ޚަބަރު

» ޙަމާސް އާއި ފަތަޙަ ޖަމާޢަތުން އެންމެފަހުން އެއްބަސްވުމަކަށް
Thursday, April 28, 2011

ފަލަސްޠީނުގެ ވެރިކަމުގައި ތިބި ފަތަޙަ ޖަމާޢަތާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މެދުގައި، ފަލަސްޠީނުގައި ވަގުތީ ސަރުކާރެއް އެކުލަވާލުމާއި ބެހޭ ގޮތުންނާއި، އަދި ޢާއްމު އިންތިޚާބުތައް ބާއްވާނެ ތާރީޚާއި މެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ފަލަސްޠީނުގެ ދައުލަތުގެ މިހާރުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ، ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ބޭއްވުމަށް ގޮވާލައްވާއެވެ.

» މިއަހަރު ހައްޖަށްދާ ހައްޖާޖީންގެ އަތުން އިތުރަށް ފައިސާ ނުނެގުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފި
Wednesday, April 27, 2011

ޑޮލަރުގެ އަގަށް ސަރުކާރުން ގެންނެވި ބަދަލާއިއެކުވެސް މިއަހަރު ހައްޖަށްދާ ހައްޖާޖީންގެ އަތުން އިތުރަށް ފައިސާ ނުނެގުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ. މިކަން މިގޮތަށް ހަމަޖެއްސުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދެއްވާފައިވާ ގްރޫޕްތަކަށް ލުއިފަށޭހަވާނެ ކަންތައްތަކެއް ހަމަޖައްސަވައި ދެއްވާފައެވެ. އޭގެތެރެއިން ގްރޫޕްތަކަށް ހަމަޖައްސަވައިދެއްވި ކަންތައްތަކުގެތެރޭގައި ހުއްދަނަގަން ގަރަންޓީގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ ގްރޫޕްތަކަށް އަނބުރާ ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމާއި ހައްޖުގެ ހަރަދުތަކަށް ޑޮލަރު ހޯދަން ނުޖެހޭނެގޮތް ހަމަޖައްސަވައިދެއްވުން ހިމެނެއެވެ.

» އިސްލާމީ ޝަރީއަތުގެ ހުކުމްތައް ގާއިމް ކުރުމަށް ގޮވާލައި ހިނގާލުމެއް ބާއްވަނީ
Friday, April 22, 2011

އިސްލާމީ ޝަރީއަތުގެ ހުކުމްތައް ގާއިމްކުރުމަށް ގޮވާލައި މުޅި ރާއްޖޭގައި ސުލްހަވެރި ހިނގާލުމެއް މި މަހު 92 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް އަދާލަތު ޕާޓީން ނިންމައިފި އެވެ. އެ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ގޮތަށް ނިންމީ މިރޭ ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. "ރާއްޖޭގައި މާރާމާރީތައް އިތުރުވެ ހަމަނުޖެހުންތައް ބޮޑުވަމުންދާތީ މަޝްވަރާ މަޖިލީހުގައި މަޝްވަރާކޮށް އެކަން ކުރުމަށް މިރޭ މި ނިންމީ. މި ކަންކަން ނުހުއްޓުވޭ އެންމެ ބޮޑު ސަބަބަކީ އިސްލާމީ ޝަރީއަތުގެ ހުކުމްތައް ރާއްޖޭގައި ގާއިމް ނުކުރެވޭތީ،" އޮފިޝަލް ވިދާޅުވި އެވެ.

» ދިވެއްސާއި އިސްލާމް މަޖުބޫރުކުރަން ކަރިކިއުލަމް ސްޓިއަރިން ކޮމެޓީން ނިންމައިފި
Monday, April 18, 2011

މަތީ ސާނަވީގައި ދިވެއްސާއި އިސްލާމް މާއްދާ އިހްތިޔާރީ މާއްދާއަކަށް ހެދުމަށް އެޑިއުކޭޝަނުން މީގެ ކުރިން ވާހަކަތަކެއް ދެއްކި ނަމަވެސް ތައުލީމީ ކޮންމެ މަރުހަލާއެއްގައި އެ ދެ މާއްދާ މަޖުބޫރު މާއްދާތަކެއްގެ ގޮތުގައި ބޭއްވުމަށް ކަރިކިއުލަމް ރިފޯމް ސްޓެއަރިން ކޮމެޓީން ނިންމައިފި އެވެ. މަތީ ސާނަވީގައި ދިވެއްސާއި އިސްލާމް މާއްދާ އިހްތިޔާރީ ކުރުމާ މެދު އެޑިއުކޭޝަނުން މިނިސްޓްރީން މިދިޔަ އަހަރުގެ ތެރޭގައި ވާހަކަތައް ދެއްކުމާ ގުޅިގެން ތައުލީމީ ދާއިރާގައި އާއި ބެލެނިވެރިންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިފައިވެ އެވެ.

» ކުޑަކުދިންނާއި ރަޙްމަތްތެރި ގޮތެއްގައި ބޭއްވި ޚާއްޞަ ދަރުސަށް ވަރަށް ބޮޑު ތަރުޚީބެއް ލިބުނު : ޖަމްޢިއްޔަތުއްސަލަފް
Sunday, April 17, 2011

ކުޑަކުދިންނާއި ރަޙްމަތްތެރި ގޮތެއްގައި އެކުދިންގެ މިޒާޖާއި ގުޅޭ ގޮތަށް ޖަމްޢިއްޔަތުއްސަލަފުން ބޭއްވި ފުރަތަމަ ދަރުސަށް ކުޑަކުދިންނާއި، ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށް އެޖަމްޢިއްޔާ އިން ވިދާޅުވެއްޖެއެވެ. އިއްޔެ ހަވީރު 16:30 ގައި ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ކުޑަކުދިންނަށް އަމާޒްކޮށް މުސްލިމް ކުދިންގެ އަޚްލާޤް މިމައުޟޫއަށް މިޚާއްޞަ ދަރުސް ދެއްވާފައިވަނީ ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެވެ.

» ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް: އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް
Thursday, April 14, 2011

ދާދިފަހުން އަޅުގަނޑުމެންނަށް ސިހުމެއް ލިބުނީ ރާއްޖެއަށް ފަހު ޒަމާނުގެ ރަސޫލާ ކަމަށް ދަޢުވާ ކުރާ މީހަކު އައިސް ދިވެހިންގެ ބަޔަކު ހައްލައިގެން ސިލޯނުގެ އެޑަމްސް ޕީކް އަށް ހައްޖަށް ގެންދަން އެބައުޅޭ ކަމުގެ ޚަބަރުންނެވެ. ކަމުގެ ޚަބަރު ބަލާލުމުން އެގުނީ މި މީހަކީ 31 ޖެނުއަރީ 1990 ވީ ދުވަހު އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ރަށެއްކަމުގައިވާ ޓަސްކަން ގައި ވަޅިހަރައި މަރާލައި ޒައިލޯލް އަޅާލެވުނު ނުބައި ކައްޛާބެއް ކަމުގައިވާ ރަޝާދު ޚަލީފާ ގެނައި އާދީނުގެ މިޝަނަރީ އެއް ކަމެވެ.

» ދިއިސްލާމް އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފިއެވެ.
Wednesday, April 06, 2011

2009 ވަނަ އަހަރުގެ ޑިސެމްބާރ 31 ވަނަ ދުވަހު އޮންލައިން ވެބްސައިޓެއްގެ ގޮތުގައި ފެށި ދިއިސްލާމް ޑެއިލީ ޑިޕާޓްމަންޓް އޮފް އިންފޮމެޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ 03 އޭޕްރީލް 2011 ގައެވެ. ވަރަށް އާދައިގެ ގޮތެއްގައި ފެށި މިވެބްސައިޓް ފުޅާވަމުން ގޮސް ގިނަ ބަޔަކު މިވެބްސައިޓް ބަލައިގެންފައިވާކަން ދޭހަވަނީ މިވެބްސައިޓަށް ވަންނަ ކިޔުންތެރިންގެ އަދަދުންނެވެ. ކޮންމެ ދުވަހަކުހެން ޚަބަރާއި މައުލޫމާތުގެ އިތުރުން ފޮޓޯއިން ޚަބަރު ގެނެސްދެމުން ދަނީ ވަރަށް ގިނަ އަޚުންނާއި އުޚުތުންގެ އެހީތެރިކަމާއި އެކުގައެވެ.

» މަރުގެ ހުކުމް ތަންފީޒު ކުރަން އަނެއްކާވެސް މަޖިލީހަށް ބިލެއް ވައްދައިފި
Tuesday, April 05, 2011

މަރުގެ ހުކުމް ތަންފީޒު ކުރަން އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ބިލެއް ހުށަހަޅުއްވައިފި އެވެ. ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު މިފަހަރު މި ބިލު މަޖިލިހަށް ވެއްދީ، މަރުގެ އަދަބު ތަންފީޒު ކުރުމަށް ވެއްދި ބިލެއް އަނބުރާ ގެންދިޔަތާ 13 ދުވަހުގެ ތެރޭގައެވެ. މައާފު ދިނުމާއި އަދަބު ލުއިކޮށްދިމުމުގެ ގާނޫނަށް އިސްލާހެއްގެ ގޮތުގައި ހުށަޅާފައިވާ މި ބިލުގައި ބުނަނީ، ސުޕްރީމްކޯޓުން މީހެއްގެ މައްޗަށް ހުކުމް ކަނޑައަޅައިފި ހިނދެއްގައި، ނުވަތަ ދަށު ކޯޓުން ނުވަތަ ހައިކޯޓުން މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ މަރުގެ ހުކުމް ސުޕްރީމްކޯޓުން ދަމަހައްޓައިފި ހިނދެއްގައި އެ ހުކުމް ތަންފީޒު ކުރަންވާނެ ކަމަށެވެ.

» ރަސޫލު ކަމަށް ދައުވާ ކުރާ މީހަކު ރާއްޖެ އައިސްގެން އުޅޭ ކަމަށް ލިބުނު މައުލޫމާތެއް ފުލުހުންނަށް ހުށަހަޅާފައިވާނެ: ޑރ. ޢަބްދުލްމަޖީދު
Sunday, April 03, 2011

ފަހު ޒަމާނުގެ ރަސޫލެއް ކަމަށް ދައުވާ ކުރާ މީހަކު ރާއްޖެ އައިސްގެން އުޅޭ ކަމަށް ލިބުނު މައުލޫމާތެއް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ. ޑރ. މަޖީދު މިއަދު ވިދާޅުވީ ރަސޫލެއް ކަމަށް ދައުވާ ކުރާ މީހާއާ ބެހޭ ގޮތުން އެ މިނިސްޓްރީ އަށް ލިބިފައިވާ މައުލޫމާތެއް ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށާއި އެ އެ މީހާއާ ބެހޭ އިތުރު ތަފްސީލުތަކެއް އަދި ފުލުހުން އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.

» ސުޢޫދީ ރަސްގެފާނަށް "އިންސާނިއްޔަތުގެ ރަސްގެފާނު" ނުވަތަ "ހިތްތަކުގެ ރަސްގެފާނު" މި ލަޤަބުތަކުން މުޚާޠަބު ނުކުރުމަށް އެދިވަޑައިގެންފި
Wednesday, March 23, 2011

ދެޙަރަމްފުޅުގެ ޚާދިމް، ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބުނު ޢަބްދުލްޢަޒީޒް އާލްސުޢޫދަށް الملك الإنسانية (އިންސާނިއްޔަތުގެ ރަސްގެފާނު) އާއި ملك القلوب (ހިތްތަކުގެ ރަސްގެފާނު) މި ދެ ލަޤަބުން މުޚާޠަބު ނުކުރުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވައިފިއެވެ. " ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެނީ، މި ލަޤަބު އަޅުގަނޑުގެ ކިބައިން މިލަޤަބު ދުރުކޮށްދިނުމަށް. ޙަޤީޤީ މަލިކަކީ ﷲ. އަދި އަޅުގަނޑުމެން އެންމެންނަކީ ﷲގެ އަޅުން. މިލަޤަބު، އަޅުގަނޑު އެދެނީ މިލަޤަބުން އަޅުގަނޑު އެއްކިބާކޮށްދެއްވުން." ރަސްގެފާނު ޢަބްދުﷲ ވިދާޅުވިއެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4  5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި