ޚަބަރު

» ޒިމްބާބުވޭގެ މުފްތީ ރާއްޖެ ވަޑައިގަންނަވަނީ
Saturday, November 19, 2011

ޒިމްބާބުވޭގެ މުފްތީ ފަޟީލަތުއްޝައިޚް އިސްމާޢީލު މޫސާ މެންކު، މިއަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ދަޢުވަތަކަށް ކުރައްވާ މިދަތުރުފުޅުގައި މުފްތީ އިސްމާޢީލު މެންކު ރާއްޖޭގައި ދަރުސެއް ދެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

» އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާން: އެއްވެސް މީހަކަށް ނަހަމަގޮތުގައި ޒަކާތުގެ ފައިސާއިން ހޭދަކުރެވިފައި ނޯންނާނެއެވެ.
Monday, October 17, 2011

2011އޮކްޓޯބަރ 13 ވީ ބުރާސްފަތި ދުވަހުގެ ހަވީރު ނޫހުގައި "ޒަކާތު ފަންޑުން ގިނަ ޢަދަދެއްގެ ފައިސާ ޝޭޚް ޝަހީމުގެ ރަށަށް" މިސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަކީ ޙަޤީޤަތް އޮޅޭފަދަ ގޮތަކަށް ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގައި ޒަކާތުފައިސާ ދޫކުރުމުގައި ނަހަމަ ގޮތްތަކަކަށް ޢަމަލުކުރެވިފައިވާކަމުގެ ތުހުމަތުގެ އިގިލި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ދިއްކޮށްފައިވެއެވެ. އެހެންކަމުން މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ލިޔުމެއްކަމުގައި ދެކެމެވެ.

» ޞަޙީޙުލް ބުޚާރީގެ ދިވެހިތަރުޖަމާގެ ފުރަތަމަ ވޮލިޔުމް ނެރެނީ
Thursday, October 13, 2011

ކީރިތި ޤުރްއާނަށްފަހު އެންމެ ޞައްޙަ ދެފޮތުގެ ތެރެއިން އެއްފޮތްކަމުގައިވާ ބުޚާރީގެ ފުރަތަމަ ޖިލްދުގެ ދިވެހި ތަރުޖަމާ ނެރުއްވުން މާދަމާ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ ފަޟީލަތުއްޝައިޚް ފައްޔާޟް ޢަލީ ތައްއްޔާރުކުރައްވާފައިވާ ފޮތެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މިފޮތް ނެރުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރ 2011 ވާ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި ކަމަށް އެމިނިސްޓްރީގެ ވެބްސައިޓްގައި ވެއެވެ.

» 1432 ވަނަ އަހަރަށް ނޫރުލްއިސްލާމްގެ ޙައްޖު ޞަފްޙާތައް ލޯންޗުކުރެވިއްޖެ الحمد لله
Tuesday, October 11, 2011

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި ފަޟްލު ވަންތަކަމުން، ނޫރުލް އިސްލާމްގެ ޙައްޖު ވެބްސައިޓް ބޮޑެތި ބަދަލުތަކަކާއެކު ދުނިޔެއަށް މިނޭވާލަނީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރު ކުރުމަށް މުސްލިމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިސްރާބު ޖަހާފައިވާ ވަގުތެއްގައެވެ. މި ވެބްސައިޓްގައި ޙައްޖުވެރިންނަށް ބޭނުންތެރި ތަފާތު މަޢުލޫމާތާއި ނަސޭހަތާއި އިރުޝާދުތައް އެކުލެވިގެންވާނެއެވެ. އަދި އިރާދަކުރެއްވިއްޔާ އިތުރު ބައިތައް ސައިޓަށް އިތުރު ކުރެވެމުން ދާނެއެވެ.

» މަޝްހޫރުދާޢީ ޢަބްދުއްރަޙީމް ގްރީންގެ ބައްޕާފުޅު އިސްލާމްވިތާ 10 ދުވަހުގެ ތެރޭގައި އަވަހާރަވެއްޖެ
Monday, October 03, 2011

އިސްލާމްދީނުގެ ދަޢުވަތުގައި އަވަދިނެތި މަސައްކަތްކުރަމުން އަންނަ، އަދި ދުނިޔޭގެ ގިނަ މުސްލިމުންގެ މެދުގައި، ޚާއްޞަކޮށް ޔޫރަޕާއި އޮސްޓްރޭލިޔާ އަދި އެމެރިކާގެ މުސްލިމް ޒުވާނުންގެ މެދުގައި މަޤްބޫލު ބޭފުޅެއް ކަމުގައިވާ، އިނގިރޭސި މަޝްހޫރު ދާޢީ، ޝޭޚް ޢަބްދުއްރަޙީމް ގްރީންގެ ބައްޕާފުޅު އިސްލާމްވެވަޑައިގެންނެވިތާ 10 ދުވަސް ފަހުން އަވަހާރަވެއްޖެއެވެ.

» ފަސްނަމާދުގެ މިސާލު - ނަބަވީ ދޫފުޅުން
Friday, September 23, 2011

އިސްލާމްދީން އެއެއްޗެއްގެ މައްޗަށް ބިނާވެގެންވާ ދީނުގެ ތަނބެވެ. އަޅާއާއި ކާފިރުކަމާއި ދެމެދުގައިވާ ހުރަހެވެ. އެ ދޫކޮށްލައިފި މީހާ ދީން މުގުރައިފިއެވެ. އެ ޤާއިމުކޮށްފި މީހާ ދީން ޤާއިމުކޮށްފިއެވެ. ރެއާއި ދުވާލު 5 ފަހަރު ތަކުރާރުވާ ގޮތަށް ފަރުޟު ކުރެއްވިގެންވާ ފަރުޟެކެވެ. އެއާމެދު ވާރިދުވެގެން އައިސްފައިވާ އަޘަރުތަކާމެދު ގިނަ މީހުންވަނީ ޣާފިލުވެގެންނެވެ. އޭގެ މަޤާމާއި ޤަދަރާމެދު ގިނަ މީހުންވަނީ ޣާފިލުވެގެންނެވެ. އޭގެ ޙުކުމްތަކާއި ޙިކުމަތްތަކާއި އެއަށް ދޭންޖެހޭ ޢިނާޔަތާމެދު ގިނަ މީހުންވަނީ ޣާފިލުވެގެންނެވެ.

» ކުއްލި ޚަބަރު: މަދީނާގެ އިސްލާމިކް ޔުނިވާސިޓީއިން މި އަހަރު ސްކޮލާޝިޕް ލިބުނު ދަރިވަރުންގެ ނަންތައް އިޢުލާނު ކޮށްފި
Wednesday, September 21, 2011

1432-1433 ވަނަ ދިރާސީ އަހަރަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީއިން ފުރުޞަތު ލިބުނު ކުދިންގެ ނަންތައް އިޢުލާނު ކޮށްފި އެވެ. މިއަހަރު ދިވެހި 15 ކުއްޖަކަށްވަނީ ފުރުސަތު ލިބިފައެވެ. އެކުދިންނަކީ: 1. އަޙްމަދު ސައިފް 2. އިބްރާހީމް ޝަރީފް 3. އިބްރާހީމް މައިޝާން 4. އިބްރާހީމް ރާފިޢު 5. ސައިފުއްދީން ފާރޫޤް 6. ޙައްސާން ޢަބްދުއްރައްޒާޤް 7. އަމާން މުޙައްމަދު ނަޖީބު ޢަލީ ޢީސާ 8. ޙުސައިން އަންޞާރު 9. އަޚްތަރު ނަސީމް 10. އަޙްމަދު މިޞްބާޙު މުޙައްމަދު ޝަރީފް ޢަބްދުއްސައްތާރު 11. މުޙައްމަދު ޣާލިބު އަޙްމަދު ޝާހިދު 12. މާދިން މުޙައްމަދު މަސީޙު 13. ޝާރިޤް ސަޢީދު 14. ޝުޢައިބު ނާޡިމް މުޙައްމަދު އިބްރާހީމް 15. އިބްރާހީމް ޖަދީދު އަޙްމަދު ތަފްސީލު އަންނަނީ...

» ޙިރާ ސްކޫލަށް ބިން ލިބުނުކަމުގެ އެގްރިމެންޓުގައި ސޮއިކޮށްފި
Tuesday, September 20, 2011

ޙިރާ ސްކޫލަކީ ޒަމާނީ ފެންވަރަށް ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައި ދިނުމަށް އައްޑޫސިޓީ ހިތަދޫގައި ޤާއިމުކުރެވިފައިވާ ސްކޫލެކެވެ. މީގެ ޕްރީ ސްކޫލް 2010 ވަނަ އަހަރުން ފެށިގެން ހިތަދޫގައި ދަނީ ހިންގަމުންނެވެ. މި ސްކޫލް މިހާރު ވަގުތީ ގޮތުން ހިންގަމުން ގެންދަނީ ހިރާ ފައުންޑޭޝަންގެ މެންބަރު މުޙައްމަދު އަޙްމަދު ދީދީގެ ގެ، ހިތަދޫ ޕްލާޒާގޭގައެވެ. ޖާގައިގެ ދަތިކަމާހުރެ މި ތަނަށް ބިން ހޯދުމުގެ މަސައްކަތުގައި ގިނަ ހުރަސްތަކެއް ދިމާވުމަށްފަހު، މިއަދު ބިމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު މި މުނާސަބާގައި ޙިރާ ފައުންޑޭޝަންގެ މެންބަރުންނަށާއި ޙިރާ ސްކޫލްގެ ވެރިންނަށް، ނޫރުލްއިސްލާމް ޓީމްގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ.

» ދީނީ ޝިއާރު ފާޅުކުރުމުގެ ފުރުސަތު އާ ގަވައިދުން ހަންޏެއް ނުވާނެ: ޑރ. ޢަބްދުލްމަޖީދު
Saturday, September 17, 2011

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު، ގިނަ ދުވަސްތަކަކަށް ފަހު މިއަދު ގެޒެޓްކުރި އިރު، ދީނީ އިލްމުވެރިންނަށް ދަތިކޮށްފައިވާނެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، ދީނީ ޝިއާރު ފާޅުކުރުމުގެ ފުރުސަތު އާ ގަވާއިދުގެ ދަށުން ހަނިވެގެންނުދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެ އެވެ.

» ރަމަޟާން މަހު 400 މިލިއަން ޔޫރޯ ފްރާންސްގެ އިޤްތިޞާދަށް އިތުރުވެއްޖެ
Friday, September 16, 2011

އީކޮފިން އިންސްޓިޓިއުޓްގެ ފަރާތުން ފްރާންސްގައި ދިރިއުޅޭ މުސްލިމު އާބާދީގެ ޚަރަދުތަކުގެ މައްޗަށް ކުރި ދިރާސާއަކައުން ދައްކާ ގޮތުގައި، ރަމަޟާން މަހު މުސްލިމުން ކުރި ޚަރަދުތަކުން ގާތްގަނޑަކަށް 400 މިލިއަން ޔޫރޯ ފަރަންސޭސި އިޤްތިޞާދަށް އިތުރުވެގެން ހިނގައްޖެއެވެ. މުޅި ދުނިޔޭގައިވެސް ރަމަޟާންމަހުގައި މުސްލިމުން ޢާއްމު ކާބޯތަކެތީގެ ބާވަތްތައް ބޭނުންކުރުން އިތުރުވެގެން ދާތަން ފެނެއެވެ. މިކަން އިތުރަށް ކަށަވަރުކޮށްމިދިނީ، އީކޮފިން ގެ ފަރާތުން ކުރި ދިރާސާއަކުންނެވެ. އެފަރާތުން ހާމަކުރާގޮތުގައި "މުސްލިމް ޒުވާނުން ޢާއްމުކޮށް އެހެން މައްސަރުތަކުގައި ތަކެތި ގަންނަ މިންވަރަށްވުރެ ރަމަޟާންމަހުގައި ތަކެތި ގަތް މިންވަރު 2 ގުނަ އިތުރު ވެފައި" ވާކަމަށެވެ.

ޞަފްޙާ ނަންބަރު:  < 1 2  3 4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި