ޚަބަރު

» ދަކޯލްގެ ޝެޑިޔުލް
Thursday, June 03, 2010

ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއްސަލަފުން އިންތިޒާމު ކުރައްވާ [ދަކޯލް 2010 ] ގެ ޝެޑިޔުލް.

» ނާޒިމް ތައުބާވެ އަލުން އިސްލާމްވެއްޖެ
Tuesday, June 01, 2010

ފާއިތުވި މޭއިމަހުގެ 28 ވަނަ ދުވަހުގެ ރޭ މާލޭގައި އޮތް ޑރ ޒާކިރު ނައިކްގެ ދަރުސްގައި ތިމަންނައަކީ މުސްލިމެއް ނޫނޭ ބުނެ އިސްލާމްދީން ދޫކުރިކަމަށް އިޢުލާނުކުރި މުޙައްމަދު ނާޒިމް، އޭނާއަށް ކުރެވުނު ކުށުން ތައުބާވެ، ޝަހާދަތުގެ ދެކަލިމަ ކިޔައި އަލުން އިސްލާމްވެއްޖެއެވެ. މި ޚަބަރު ލިބުމާ ގުޅިގެން ނޫރުލްއިސްލާމްގެ ފަރާތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަށް ގުޅުމުން، އެމަނިކުފާނު ވަނީ މިޚަބަރު ކަށަވަރުކޮށްދެއްވާފައެވެ.

» ދިމުދިމު ޑައުންލޯޑު ކުރެވުނު ޢަދަދު އެގާރަ ހާހަށްވުރެ މައްޗަށް
Tuesday, June 01, 2010

ނޫރުލްއިސްލާމް ވެބްސައިޓާއި ދިވެހި ސޮފްޓާއި ގުޅިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމާއެކު 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ މެދުތެރޭގައި، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ނަމާދުވަގުތު ހިމަނައިގެން ތައްޔާރު ކުރި ނަމާދުވަގުތު ސޮފްޓުވެއާ ދިމުދިމު ޑައުންލޯޑު ކުރެވުނު ޢަދަދު 11058 (އެގާރަހާސް ފަންސާސް އަށެއް) އަށް އަރައިފިއެވެ.

» ޑރ ޒާކިރު ނައިކްގެ ސުވާލާއި ޖަވާބު ސެޝަން - މާލެ
Sunday, May 30, 2010

އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި، މަޝްހޫރު ދާޢީ ޑރ ޒާކިރު ނައިކް އިސްލާމީ މަރުކަޒުގައި ބޭއްވެވި ސުވާލާއި ޖަވާބު ސެޝަން.

» ދަ ކޯލް ވީޓީވީން ލައިވްކޮށް، ވެބްކާސްޓް ކުރާނެ: ޖަމިއްޔަތުއްސަލަފް
Sunday, May 30, 2010

ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ކޮންމެ އަހަރަކު "ދަ ކޯލް" ގެ ނަމުގައި ބާއްވާ ދީނީ ނަސޭހަތްތައް މިފަހަރު ވީޓީވީން ލައިވްކޮށް ދަ ކޯލްގެ ރަސްމީ ވެބްސައިޓުން ވެބްކާސްޓް ކުރާނެ ކަމަށް އެ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ. ޖަމިއްޔަތުއް ސަލަފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު ސޮބާހު ވިދާޅުވީ ޑރ. ބިލާލް ފިލިޕްސް އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ އަބްދުއްރަހްމާން ދެއްވާ ހަތް ތަގުރީރު ލައިވް ކުރުމަށް ވީޓީވީން އެއްބަސްވެފައިވާ ކަމަށެވެ.

» ޑރ. ޒާކިރު ނައިކް މިއަދު މާލެވަޑައިގަންނަވައިފި
Tuesday, May 25, 2010

ބޮމްބޭގައި ހުންނަ އިސްލާމިކް ރިސާރޗް ފައުންޑޭޝަންގެ ރައީސް ޑރ. ޒާކިރު ޢަބްދުލްކަރީމް ނައިކް މިއަދު (25 މެއި 2010 ) މާލެވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނުގެ ދެދަރުސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެއީ 28،27 މި ދެ ދުވަހުގެ ރޭ 9.00 އިން ފެށިގެން ސްޓޭޑިއަމް ސަރަޙައްދުގައެވެ. ފުރަތަމަ ދަރުސް 27 މެއި 2010 ވަނަ ދުވަހުގެ ރޭ އޮންނަ ދަރުސްގައި ޑރ. ޒާކިރު ނައިކްގެ ދަރިކަލުންކަމުގައިވާ ފާރިޤު ނައިކް ތަޤްރީރު ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.

» ޑރ.ޒާކިރު ނައިކު މިއަދު ރާއްޖެ ވަޑައިގަންނަވާނެ
Tuesday, May 25, 2010

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަޢުވަތަކަށް މަޝްހޫރު ދާޢީ ޑރ. ޒާކިރު ޢަބްދުލްކަރީމް ނައިކު މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެއެވެ. މިހާރު ހަމަޖެހިފައިވާގޮތުން މިމަހު 29 ވަނަ ދުވަހުގެރޭގެ ބަދަލުގައި ޑރ. ޒާކިރު ނައިކުގެ އަނބިކަނބަލުން ފަރަހަތު ތަޤްރީރުކުރައްވާނީ 26 ވަނަ ދުވަހުގެރޭ 9:00 ގައެވެ. މިތަޤްރީރު ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

» ނޫރުލްއިސްލާމްގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފި
Monday, May 24, 2010

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމަށާއި އިޖްތިމާޢީ ޙަރަކާތްތައް ހިންގުމަށް، މަދަނީ ޖަމިއްޔާއެއްގެ ގޮތުގައި ނޫރުލްއިސްލާމް މިނަމުގައި ޖަމިއްޔާއެއް، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓްރީ ކޮށްފިއެވެ. މިޖަމްޢިއްޔާގެ މަޤްޞަދަކީ ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ ޝިޢާރުތައް ފާޅުކޮށް ދީނުގެ ތަޢުލީމް ފަތުރައި، ދީނާއިމެދު މީހުންގެ މެދުގައި އުފެދިފައިވާ ނޭދެވޭ ފިކުރުތައް ދުރުކޮށް، މުޖުތަމަޢުގެ ތެރޭގައި އޮންނަ ދީނީ ބައިބައިވުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމާއި، ލާދީނީ ޙަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމާއި، އިސްލާމްދީނުގެ އެކިއެކި ކަންކަމާއި، އަދި ދީނާއި ދެކޮޅަށް ހިންގާ ތަފާތު ނޭދެވޭ ޙަރަކާތްތައް ހޯދާބަލައި އެކަންތައްތައް ދިރާސާކޮށް، އެކަމާއި ދެކޮޅަށް ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތް ކުރުމެވެ.

» ޑރ. ޒާކިރު ނައިކް ރާއްޖެ ގެނައުމުގެ ފަންޑަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
Sunday, May 23, 2010

ދުނިޔޭގެ މަޝްހޫރު ދާޢީ ޑޮކްޓަރ ޒާކިރު ޢަބްދުލްކަރީމް ނައިކް ރާއްޖެ ގެނައުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ހުޅުވާލި ފަންޑަށް ނަގުދު ފައިސާގެ ގޮތުގައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ މިފައިސާގެ އިތުރުން ޒާކިރު ނައިކްގެ ހުރުމާއި ދަރުސް ބޭއްވުމަށް ސްޓޭޑިއަމް ތައްޔާރުކުރަމުންދާ ފަރާތްތަކުގެ ކެއުމާއި މިކަމަށް ބެނާ ތައްޔާރުކުރުން ފަދަ ކަންތައްތައްވެސް އެހީދޭ ފަރާތްތަކުން ކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

» ދިވެހި އިސްލާމް ދެމާއްދާ މަތީޘާނަވީގައި މަޖްބޫރު މާއްދާތަކުގެ ގޮތުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި
Friday, May 21, 2010

ދިވެހި ބަހާއި އިސްލާމް މާއްދާ މަތި ޘާނަވީގައި މަޖްބޫރު މާއްދާއެއްގެ ގޮތުގައި ބޭއްވުމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިހެން ގޮވާލެއްވީ މިއަދު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި ޚުޠުބާ ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މަތީ ޘާނަވީގައި އެޤައުމުގެ ޢަޤީދާއާއި ޘަޤާފަތް މަޖްބޫރު މާއްދާއެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމެއްކަމަށާއި މިދެ މާއްދާ އިޚްތިޔާރީ ދެމާއްދާއެއްގެ ގޮތުގައި ބަދަލުކުރެވިއްޖެ ނަމަ މިކަމަކީ ޤައުމުގެ މުސްތަޤުބަލަށް ނުރައްކާތެރިކަމެއްކަމުގައި ވެދާނެކަމުގައެވެ. އިސްލާމްދީނާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ މާއްދާ ތަކާ ޙަވާލާ ދެއްވާ، އަދި ދުނިޔޭގެ ގިނަ ޤައުމުތަކުން މިސާލު ދައްކަވަމުން ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ މިމައްސަލައިގައި ވަރަށް ފުރިހަމައަށް ވާހަކަފުޅު ދައްކަވާފައެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4 5 6 7 8  9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި