އެޑިޓޯރިއަލް

» 18 އަހަރު، ކުޑަކުއްޖެއް!!!
Tuesday, May 15, 2012

މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކާ މީހާއަކީ 17 އަހަރުގެ ފިރިހެނެކެވެ. ނުވަތަ އަންހެނެކެވެ. ދެމީހުންގެ ދެމެދަށް ނުވަތަ ކޮންމެ މީހަކަށް ނަހަލާލަށް ދަރިފަތްޗެއް އޮވެއެވެ. އެހެން ނަމަވެސް އެމީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމައް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ސަބަބަބަކީ ދިވެހި ޤާނޫން އެމީހުންގެ ނަން ބޮޑު މީހުންގެ ދަފްތަރުގައި ޖެހުމަށް ތަން ނުދޭތީއެވެ.

» ޝެއިޚް އިލްޔާސް ޙުސެއިން އާއި އެހެނިހެން ޝެއިޚުންނާ ދެކޮޅަށް ވާހަކަ ދައްކަނީ އިސްލާމްދީން ނިކަމެތިކުރުމަށާއި...
Wednesday, April 04, 2012

ފަސް އަހަރުގެ 6 ދައުރުގެ ދިގު އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރެއްވި ދުވަހު ޝެއިޚް އިލްޔާސްފަދަ ބޭކަލަކު މިބައި މީހުންނަކަށް ނެތެވެ. އެހެނަސް މިއަދު، ބުދު ބަހައްޓައި އަދިވެސް ބަހައްޓާނެކަމަށް ބުނެ، އަދި ބުދު ބެހެއްޓީމާ ކުރާނީ ކީންހޭ ކިޔައި އެކަމަށް ދީނަށް ގޮންޖަހަމުންއައި މީހުންގެ ވެރިކަން ނިންމަވައި ހެޔޮ ވެރިކަމެއް ދެއްވުން އެދި ދުޢާ ކުރުމުން މިއަދު ޝެއިޚް އިލްޔާސް "ނުބައިމީސް" ވީއެވެ.

» އިސްލާމިކް މިނިސްޓަރަށް މަރުޙަބާ ދަންނަވަން
Sunday, February 19, 2012

އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމަށް ނޫރުލްއިސްލާމްގެ މުޝްރިފް، ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ޢައްޔަން ކުރެއްވުމާ ގުޅިގެން، ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ ނަމުގައި އެމަނިކުފާނަށް މަރުޙަބާ ދަންނަވަމެވެ. މިފުރުޞަތުގައި، މީގެ ކުރިންވެސް ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ދެމުން ގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ހަމަ އެގޮތުގައި، ﷲ އިރާދަކުރެއްވިއްޔާ، ބަދަލުވުމެއް ނެތި ކުރިއަށް ދާނެކަންވެސް ހާމަކުރަމެވެ.

» ވެރިކަމެއް ނިމިގެން ދިޔައީއެވެ. ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ!
Wednesday, February 08, 2012

އަޅުގަނޑުމެންގެ ޙަޔާތުގައި ދެވަނަ ފަހަރަށް، މި ދިވެހި ރާއްޖޭގެ ވެރިކަމެއް ނިމިގެން ދިޔަ މަންޒަރު ފެނިގެން މިދިޔައީއެވެ. މީގެ ކުރިން ނިމިގެން ދިޔައީ 30 އަހަރުގެ ވެރިކަމެކެވެ. އެތައް ބަޔަކަށް އެތައް އަނިޔާއެއް ލިބިފައިވުމާއެކު އިސްލާމްދީނަށް އުޅުމާއި، ދީނުގެ ތަޢުލީމު ފެތުރުމަށް ހުރަސް އެޅުމުގެ ސަބަބުން 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުނު އިންތިޚާބުގައި އެ ވެރިކަން ނިންމާލީ ދިވެހި ރައްޔިތުންނެވެ. ﷲ ގެ މަދަދާއި ތައުފީޤަށްފަހުގައެވެ

» ޣައިރުމުސްލިމުންނަށްވިޔަސް ގޯނާ ކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ.
Saturday, January 07, 2012

މުސްލިމުންގެ ތެރެއަށް ކަނޑައެޅިފައިވާ ޤަވާޢިދުގެ ދަށުން ވިސާ ހޯދައިގެން އަންނަ ޣައިރު މުސްލިމުންނަކީ އެބައިމީހުންނަށް ޙިމާޔަތްދެވެން ޖެހޭ ބައެކެވެ. މިއީ މުޅި އިސްލާމީ އުއްމަތް އެކަމެއްގެ މައްޗަށް އިޖުމާޢު ވެފައިވާ ކަމެކެވެ. އަލްއިމާމް އިބްނު ޙަޒްމު ރަޙިމަހުﷲ އެކަލޭގެފާނުގެ "مراتب الإجماع" މިފޮތުގައި ވިދާޅުވެފައިވެއެވެ. މުޅި އިސްލާމީ އުއްމަތް ވަނީ ޛިއްމަތުގެ އަހުލުވެރިންނަށް (އެބަހީ: މުސްލިމުންގެ ބިމުގައި ހުއްދަ ލިބިގެން ދިރިއުޅޭ ޣައިރު މުސްލިމުންނަށް) ޙިމާޔަތްދިނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ.

» ވީޑިއޯ ކޯލް މެދުވެރިކޮށް ދީނީ ދަރުސްތައް ދިނުމުގެ ސަގާފަތެއް ފަށަންވެއްޖެއެވެ.
Sunday, December 25, 2011

އަޅުގަނޑުމެންގެ ރާއްޖޭގައި ދީނުގެ ދަޢުވަތުގައި ހަރަކާތްތެރިވާ ދީނީ ޢިލްމުވެރިންނަކީ ޙަޤީޤަތުގައި ނިސްބަތުން މަދު ބައެކެވެ. އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ދުއިސައްތައެއްހާ ރަށަށް، އެރަށްތަކުގެ ޑިމާންޑާ އެއްވަރަށް ދީނީ ޢިލްމުވެރިންނާއި ދާޢީން ފޯރުކޮށްދިނުމުގެ މާލީ ކުޅަދާނަކަން އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

» ވެރިކަމުގެ އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައިނުގަންނަވާށެވެ.
Tuesday, December 20, 2011

ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ އެއްވެސް ވެރިކަމަކަށް އިސްވެ، އޭނާގެ ދަށުގައިވާ މީހުންނަށް ދަތިކޮށްފި މީހާއަށް އިބައިލާހު ދަތިކުރައްވާނދޭވެ! އަދި ތިމަންކަލޭގެފާނުގެ އުއްމަތުގެ އެއްވެސް ވެރިކަމަކަށް އިސްވެ، އޭނާގެ ދަށުގައިވާ މީހުންނަށް އޯގާވެރިވެއްޖެމީހާއަށް އިބައިލާހު އޯގާވެރިވެ ވޮޑިގަންނަވާނދޭވެ!

» ޢާޝޫރާ ދުވަހުގެ ރޯދަ ހަނދުމަ ނައްތާ ނުލައްވާށެވެ.
Saturday, December 03, 2011

ޢާޝޫރާ ދުވަހަކީ ހިޖުރީ ގޮތުން ފުރަތަމަ މައްސަރު - މުޙައްރަމް މަހުގެ (10) ދިހަވަނަ ދުވަހެވެ. އެއީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރައްވައި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤު ކުރެއްވި ދުވަހެވެ. މިދުވަހުގެ ރޯދައާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ: އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. رواه مسلم

» އަލިފުދާލުގެ ހިޔުމަން ރައިޓްސް ކޮމިޝަނަރު ދިވެހިންނަށް އިންސާނީ ޙައްޤުތައް ކިޔައިދޭން ލަދު ގަންނަން ޖެހޭނެ
Saturday, November 26, 2011

ދިވެހި ޤައުމުގައި އެންމެ ޝަރަފުވެރި އެއް މުއައްސަސާގައި އެ މުއައްސަސާގެ މެންބަރުންގެ ގޮތުގައި ތިބި މީހުންގެ ކުރިމަތީގައި މިއަދު އިސްލާމްދީނުގެ ޤަދަރާއި ޝަރަފު ވެއްޔާއި މޮޑެލުމަށް އަންހެނަކު މަސައްކަތްކޮށްފިއެވެ. ދިވެހިންގެ އެންމެ ޝަރަފުވެރި މުއައްސަސާގައި ދިވެހިންނަށްޓަކައި އެ މުއައްސަސާއިން އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ތައްޔާރުކުރި ޤާނޫނުއަސާސީގައި ކޮޅުފައިން ޖަހައިފިއެވެ.

» ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ. 1432
Saturday, October 29, 2011

ޙައްޖު ދުވަސް، ނުވަތަ ޢަރަފާތްދުވަހަކީ، ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ. އެއީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުންނަށް ﷲގެ ރަޙްމަތާއި ފާފަފުއްސެވުން އޮއްސަވައެވެ. އެ ބިމުގައި މި މާތް ދުވަހުގައި ހުރުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މި ދުވަހު ރޯދަ ހިފުމެވެ. ހިޖުރީ ސަނަތުން 1432 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވާ ހޮނިހިރު ދުވަހެވެ.

ޞަފްޙާ ނަންބަރު:  < 1  2 3 4 5 6 > 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި