އެޑިޓޯރިއަލް

» އަލިފުދާލުގެ ހިޔުމަން ރައިޓްސް ކޮމިޝަނަރު ދިވެހިންނަށް އިންސާނީ ޙައްޤުތައް ކިޔައިދޭން ލަދު ގަންނަން ޖެހޭނެ
Saturday, November 26, 2011

ދިވެހި ޤައުމުގައި އެންމެ ޝަރަފުވެރި އެއް މުއައްސަސާގައި އެ މުއައްސަސާގެ މެންބަރުންގެ ގޮތުގައި ތިބި މީހުންގެ ކުރިމަތީގައި މިއަދު އިސްލާމްދީނުގެ ޤަދަރާއި ޝަރަފު ވެއްޔާއި މޮޑެލުމަށް އަންހެނަކު މަސައްކަތްކޮށްފިއެވެ. ދިވެހިންގެ އެންމެ ޝަރަފުވެރި މުއައްސަސާގައި ދިވެހިންނަށްޓަކައި އެ މުއައްސަސާއިން އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ތައްޔާރުކުރި ޤާނޫނުއަސާސީގައި ކޮޅުފައިން ޖަހައިފިއެވެ.

» ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ. 1432
Saturday, October 29, 2011

ޙައްޖު ދުވަސް، ނުވަތަ ޢަރަފާތްދުވަހަކީ، ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ. އެއީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުންނަށް ﷲގެ ރަޙްމަތާއި ފާފަފުއްސެވުން އޮއްސަވައެވެ. އެ ބިމުގައި މި މާތް ދުވަހުގައި ހުރުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މި ދުވަހު ރޯދަ ހިފުމެވެ. ހިޖުރީ ސަނަތުން 1432 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވާ ހޮނިހިރު ދުވަހެވެ.

» ދަރިންނަށް އުނގަންނައި ދޭށެވެ! އަދި އަދަބުވެރި ކުރުވާށެވެ!
Saturday, October 01, 2011

ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދަރިކަނބަލުން ފާޠިމާ ރަޟިޔަﷲ ޢަންހާގެ ދަރިކަލުން، އަލްޙަސަން ބުނު ޢަލީ ރަޟިޔަﷲ ޢަންހުމާ، ޞަދަޤާތުގެ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ގެނެވުނު ކަދުރުގެ ތެރެއިން ކަދުރުކޮޅެއް ނެގިއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަލްޙަސަނަށް އަނގައިން އެކަދުރު ބޭރުކުރުމަށް އަމުރުކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. (أَماَ عَلِمْتَ أَنَّا لاَ نَأْكُلُ الصَّدَقَةَ) [متفق عليه] މާނައީ: ތިމަންބޭކަލުން ޞަދަޤާތުން ފަރިއްނުކުޅުއްވާކަން ދަރިފުޅަށް ނޭނގެނީ ހެއްޔެވެ؟

» ކުޑަކުދިންނަށް އޯގާތެރިވުމުގައި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ރިވެތި ނަމޫނާ
Thursday, September 29, 2011

ކުޑަކުދިންނާ މުޢާމަލާތު ކުރުމުގެ އެންމެ ރިވެތި ނަމޫނާ އަހަރެމެން ދަސްކުރަން ޖެހެނީ، މުޅި އިންސާނިއްޔަތަށް ތަރުބިއްޔަތު ދަސްކޮށްދެއްވި ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުންނެވެ. އެއީ މަންމައަކު ކަމުގައި ވިޔަސް، ނުވަތަ ބައްޕައަކު ކަމުގައިވިޔަސް، އޭނާގެ ދަރިންނާމެދު މުޢާމަލާތު ކުރަންޖެހޭ އެންމެ ރިވެތިގޮތް އިސްލާމްދީނުގައި ވަނީ ދަސްކޮށްދެއްވާފައެވެ.

» ތަރުބިއްޔަތުގެ ނަމުގައި ކުޑަކުދިންނަށް އަނިޔާ ނުކުރާށެވެ!
Saturday, September 24, 2011

މައިބަފައިވަންތަކަމަކީ، އެއީ އޯގާތެރިކަމެވެ. އެއީ ރަޙުމު ކުރުމެވެ. އެއީ ލޯތްބެވެ. އެއީ ކުލުނެވެ. އެއީ ހެޔޮފޯރުކޮށްދިނުމެވެ. އެއީ ކުށެއްކުރާ ހިނދު އެދަރިފުޅުގެ ކިބައިން ބަދަލު ހިފުމުގެ ކުޅަދާނަކަން ލިބިގެންވާ ޙާލުގައިވެސް އެދަރިފުޅަށް މާފުކުރުމެވެ. އެއީ ދަރިން ކުރާ ކަންތައްތަކަށް ކެތްތެރި ވުމެވެ. އެއީ އެކުދިންނަށް ކުރެވޭ ކުށްތަކަށް މާފުކުރުމެވެ. އެއީ ރިވެތި ނަސޭހަތާއި އޯގާތެރިކަމާއެކު ދަރިންނަށް ހެޔޮގޮތް ބަޔާންކޮށްދިނުމެވެ. ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތު ކުރުމެވެ.

» ތަޢުޒިޔާ ކިޔުމުގައި އިސްލާމްދީން ދަސްކޮށްދެއްވި ޢިބާރާތްތަކުން ތަޢުޒިޔާ ކިޔާށެވެ.
Sunday, September 11, 2011

ހިރިޔާ ސްކޫލްގެ 4 ދަރިވަރަކާއި ޕްރިންސިޕަލް ނިޔާވި ޙާދިޘާގައި ވަރަށް ގިނަ ބަޔަކު ތަޢުޒިޔާ ކިޔަމުންދާތަން ފެނެއެވެ. އެހެން ނަމަވެސް އިސްލާމްދީނުގައި ލޮބުވެތި ނަބިއްޔާ ދަސްކޮށްދެއްވާފައިވާ ތަޢުޒިޔާގެ ދުޢާތައް ބޭނުންކުރުމުގެ ބަދަލުގައި ވަރަށް ބީރައްޓެހި ބަސްތަކެއް ބޭނުންކުރަމުން ގޮސްފައިވާތަން ފެނިފައިވެއެވެ.

» ތިޔަ އުޚްތަށް ﷲ ސާބިތުކަން ދެއްވާށިއެވެ!
Monday, April 25, 2011

މިޔުޒިކާއި ލަވައިގެ ދުނިޔޭގައި، އެބައިމީހުންގެ ތެރޭގައި ރަސްކަން ކުރަމުންދިޔަ، އެދުނިޔޭގެ އަލިގަދަ ބޮޑެތި ތަރިތައް މިއަދު ވަނީ އެއީ ކިހާވަރެއްގެ ނުބައިކަމެއްކަން އެނގުމުން ﷲ އަށްޓަކައި އެކަން ދޫކޮށް، ﷲގެ މަގަށް އެނބުރި އައިސްފައެވެ. މީގެ މަހެއްހާ ދުވަސްކުރިން އިވިގެންދިޔައީ، ﷲގެ ރަޙްމަތަށްފަހު، މީގެ އަށެއްކަ އަހަރު ކުރިން މިޔުޒިކުގެ ދާއިރާއިން ވަކިވެ، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ދާއިރާއަށް ވަދެފައިވާ ލޮބުވެތި ދިވެހި ދަރިއެއްގެ ބުރަ މަސައްކަތުން، 4 ފަންނާނަކު ލަވައާއި މިޔުޒިކަށް އަލްވަދާޢު ކީވާހަކައެވެ.

» ތިޔަ ހަތަރު ބޭކަލުންނަށް ﷲ ސާބިތުކަން ދެއްވާށިއެވެ.
Tuesday, March 15, 2011

ޢަލީ ރަމީޒާއި އިބްރާހީމް ރަމީޒާއި ޢަބްދުލްބާރީއާއި މޫސާ ޝިފާޢު ވަނީ އެރޭ މުޅި ދިވެހި ޤައުމަށް މެސެޖެއް ދީފައެވެ. އެއީ އިސްލާމްދީނުގެ ތެދުމަގަކީ ހޯދަން އުޅޭ ކޮންމެ މީހަކަށްމެ، ފަސޭހައިން ފެންނާނެ އެއްޗެއް ކަމެވެ. ހަމަގައިމުވެސް މި 4 އަޚުންގެ ޙަޔާތް އެއްކޮށްހެން ބިނާކޮށްފައި އޮތީ ލަވައާއި މިޔުޒިކުގެ މައްޗަށެވެ. އެހެންނަމަވެސް ﷲ އަށްޓަކައި އެކަން ދޫކޮށްލީ ނުހަނު ހިއްވަރު ހުރެގެންނެވެ.

» ދިވެހިބަސް ޙިމާޔަތް ކުރުމުގައި ދީނީ ލިޔުންތެރިންނާއި މުޤައްރިރުންގެ ދައުރު
Friday, December 31, 2010

ކޮންމެއަކަސް މުހިއްމު ނުކުތާއަކީ ދީނީ ވާހަކަތަކާއި ދީނީ ފޮތްތަކާއި މަޒުމޫނުތަކުގެ ލިޔުންތެރިން ފަރުވާތެރިވާން ވެއްޖެކަމެވެ. އަހަރެމެން ތިންލައްކައެއްހާ މީހުން އެކަނި ވާހަކަދައްކައި އުޅޭ މި ދިވެހި ބަސް ޙިމާޔަތް ކުރުމުގައި މިދެންނެވިފަދަ ލިޔުންތެރިންގެ ދައުރު ވަރަށްވެސް މުހިއްމެވެ. ހަމަ އެގޮތަށް ދީނީ ތަޤްރީރުތަކާއި ރޭޑިއޯ ޓީވީ ޕްރޮގްރާމްތަކާއި ދީނީ ވެބްސައިޓްތަކުންވެސް މިކަމާމެދު ސަމާލުވާން ޖެހޭ ކަމަށް ޤަބޫލު ކުރަމެވެ. އެއްވެސް ޙާލެއްގައި މިވެބްސައިޓަކީ ދިވެހި ބަހުގެ މާ މޮޅު ލިޔުންތަކެއް ހުރި ސައިޓެއް ކަމުގައި ދަންނަވަނީކީ ނޫނެވެ.

» ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ބާރުއަޅުއްވައިދެއްވާށެވެ!
Tuesday, December 28, 2010

މިއަދު ނޫރުލްއިސްލާމްގެ ނަމުގައްޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް އަޅުގަނޑު އިޙްތިރާމާއެކު މި ގޮވާލަނީ، އދ. ގެ މުހިއްމު މަޖިލީހެއްގެ މެންބަރުކަންވެސް ކުރަމުންދާ ދިވެހިރާއްޖެއިން އިސްލާމީ އުއްމަތުގެ ޙައްޤުގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ބާރުއެޅުމަށެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލުކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލައި، ދިވެހިރާއްޖެއާއި އިޒްރޭލާމެދު "ނަހަމަ" ގުޅުމެއް ނުވާކަމަށް ވިދާޅުވާ ބޭފުޅުންގެ ބަސްފުޅުގެ ތެދުކަން ސާބިތު ކޮށްދެއްވުމަށެވެ.

ޞަފްޙާ ނަންބަރު:  < 1 2  3 4 5 6 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި