އެޑިޓޯރިއަލް

» ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ، އަނެއްބަޔަށް ކާފަރު ވަނީ ހެއްޔެވެ؟
Friday, March 29, 2013

ކުރިއާ ޚިލާފަށް ޤައުމީ ފިޤްހު އެކެޑެމީއެއް އުފަންވެފައި އެބައޮތެވެ. ދީނީ ޢިލްމުވެރިންގެ މަޖިލިސްތައް ގިނައެވެ. އެބޭފުޅުންގެ ދިރާސާތައް ކުރައްވައި، ގިނަ ވަގުތު ހޭދަކުރެއްވުމަށްފަހު މަޖިލީހަށް މި ޤާނޫނަށް ހުށަހެޅި އެތައް އިސްލާހުގެ ތެރެއިން އެއްމެ އިމްލާ ކުށެއް ބަލައިގަނެ، ދެންހުރި މުހިއްމު މައްސަލަތައް ފާރު ބުޑަށް ޢިއްޒަތްތެރިން ޖަހާލައިފިއެވެ. ޒިނޭ ފަދަ ބޮޑެތި ކުށްތަކަށް އިސްލާމްދީނުގައި ހުރި ޙުކުމްތައް އެއްކޮށް ނައްތާލާފަދަ ގޮތަކަށް ޤާނޫނު ޑްރާފްޓު ކުރާ މީހުން ނިންމަނީއެވެ.

» ނަން ކިޔުމުގައި މަނާވެގެންވަނީ ޢާޞިޔާ އޭ ކިޔުމެވެ. އާސިޔާ އޭ ކިޔުމެއް ނޫނެވެ.
Wednesday, March 20, 2013

15 މާޗް 2013 ވީ ހުކުރު ދުވަހު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ކިޔާފައިވާ ހުކުރު ޚުޠުބާއާމެދު ވަރަށް ގިނަ މީހުން ސުވާލުކުރަމުން އެބަ ދެއެވެ. އެންމެ ގިނަ މީހުން ކުރާ ސުވާލަކީ... "އެއީ ތެދެއްތަ؟ އާސިޔާ މިނަން ކިޔުމަކީ ހުއްދަކަމެއް ނޫންތަ؟.... އާސިޔާއޭ ނުކިޔާށޭ ހުކުރު ޚުޠުބާގައި ކިޔައިފި....... މީގައި އަސްލު ދިމާވި ގޮތް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

» ޢާޝޫރާ ދުވަހުގެ ރޯދަ ހިފަމާ!
Wednesday, November 14, 2012

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅުގައި ވަނީ: "صِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ " މާނައީ: އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ. رواه مسلم

» ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތް ކުރަމެވެ. [1433]
Sunday, October 21, 2012

މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ގޮވާލަމެވެ. އަދި އޭގެ އިތުރަށް ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނާއި އަދި އެނޫން މީހުންނަށްވެސް މިދުވަހުގެ ރޯދަހިފުމަށް އިރުޝާދު ދެއްވާށެވެ. ހިޖުރީ ސަނަތުން 1433 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ މީލާދީ ސަނަތުން 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 25 ވާ ބުރާސްފަތި ދުވަހެވެ.

» އިސްލާމްދީން ފެތުރުމުގައި މީހުންނަށް ފުރައްސާރަކުރުމާއި ޖެއްސުންކުރުން ދޫކޮށްލާށެވެ.
Wednesday, October 03, 2012

އެއްވެސް މީހަކު ފަޟީޙަތްކުރުމަކީ ތިމާމެންގެ މަޤްޞަދު ކަމުގައި ހަދައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި، ތިމާމެންގެ މަޤްޞަދަކީ އެއްމެ ފަރުދަކަށް ކަމުގައި ވިޔަސް، ތެދުމަގު ލިއްބައިދިނުން ކަމުގައި ހަދަން ޖެހޭނެއެވެ. ތިމާމެންގެ ބްލޮގްގައި ނުވަތަ ސައިޓްގައި ލިޔާ ލިޔުން ކިޔުމަށްފަހު، ނުބައިކަމުގެ އަހުލުވެރިޔާއަށް އެއީ ނުބައެއްކަން އިޙްސާސްވެ، އެ ނުބައިކަންތައް ދޫކޮށް ޙައްޤުގެ މަގަށް އެނބުރި ރުޖޫޢަވުމަކީ އެއީ ތިމާމެންގެ ލަނޑުދަނޑި ކަމުގައި ހަދަން ޖެހޭނެއެވެ.

» 18 އަހަރު، ކުޑަކުއްޖެއް!!!
Tuesday, May 15, 2012

މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކާ މީހާއަކީ 17 އަހަރުގެ ފިރިހެނެކެވެ. ނުވަތަ އަންހެނެކެވެ. ދެމީހުންގެ ދެމެދަށް ނުވަތަ ކޮންމެ މީހަކަށް ނަހަލާލަށް ދަރިފަތްޗެއް އޮވެއެވެ. އެހެން ނަމަވެސް އެމީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމައް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ސަބަބަބަކީ ދިވެހި ޤާނޫން އެމީހުންގެ ނަން ބޮޑު މީހުންގެ ދަފްތަރުގައި ޖެހުމަށް ތަން ނުދޭތީއެވެ.

» ޝެއިޚް އިލްޔާސް ޙުސެއިން އާއި އެހެނިހެން ޝެއިޚުންނާ ދެކޮޅަށް ވާހަކަ ދައްކަނީ އިސްލާމްދީން ނިކަމެތިކުރުމަށާއި...
Wednesday, April 04, 2012

ފަސް އަހަރުގެ 6 ދައުރުގެ ދިގު އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރެއްވި ދުވަހު ޝެއިޚް އިލްޔާސްފަދަ ބޭކަލަކު މިބައި މީހުންނަކަށް ނެތެވެ. އެހެނަސް މިއަދު، ބުދު ބަހައްޓައި އަދިވެސް ބަހައްޓާނެކަމަށް ބުނެ، އަދި ބުދު ބެހެއްޓީމާ ކުރާނީ ކީންހޭ ކިޔައި އެކަމަށް ދީނަށް ގޮންޖަހަމުންއައި މީހުންގެ ވެރިކަން ނިންމަވައި ހެޔޮ ވެރިކަމެއް ދެއްވުން އެދި ދުޢާ ކުރުމުން މިއަދު ޝެއިޚް އިލްޔާސް "ނުބައިމީސް" ވީއެވެ.

» އިސްލާމިކް މިނިސްޓަރަށް މަރުޙަބާ ދަންނަވަން
Sunday, February 19, 2012

އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމަށް ނޫރުލްއިސްލާމްގެ މުޝްރިފް، ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ޢައްޔަން ކުރެއްވުމާ ގުޅިގެން، ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ ނަމުގައި އެމަނިކުފާނަށް މަރުޙަބާ ދަންނަވަމެވެ. މިފުރުޞަތުގައި، މީގެ ކުރިންވެސް ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ދެމުން ގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ހަމަ އެގޮތުގައި، ﷲ އިރާދަކުރެއްވިއްޔާ، ބަދަލުވުމެއް ނެތި ކުރިއަށް ދާނެކަންވެސް ހާމަކުރަމެވެ.

» ވެރިކަމެއް ނިމިގެން ދިޔައީއެވެ. ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ!
Wednesday, February 08, 2012

އަޅުގަނޑުމެންގެ ޙަޔާތުގައި ދެވަނަ ފަހަރަށް، މި ދިވެހި ރާއްޖޭގެ ވެރިކަމެއް ނިމިގެން ދިޔަ މަންޒަރު ފެނިގެން މިދިޔައީއެވެ. މީގެ ކުރިން ނިމިގެން ދިޔައީ 30 އަހަރުގެ ވެރިކަމެކެވެ. އެތައް ބަޔަކަށް އެތައް އަނިޔާއެއް ލިބިފައިވުމާއެކު އިސްލާމްދީނަށް އުޅުމާއި، ދީނުގެ ތަޢުލީމު ފެތުރުމަށް ހުރަސް އެޅުމުގެ ސަބަބުން 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުނު އިންތިޚާބުގައި އެ ވެރިކަން ނިންމާލީ ދިވެހި ރައްޔިތުންނެވެ. ﷲ ގެ މަދަދާއި ތައުފީޤަށްފަހުގައެވެ

» ޣައިރުމުސްލިމުންނަށްވިޔަސް ގޯނާ ކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ.
Saturday, January 07, 2012

މުސްލިމުންގެ ތެރެއަށް ކަނޑައެޅިފައިވާ ޤަވާޢިދުގެ ދަށުން ވިސާ ހޯދައިގެން އަންނަ ޣައިރު މުސްލިމުންނަކީ އެބައިމީހުންނަށް ޙިމާޔަތްދެވެން ޖެހޭ ބައެކެވެ. މިއީ މުޅި އިސްލާމީ އުއްމަތް އެކަމެއްގެ މައްޗަށް އިޖުމާޢު ވެފައިވާ ކަމެކެވެ. އަލްއިމާމް އިބްނު ޙަޒްމު ރަޙިމަހުﷲ އެކަލޭގެފާނުގެ "مراتب الإجماع" މިފޮތުގައި ވިދާޅުވެފައިވެއެވެ. މުޅި އިސްލާމީ އުއްމަތް ވަނީ ޛިއްމަތުގެ އަހުލުވެރިންނަށް (އެބަހީ: މުސްލިމުންގެ ބިމުގައި ހުއްދަ ލިބިގެން ދިރިއުޅޭ ޣައިރު މުސްލިމުންނަށް) ޙިމާޔަތްދިނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ.

ޞަފްޙާ ނަންބަރު:   1 2 3 4 5 > 
 

 
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ހެނދުނާއި ހަވީރުގެ ޛިކުރުތައް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ ….
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
މަންމަން ފަޞާޙާތްތެރިޔާ
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
ވަގުތު ފާއިތުވުމުގެ ކުރިން...
ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި