ޚަބަރު

» ރަސޫލުބޭކަލުންނާއި ޞަޙާބީންގެ ޝަޚްޞިއްޔަތު ދައްކުވައިދޭ ފިލްމުތަކާއި ޑޮކިއުމެންޓްރީތައް އުފެއްދުން މަނާކުރާ ޤަރާރަށް ބާރުދީ ބަޔާނެއް ނެރެފި
Wednesday, January 05, 2011

ރަސޫލުބޭކަލުންނާއި ޞަޙާބީންގެ ޝަޚްޞިއްޔަތު ދައްކުވައިދޭ ފިލްމުތަކާއި ސިލްސިލާތަކާއި ޑޮކިޔުމެންޓްރީތައް އުފެއްދުމަކީ ޙަރާމްކަމެއް ކަމަށް މީގެ ކުރިން ނެރުއްވާފައިވާ ޤަރާރަށް ބާރުދެއްވައި މައްކާގައިވާ ރާބިޠަތުލްޢާލަމިލް އިސްލާމީ (މުސްލިމް ވޯލްޑް ލީގް)ގެ އިސްލާމިކް ފިޤްހު އެކެޑެމީ އިން ބަޔާނެއް ނެރުއްވައިފިއެވެ. މި ބަޔާން ނެރުއްވާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 25 އިން 29 އަށް މައްކާގައި ބޭއްވި އެ އެކެޑެމީގެ 20 ވަނަ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

» މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ މުދީރު ދިވެހިރާއްޖޭގައި
Saturday, December 25, 2010

މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ މުދީރު ޑރ. މުޙައްމަދު ބުނު ޢަލީ އަލްޢުޤްލާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި މާލެވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ މަގުމަތީގައި ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

» އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށްފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫން- ޝަހީމް
Sunday, December 19, 2010

އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށް ފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫންކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮ އިސްލާމިކް އެފެއަރޒް އަދި ނޫރުލްއިސްލާމްގެ މުޝްރިފް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

» ރޭޑިއޯ އެޓޯލް 96 އެފް.އެމް ގެ ޚިދުމަތް އައްޑުއަތޮޅުގެ ރަށްތަކަށް ދޭންފަށައިފި
Tuesday, November 30, 2010

މިއީ ރޭޑިއޯ އެޓޯލްގެ ކުރުތާރީޚުގައި އެ ޗެނަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މުޅި އިސްލާމީ ދިވެހި ޢުންމަތަށްވެސް ލިބުނު ކުރި އެރުމަކާ ހިންހަމަ ޖެހުމެކެވެ. އަދި ޚާއްޞަކޮށް އައްޑު އަތޮޅުގެ ރައްޔިތުންނަށް ބޮޑު އުފަލެއް ލިބިގެންދާ ކަމެކެވެ. ރޭޑިއޯ އެޓޯލަކީ ދިވެހީންގެ ތެރޭގައި ވަރަށް މަޤބޫލުކަން ހޯދަމުން އަންނަ މަންފާކުރަނަވި ޕްރޮގްރާމްތަކެއް ގެނެސްދޭ ޗެނަލެކެވެ. ދީނީ ތަފާތު އަދި އިޖްތިމާޢީ މުޙިއްމު ޕްރޮގްރާމްތަކެއް ގެނެސްދިނުމުގައި ދިވެހިންގެ ހިތްކަތުގައި އަންނަނީ ރަސްކަން ކުރަމުންނެވެ.

» ރަމްޒީ ގޮތުން ވިޔަސް ޣައިރު މުސްލިމުން ރާއްޖޭގައި ކައިވެނިކުރުމާ ދެކޮޅު: އިސްލާމިކް މިނިސްޓްރީ
Sunday, October 31, 2010

ރަމްޒީ ގޮތުން ވިޔަސް އަދި އެ ނޫން ގޮތަކުން ވެސް ޣައިރު މުސްލިމުންނަށް ރާއްޖޭގައި ކައިވެނި ކުރުމުގެ ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

» މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ރަސްމީ ވެބްސައިޓް ލޯންޗު ކޮށްފި
Friday, October 15, 2010

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ދިވެހިރާއްޖޭގެ އިސްލާމީ ފިޤްހު އެކެޑެމީގެ ރައީސް، އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ރަސްމީ ވެބްސައިޓް ލޯންޗު ކުރައްވައިފިއެވެ. މި ވެބްސައިޓް ލޯންޗުކުރެވިފައިވަނީ މިރޭ (15 އޮކްޓޯބަރ 2010 ވީ ހުކުރު ދުވަހުގެރޭ) ޢަދާލަތު ޕާޓީގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާގައި، އެޕާޓީގެ ރައީސް ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދެވެ.

» ނޫރުލްއިސްލާމް ވެބްސައިޓްގެ ލިޔުންތަކުން ސާޗްކުރެވޭ ގޮތަށް ހަމަޖެހިއްޖެ
Thursday, October 14, 2010

ނޫރުލްއިސްލާމް ވެބްސައިޓަށް ޒިޔާރަތްކުރައްވާ ކިޔުންތެރިންނަށް ލިޔުންތައް ހޯދުން ފަސޭހަ ކުރުމުގެ ނިޔަތުގައި ނޫރުލްއިސްލާމްގައި ސާޗް ފީޗާއެއް ޤާއިމު ކުރެވިއްޖެއެވެ. މިއީ ނޫރުލްއިސްލާމްގެ ވަރަށް ގިނަ ކިޔުންތެރިންގެ އެދިލެއްވުމަކަށް އިޖާބަދިނުމުގެ ގޮތުން ނޫރުލްއިސްލާމުން އެޅި ފިޔަވަޅެކެވެ.

» މަދަނީ އިއްތިހާދުގެ ފަރާތުން ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުއްވި 22 ނުކުތާގެ ޤަރާރު
Sunday, October 10, 2010

އަޅުގަނޑުމެންނަކީ ދީނީ އަދި އިޖްތިމާޢީ ގޮތުން ޤައުމުގެ މުސްތަޤްބަލުގައި ފަހުން ނިކުމެދާނޭ ހައްލު ނުކުރެވޭފަދަ ބޮޑެތި ނުރައްކާތެރި މައްސަލަތައް ޙައްލުކޮށް އެކަންކަން އިސްލާޙް ކުރުމުގެ މަތިވެރި މަޤްސަދުގައި އިއްތިހާދުވެފައިވާ މަދަނީ ޖަމިއްޔާ ތަކެކެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އިދިކޮޅަށް، ފާއިތުވީ ތަނުގައި އަޅުގަނޑުމެން ވާނީ އަޑު އުފުލާފައެވެ. އަދި މިހާރު ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ގެ ތަޢްލީމީ ސިޔާސަތާއި އިދިކޮޅަށް އަޑުއުފުލަމުން ދާ ބަޔަކީމެވެ.

» ތައުލީމީ ދާއިރާގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް އިސްލާމިކް މިނިސްޓްރީ އިން ސިޓީއެއް ފޮނުއްވައިފި
Sunday, October 10, 2010

ޢިއްޒަތްތެރި ރައީސެވެ! އަޅުގަނޑު މަނިކުފާނަށް މިސިޓީލިޔަން ގަސްތުކުޅައީ، ދިވެހިރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކަކުން، ތަޢުލީމީ ދާއިރާގެ ތެރެއިން އިސްލާމްދީނާއި ގުޅުން ހުރި ބައެއްކަންތައްތަކާމެދު ކަންބޮޑުވުންތަކެއް އެކިސިފަ ސިފައިގައި އަޅުގަނޑާ ހަމައަށް ފޯރުކުރަމުން ގެންދާތީވެއެވެ. އަދި މަނިކުފާނަކީ މިވަގުތު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމުންނާއި، އަޅުގަނޑުގެ ހިތުގައި މަނިކުފާނަށާއި ސަރުކާރަށް އޮތް ހެޔޮ ޝުޢޫރެއްގެ ސަބަބުންނާ ވެސް އެކުގައެވެ.

» މޫނު ބުރުގާ އެޅުމަކީ ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުލިބެންވީ ސަބަބަކަށްވެގެން ނުވާނެ: ޑރ. ޢަބްދުލްމަޖީދު
Tuesday, September 28, 2010

ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ ތަފާތު ދާއިރާއިން އެންމެ މަތީ ފެންވަރަށް ތައުލީމު ޙާޞިލުކޮށްގެންގެން ތިބި އެތައް އަންހެނުންނެއް މިޤައުމުގައި މޫނު ބުރުގާ އަޅައިގެން އެބަތިބި ކަމަށާ އަދި ކީރިތި ޤުރުއާން އާއި ބެހޭ މަރުކަޒުން ހިންގާ ކޯސްތައް ފުރިހަމަކުރާ ދަރިވަރުންގެތެރޭގައި ވެސް އެފަދަ އެތައް ދަރިވަރުން ތިބޭކަމަށެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4 5 6  7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި