ޚަބަރު

» ސުޢޫދީ ރަސްގެފާނަށް "އިންސާނިއްޔަތުގެ ރަސްގެފާނު" ނުވަތަ "ހިތްތަކުގެ ރަސްގެފާނު" މި ލަޤަބުތަކުން މުޚާޠަބު ނުކުރުމަށް އެދިވަޑައިގެންފި
Wednesday, March 23, 2011

ދެޙަރަމްފުޅުގެ ޚާދިމް، ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބުނު ޢަބްދުލްޢަޒީޒް އާލްސުޢޫދަށް الملك الإنسانية (އިންސާނިއްޔަތުގެ ރަސްގެފާނު) އާއި ملك القلوب (ހިތްތަކުގެ ރަސްގެފާނު) މި ދެ ލަޤަބުން މުޚާޠަބު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވައިފިއެވެ. " ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެނީ، މި ލަޤަބު އަޅުގަނޑުގެ ކިބައިން މިލަޤަބު ދުރުކޮށްދިނުމަށް. ޙަޤީޤީ މަލިކަކީ ﷲ. އަދި އަޅުގަނޑުމެން އެންމެންނަކީ ﷲގެ އަޅުން. މިލަޤަބު، އަޅުގަނޑު އެދެނީ މިލަޤަބުން އަޅުގަނޑު އެއްކިބާކޮށްދެއްވުން." ރަސްގެފާނު ޢަބްދުﷲ ވިދާޅުވިއެވެ.

» މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިޢުލާން: ޤުރްއާންގެ އާޔަތްތައް ލިޔެފައި ހުންނަ ލިޔުންތައް ނައްތާލުމާ ބެހޭ
Friday, March 18, 2011

މުޞްޙަފާއި، ޤުރްއާންގެ އާޔަތްތައް ލިޔެފައި ހުންނަ ލިޔުންތައް މިފަހަކަށް އައިސް މަގުމައްޗަށާއި ކުނިގޮނޑުތަކަށް އުކާލާފައި ހުންނަކަން މި މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައެވެ. ވީމާ، އެންމެހައި ފަރާތްތަކުން މިފަދަ ތަކެއްޗާއި މެދު މިގޮތަށް އިހާނާތްތެރިކޮށް ނުހިތުމަށް އަންގައި ނަޞޭހަތްތެރިވަމެވެ. ބާވެފައި ހުންނަ މުޞްޙަފާއި ޤުރްއާނުގެ އާޔަތް ލިޔެފައި ހުންނަ ލިޔުންތައް ނައްތާލުމަށް ބޭނުންވެއްޖެނަމަ އެފަދަ ތަކެތި މިމިނިސްޓްރީއަށް ގެންނެވުމުން މިމިނިސްޓްރީން އެފަދަ ތަކެއްޗާއި ޙަވާލުވެ ރައްކާތެރިކަމާއެކު އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

» މޯލްޑިވްސް އިސްލާމިކް ބޭންކު ހޯމަ ދުވަހު ރައީސް ހުޅުވައިދެއްވަނީ
Sunday, March 06, 2011

އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކިންގެ ހިދުމަތްދޭން ފަށައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަންނަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުޅުވައިދެއްވާ ގޮތަށް ހަމަޖައްސައިފި އެވެ. އެމްއައިބީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ބޭންކު ހުޅުވައިދެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޯމަ ދުވަހު އެމްއައިބީގެ ހެޑް އޮފީސް ހ. ކޮކަނަޓް ވިލާ ކުރިމަތިން އަމީރު އަހުމަދު މަގުގައި ކަމަށެވެ.

» ނިވާކަންކުޑަ ހެދުންތައް ފެޝަނަށް ހަދަނީ ވިޔަފާރިވެރިން: ޑރ. ޢަބްދުލްމަޖީދު
Friday, February 25, 2011

މުޖުތަމައުގައި ނިވާކަން ކުޑަ ހެދުންތައް ޢާއްމުވެ އެފަދަ ހެދުންތަކަކީ ފެޝަންކަމަށް ހަދަނީ ވިޔަފާރިވެރިން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ. ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ އެއްބައި ދުވަސްވަރަކަށް މަތީކޮޅު އަނެއް ބައި ދުވަސްވަރަށް ތިރީކޮޅު އަނެއްބައި ދުވަސްވަރަށް މެދުހަށި ފަދަ ހަށިގަނޑުގެ ބައިތައް ޢާއްމުކޮށް ފެންނަގޮތަށް ވަންހަނާކަންކުޑަ ހެދުންތައް މުޖުތަމައުގައި ޢާއްމުވަމުންދަނީ ވިޔަފާރިވެރިން، ހެދުން ވިއްކާ ފަރާތްތަކުން އެފަދަ ހެދުންތައް އިޝްތިހާރު ކުރަމުންދާތީ ކަމަށެވެ.

» ދީނީ މިނިވަންކަން އެންމެ ކުޑަ 11 ޤައުމުގެތެރޭގައި ރާއްޖެ ހިމަނައި އިތުރު މަންދޫބުން ފޮނުވަނީ
Friday, February 25, 2011

ރާއްޖެއަކީ ދީނީ މިނިވަންކަން އެންމެ ކުޑަ 11 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށް ކަނޑައަޅައި ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ހޯދައިދިނުމަށް އެމެރިކާ ސަރުކާރަށް ހުށަހަޅައިގެން އިތުރު މަންދޫބުން ރާއްޖެއަށް ފޮނުވަން މަސައްކަތްކުރާނެކަމަށް ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކުރާ އެމެރިކާގެ ޖަމާއަތަކުން ހާމަކޮށްފިއެވެ.

» ރާއްޖެއިން 1432 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިޔުމަށް 10 ޖަމާޢަތެއް ކޮލިފައިވެއްޖެ
Monday, February 14, 2011

ރާއްޖެއިން މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް ކޯޓާ ދޫކުރާ އުޞޫލުގެ ދަށުން ދިހަ ޖަމާޢަތެއް ކޮލިފައިވެއްޖެ ކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަ ކުރައްވައިފިއެވެ. އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި ޙައްޖަށް މީހުންގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވުނު ފުރުޞަތުގައި އެކަމަށް އެދިފައިވަނީ 13 ފަރާތަކުންނެވެ. މިތޭރަ ޖަމާޢަތުގެ ތެރެއިން 10 ޖަމާޢަތެއް ކޮލިފައިވިނަމަވެސް އެއިން ފަރާތަކުން ބޭންކް ގެރެންޓީ ނުވަތަ އެގެރެންޓީއަށްވާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ފިނޭންސްގައި އޮންނަ އެކައުންޓަކަށް ޖަމާކޮށް އިސްލާމިކް މިނިސްޓްރީއަށް ހުށަނާޅައިފިނަމަ އެޖަމާޢަތެއް ޑިސްކޮލިފައިވާނެ ކަމަށްވެސް ހާމަ ކުރައްވައެވެ.

» ދިމުދިމުގެ ދެވަނަ ވާޝަން ނެރެފި
Saturday, February 05, 2011

ނޫރުލްއިސްލާމާއި ދިވެހި ސޮފްޓު ގުޅިގެން ތައްޔާރުކޮށް، 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލޯންޗު ކުރެވުނު ނަމާދު ވަގުތު ސޮފްޓްވެއަރ ދިމުދިމުގެ 2 ވަނަ ވާޝަން ނެރެފިއެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ނަމާދު ވަގުތު ހިމަނައިގެން ނެރެވިފައިވާ މި ސޮފްޓުވެއާގެ ދެވަނަ ވާޝަން ނެރެފައިވަނީ މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައި އައްޑޫ ހައި ސްކޫލްގައެވެ.

» ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ރަސްމީ ވެބްސައިޓް މިރޭ ލޯންޗު ކޮށްފި
Friday, January 28, 2011

"ދިރިއުޅުމުގެ މަޤްޞަދު" މި މައުޟޫޢަށް ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބޭއްވި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސަށް ފަހު، ދިވެހިރާއްޖޭގެ މި ވެބްސައިޓް ލޯންޗު ކޮށްދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ފަޟީލަތުއްޝައިޚް އާދަމް ނަސީމް (ބީއޭ) އެވެ.

» މުދަލު ޒަކާތުގެ ނިސާބު ބޮޑުވެއްޖެކަން އިސްލާމިކް މިނިސްޓްރީން އިޢުލާނު ކުރައްވައިފި
Sunday, January 16, 2011

މުދަލު ޒަކާތުގެ ނިސާބު ބޮޑުވެއްޖެކަން އިސްލާމިކް މިނިސްޓްރީން އިޢުލާނު ކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ނެރުއްވާފައިވާ އިއުލާނެއްގައިވާ ގޮތުން ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވަޖިބުވާ ނިސާބަކީ 7،508.90ރ. އެވެ. މިއީ ކުރިން އޮތް ނިސާބު، 4،248.3ރ. އަށްވުރެ، 3،260.6ރ. ބޮޑު އަދަދެކެވެ. އިސްލާމިކް މިނިސްޓްރީގެ އެ ސިސްޓަންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ

» ޢިލްމާއި ތަރައްޤީ އާއި ތަހުޛީބުގެ ދޮރޯށިން އަބްޠާލުންތަކެއްގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަނުމަށް ކިޔަވާކުދިންނަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ގޮވާލައިފި
Sunday, January 09, 2011

ދިރާސީ އާ އަހަރު ފެށުމާގުޅިގެން ދިވެހިރާއްޖޭގެ އެންމެހާ ކިޔަވާކުދީންނަށް މައިގަނޑުގޮތަކަށް މުޚާތަބް ކުރައްވަމުން ދެއްވި އަގުހުރި ޚުތުބާގައި އިސްލާމް ދީނުގައި ޢިލްމު އުނގެނުމަށް ދެއްވާފައިވާ މުހިއްމު އަހައްމިއްޔަތާއި މެދު ޝައިޚް ޢަލީ ޒާހިރު ވަނީ ވަރަށް ބޮޑަށް އަލި އަޅުވާލާފައެވެ. މިގޮތުން އިސްލާމްދީނަކީ ޢިލްމާއި ތަރައްޤީ އާއި ތަހުޒީބުގެ ދީންކަމަށާއި އަދި އިސްލާމީ އުންމަތަކީ ދުނިޔޭގެ ތާރީޚު ދުށް އެންމެ ވަރުގަދަ ޢިލްމީ ޙަޟާރަތް ދުނިޔެއަށް ގެނެސްދިން އުންމަތްކަމުގައި އޭނާ ވިދާޅުވިއެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4 5  6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި