ޚަބަރު

» ޤުނޫތު ކިޔުމަށް އަންގައި އެއްވެސް ރަށަކަށް ސާކިޔުލާއެއް ނުފޮނުއްވާކަމަށް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެ
Monday, September 05, 2011

ދިވެހިރާއްޖޭގެ ރަށްރަށުގައި ފަތިސްނަމާދު ފަހުން ދާއިމީ ގޮތެއްގައި ޤުނޫތު ކިޔުމާއި އަދި ބިސްމި އަޑުހަރުކޮށް ކިޔުމަށް އިސްލާމިކް އެފެއާޒުން އެއްވެސް ރަށަކަށް އަންގާފައި ނުވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަދި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

» 30 އޯގަސްޓް އަކީ ފިޠުރު ޢީދު ދުވަސް = އިސްލާމިކް މިނިސްޓްރީ
Monday, August 29, 2011

30 އޯގަސްޓް 2011 ވާ އަންގާރަ ދުވަހަކީ މިއަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމަށް ދާދި ދެންމެއަކު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާން އިޢުލާނު ކުރައްވައިފިއެވެ. މިނިސްޓަރ ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ސޮއިކުރައްވާފައިވާ، ހަނދާބެހޭ ބަޔާން އިއްވެވީ މިނިސްޓަރުގެ ނައިބު ޝޭޚް ފާރޫޤްއެވެ.

» އޯގަސްޓް 30 ވަނަ ދުވަހަކީ ޢީދު ދުވަސްކަމަށް ސުޢޫދީ ޢަރަބިއްޔާގައި އިޢުލާނު ކޮށްފި
Monday, August 29, 2011

މާދަމާ އަކީ ޢީދު ދުވަސްކަމަށް ސުޢޫދީ ޢަރަބިއްޔާއިން އިޢުލާނު ކޮށްފި މާދަމާ، 30 އޯގަސްޓް 2011 ވާ އަންގާރަ ދުވަހަކީ މިއަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަސްކަމަށް ދާދި ދެންމެއަކު، ސުޢޫދީ ޢަރަބިއްޔާގެ ރަސްމީ ޓީވީ އިން އިޢުލާނު ކޮށްފިއެވެ.

» 1432 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ 1 އޯގަސްޓް 2011 ވާ ހޯމަ ދުވަސް އިސްލާމިކް މިނިސްޓްރީ
Sunday, July 31, 2011

1432 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މިހިނގާ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 1 ވާ ހޯމަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާނުކުރައްވައިފިއެވެ. މިކަން އިޢުލާނުކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ސޮއިކުރައްވައި ރޭ 10:30 ގައި އެމްއެންބީސީ1 އިން އިއްވެވި ބަޔާނެއްގައެވެ. މި ބަޔާން އިއްވަވައި ދެއްވީ، މިނިސްޓަރުގެ ނައިބު ޝައިޚް މުޙައްމަދު ފާރޫޤްއެވެ.

» ރޯދަ މަހު ހެޔޮ ކަންތައް އިތުރުކުރުމަށް ރައީސް އެދިވަޑައިގެންފި
Friday, July 29, 2011

ހޯމަދުވަހު ފެށޭ ރޯދަ މަހު ވީހާ ވެސް ގިނަ ހެޔޮ ކަންތަކެއް ކޮށް، އެކަކު އަނެކަކާ އަޅާލައި، އިޚްލާސްތެރިވެ، އިހްސާންތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ. ހަފްތާގެ ރޭޑިޔޯ ޚިތާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި ރޯދައިގެ ބޭނުންތައް "ކިތަންމެ ގުނައަކަށް ވާއިރު" ބަނޑުހައިހޫނު ކަމުގައި ތިބި ނިކަމެތި ފަގީރުންނާއި އެއްވެސް ގޮތެއް ނެތިފައި އަދި ބަދުނަސީބު ގޮތްތައް ދިމާވެފައި ތިބި މީހުންގެ މަތިން ހަނދާންކޮށް މާތްރަސްކަލާނގެ ކިބައަށް ޝުކުރުވެރިވުމަކީ ރޯދައިގެ ވަރަށް ބޮޑު އެއް ބޭނުމެވެ.

» އެމް.އެން.ބީ.ސީ ވަން އާއި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން މިއަންނަ ރަމަޟާން މަހު ޚާއްޞަ ޕްރޮފްރާމެއް ފޮނުވަނީ
Monday, July 04, 2011

އެމް.އެން.ބީ.ސީ ވަން އާއި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން މިއަންނަ ރަމަޟާން މަހު ޚާއްޞަ ޕްރޮފްރާމެއް ފޮނުވާ ގޮތަށް ހަމަޖައްސައިފިއެވެ. މި ޕްރޮގްރާމް ފޮނުވުމަށްޓަކައި މިއަދު އެމް.އެން.ބީ.ސީ ވަން އާ ޖަމްޢިއްޔަތުއްސަލަފް އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. މިއެއްބަސްވުމުގައި އެމް.އެން.ބީ.ސީ ވަން ގެ ފަރާތުން ސޮއިކުރެއްވީ އެމް.އެން.ބީ.ސީ ވަން ގެ ސީ.އީ.އޯ މުޙައްމަދު އާސިފް އެވެ. އަދި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އެވެ.

» ދުބާއީގެ މަޝްހޫރު ޖައުހަރާ އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ރިސޯޓް އަޅަނީ
Tuesday, June 28, 2011

ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވާއިރު ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ނެތުމަކީ ހަގީގަތުގައި ވެސް ވަރަށް ހެއްވާ ކަމެއް،" ދުބާއީގެ ޖައުހަރާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ހާނީ ލާޝިން ވިދާޅުވި އެވެ. ދުބާއީގައި މީގެ 32 އަހަރު ކުރިން ފުރަތަމަ އިސްލާމިކް ހޮޓާ ތައާރަފުކުރީ ޖައުހަރާ ގްރޫޕުންނެވެ. އިސްލާމީ ޝަރީއާ އެއްގޮތަށް އެ ބްރޭންޑުގެ ދަށުން ދުބާއީގައި ހިންގާ ތިން ހޮޓާ މެނޭޖުކުރަނީ ލޫތާ ހޮޓެލް މެނޭޖުމަންޓުންނެވެ. ލޫތާ ހޮޓެލްގެ ހިއްސާދާރުންނަކީ 1975 ގައި ދުބާއީ އިސްލާމިކް ބޭންކް އުފައްދާ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބޭންކް ހިންގަން ފެއްޓެވި ބޭފުޅުންނެވެ.

» އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލު ނުކޮށް މައްސަލަތައް ހައްލު ނުކުރެވޭނެ: ޑރ. މަޖީދު
Friday, May 27, 2011

އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމަލު ނުކޮށް މިހާރު މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށާއި ކީރިތި ގުރުއާނަކީ ތަންތަން ޒީނަތްތެރި ކުރުމަށާއި ރީތި އަކުރުން ލިއުމަށާއި މީހުން މަރުވާއިރު ކަންފަތްދޮށުގައި ކިއުމަށް ބާވާލެއްވި އެއްޗެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެ އެވެ.

» އެއްވެސް ރަޙުމެއްނެތި ތުއްތުކުދިންތަކެއް މަރަމުންދާ ދިއުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރުއްވި ނޫސްބަޔާން
Thursday, May 26, 2011

މިހާރަކަށް އައިސް ރާއްޖޭގައި ފާޙިޝް ކަންތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ތުއްތުކުދިން ވިހެއުމަށްފަހު މަރާލާފައި އެތަންމިތަނަށް އުކަމުން ދާކަމެވެ. ދުވަސް ފުރިގެންނާއި ދުވަސް ނުފުރައި ނަމަވެސް ވިހެއުމަށް ފަހު މަރާލާފައި ކޮތަޅުތަކަށާއި ދަޅުފަދަ އެއްޗެއްސަށް ލާފައި މޫދަށާއި ކުނި ގޮޑުތަކަށާއި ވަލުތެރެއަށާއި އެތަން މިތަނަށް އުކާލާފައިވަނިކޮށް ފެންނަމުން މިދަނީ އާދަޔާ ޚިލާފަށެވެ.

» ނޫރުލްއިސްލާމްގެ ލައިބްރަރީއަށް މަރުޙަބާ
Monday, May 02, 2011

ނޫރުލްއިސްލާމްގެ ލައިބްރަރީގައިވާ ފޮތްތައް އިތުރުކޮށް، ލައިބްރަރީ ވަކި ސައިޓެއްގެ ގޮތުގައި ނޫރުލްއިސްލާމްގެ ތެރޭގައި ހިންގުމަށް ފަށައިގަނެވުނު ކަމަށްޓަކައި، ﷲ އަށް ޙަމްދާއި ޝުކުރު ހުއްޓެވެ. ނޫރުލްއިސްލާމަކީ މީގެ 5 އަހަރު ކުރިން 2006 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ވުޖޫދަށް އައި ވެބްސައިޓެކެވެ. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި ޞައްޙަ ތަޢުލީމު، ދީނުގެ ޞައްޙަ މަޞްދަރުތަކުގެ އަލީގައި ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގައި ފަސް އަހަރު ދުވަސް ފާއިތުވީއިރު ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން މި ސައިޓް ހިންގުމުގައި ލިބިފައިވާކަން މިފުރުޞަތުގައި ފާހަގަކޮށް އެބޭފުޅުންނަށް އެކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.

ޞަފްޙާ ނަންބަރު:  < 1 2 3  4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި