ އެއްމެ ހޫނު އެއް މައުޟޫޢަކީ މިއީއެވެ. އެކަމަށްޓަކައި ތަފާތު ފެންވަރުގެ ޖަލްސާ ތަކާއި ސެމިނާރު ތަކާއި ބައްދަލުވުން ބޭއްވިއްޖެއެވެ. އެހެން ނަމަވެސް ވީކަމެއް ޙަރާމޭ ބުނުމަކީ ދޮގަކަށް ވުމަށްވުރެ ތެދަކަށް ވުމާ ގާތް ކަމެކެވެ.

ޞަފްޙާ ނަންބަރު:  < 1 2 3  4 5 6 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި