ޚަބަރު

» "ތަޥްޙީދު" މި މަޥްޟޫޢަށް ޚާއްޞަ ދަރުހެއް.
Friday, April 20, 2012

މި ދަރުހަކީ އެހެން ދަރުސްތަކާ ޚިލާފަށް ސުވާލު ކުރުމުގެ ފުރުޞަތު ހުޅުވާލައިގެން ގެނެސް ދިނުމަށް ހަމަ ޖެހިފައިވާ ދަރުހެކެވެ. ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތިއްބާވާނީ: ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން، ފަޟީލަތުއްޝައިޚް މުޙައްމަދު ނަޝީދު އާދަމް، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް، ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް، ފަޟީލަތުއްޝައިޚް މުޙައްމަދު ޠައްޔިބު އަދި ފަޟީލަތުއްޝައިޚް މުޙައްމަދު ހައިޘަމް އެވެ.

» މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒް ކުރަން އަނެކާވެސް އިސްލާހެއް
Monday, April 9, 2012

މީހަކު މަރާލި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެމީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި އެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް މިއަދު ހުށަހެޅި އިސްލާހަކީ މީގެ ކުރިން ވެސް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފައިވާ އިސްލާހެވެ. އެއީ މާއާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހެކެވެ.

» އިސްލާމިކް މިނިސްޓްރީގެ އިޢުލާން: 1433 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދެވުނު ގުރޫޕްތައް
Wednesday, March 21, 2012

މިމިނިސްޓްރީގެ ނަންބަރު: (IUL)142-D/86/2012/03 (25 ޖެނުއަރީ 2012) އިޢުލާނާ ގުޅިގެން 1433 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅި 16 ފަރާތުގެ ތެރެއިން 1433 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދިނުމަށް ހޮވުނު 8 ޖަމާޢަތާ، އެޖަމާޢަތްތަށް ދިނުމަށް ހަމަޖެހިފައިވާ ކޯޓާގެ ޢަދަދު މިދަންނަވަނީއެވެ.

» މ. ޝެރިފްގައި ހިންގި ސެލޫން އަކީ އަޅުގަނޑުގެ ތަނެއް ނޫން ޝައިޚް އަލީ ޝަރީފް
Tuesday, March 13, 2012

މ. ޝެރިފްގައި ހިންގަމުންދާ ސެލޫންގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔައީ އެބޭފުޅާ ނޫންކަމުގައި ޝެއިޚް އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. މ. ޝެރިފް ގޭގައި ހިންގަމުން ދިޔަ ސެލޫން އަކީ ޝެއިޚް އަލީ ޝަރީފްގެ ތަނެއްކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން ދިއިސްލާމްއިން ޝެއިޚް އަލީ ޝަރީފް އަށް ސުވާލު ކުރުމުން އެބޭފުޅާ ވިދާޅުވީ އެއީ އެބޭފުޅާ އާއި އެބޭފުޅާގެ 2 ބެއިންގެ ގެއެއްނަމަވެސް އެކަމުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށެވެ

» އިސްލާމްދީނަކީ ތަރައްޤީއަށް ހުރަސް އަޅާ ދީނެއް ނޫން. އިސްލާމްދީނަކީ ތަރައްޤީއާއި ތަހުޒީބަށް ދަޢުވަތުދޭ، އުފެއްދުންތެރިކަމާއި ހޯދުންތަކަށް ޖާގަ ދީފައިވާ ދީނެއް: ރައީސުލްޖުމްހޫރިއްޔާ
Saturday, February 25, 2012

އިސްލާމްދީނަކީ ތަރައްޤީއަށް ހުރަސް އަޅާ ދީނެއް ނޫން ކަމަށާއި، އިސްލާމްދީނަކީ ތަރައްޤީއާއި ތަހުޒީބަށް ދަޢުވަތުދޭ، އުފެއްދުންތެރިކަމާއި ހޯދުންތަކަށް ޖާގަ ދީފައިވާ ދީނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިންތިޒާމް ކުރައްވައިގެން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އިސްލާމްދީނަކީ، އެވަގުތަކާއި ޒަމާނަށް ފެތޭގޮތަށް، ސައެންސާއި ޓެކްނޮލޮޖީގައި ރަންވަނަތަކެއް ހޯދާފައިވާ، ފަޚުރުވެރި މާޒީއެއް އޮތް އަގުހުރި ދީނެކެވެ.

» ޑީޕީއާރްއެސްގެ އެއްވެސް މުވައްޒަފަކަށް ތުނބުޅި ބާލަން ނޭންގޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި
Wednesday, January 4, 2012

އެ ކޮމިޝަނުން މިގޮތަށް އެންގީ މާފުށީ ޖަލުގައި ވަޒީފާ އަދާކުރާ ޑީޕީއާރްއެސްގެ މުވައްޒަފުން ތުނބުޅި ބޭލުމަށް އަންގާފައި ވާތީ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށް ފަހު އެވެ. އެ ކޮމިޝަންގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓްގައިވާ ގޮތުން ދިވެހިރާއްޖޭގައި އިސްލާމްދީނާ ހިލާފް އެއްވެސް ގާނޫނެއް އަދި ގަވާއިދެއް ވެސް ނެހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގެ ދެވަނަ މަސްދަރު ކަމުގައިވާ ރަސޫލާގެ ސުންނަތުގެ ތެރޭގައިވާ ކަމެއް ކަމުން ތުނބުޅި ބޭލުމަށް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނޭންގޭނެ ކަމަށާއި މިފަދަ ކަންކަމަށް ފުރުސަތު އޮންނަންވާނެ ކަމަށެވެ.

» އިޒްރޭލުގެ ފްލައިޓްތައް ޖެއްސުމާއި މޮނިއުމަންޓްތަކާ ގިނަ އިލްމުވެރިން ދެކޮޅު
Sunday, January 1, 2012

ރާއްޖޭގައި އިޒްރޭލުގެ ފްލައިޓްތައް ޖެއްސުމާއި ސާކް ސަމިޓްގެ ތެރޭގައި އައްޑޫގައި ބެހެއްޓި ސާކް ގައުމުތަކުގެ ބުދު ހިމެނޭ މޮނިއުމަންޓްތައް އެ ތަންތަނުގައި ބެހެއްޓުމަށް ގިނަ އިލްމުވެރިން ދެކޮޅު ހައްދަވައިފި އެވެ. މިހާރު އިސްލާމީ މަރުކަޒުގައި ކުރިއަށްދާ އިލްމުވެރިންގެ މަހާސިންތާގެ މިއަދު ހެނދުނުގެ ދަންފަޅީގައި ރިއާސަތުން ހުށަހަޅައިގެން ބަހުސްކުރި އެ ދެ މައްސަލައިގައި ބަހުސްކުރެއްވި ގިނަ އިލްމުވެރިން ވަނީ އެ ދެ ކަމާ ދެކޮޅު ހައްދަވައިފަ އެވެ. އިޒްރޭލުގެ ފްލައިޓް ރާއްޖެ އަށް ދަތުރުތައް ފެށުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވީ ވަރަށް މަދު އިލްމުވެރިއެކެވެ

» ޢިލްމުވެރިންގެ މަހާސިންތާގެ ދަންފަޅިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތުގެ ތާވަލް
Saturday, December 31, 2011

މިއީ ދިވެހިރާއްޖޭގެ އިސްލާމީވަންތަކަމާއި ޞުލްޙަވެރިކަމާއި، ޚިޔާލުތަފާތުވެފައިވާ ދީނީ މައްސަލަތަކުގައި ވީހާވެސްބޮޑަށް ޚިޔާލު އެއްގޮތްކުރުމުގެ މަޤްޞަދުގައި ބޭއްވޭ މަޙާސިންތާއެކެވެ. އަދި މި މަހާސިންތާގެ ސަބަބުން ޚިލާފީ މައްސަލަތަކުގައި ރަގަޅުގޮތް އިޚްތިޔާރުކުރުމަށް ރަޢްޔިތުން ހޭލުންތެރިވެގެން ދާނެއެވެ. " واعتصموا بحبل الله جميعا ولاتفرقوا " މިޝިޢާރުގެ ދަށުން ކުރިއަށް ގެންދެވޭ މިބައްދަލުވުމުގައި މައިގަޑު މައުޟޫތަކުގެ ގޮތުގައި ކަޑައަޅައިފައިވަނީ ދީނީ ގޮތުން ޚިލާފުއުފެދިފައިވާ މައްސަލަތަކެވެ.

» ދިވެހިރާއްޖެއިން އިސްލާމްދީން ފުހެލުމަށް ފާޅުގައި ބަޔަކު މަސައްކަތްކުރުމާ ވިދިގެން ޖަމްޢިއްޔަތުއް ސަލަފުން ނެރޭ ކުއްލި ނޫސް ބަޔާން
Monday, December 12, 2011

ދިވެހިރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ، އިސްލާމީ އިސްތިޤްލާލުކަން ނަގާލުމަށް ރާވައި މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ފާއިތުވަމުން ގޮސް މިދިޔަ 10 ޑިސެމްބަރު 2011 ވީ ހޮނިހިރު ދުވަހު އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ފަރުދާގައި ނިވާވެ ތިބެ، މީގެތެރެއިން ބަޔަކު ފާޅުގައި...

» އިސްލާމިކް މިނިސްޓްރީގެ ނޫސްބަޔާން: ޒިނޭކުރާ މީހުންގެ މައްޗަށް ޙައްދު ޤާއިމުކުރުމާބެހޭ
Tuesday, November 29, 2011

އިންސާނީ ހައްޤުތަކާބެހޭ އދ. ގެ ހައި ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ 17 ނޮވެމްބަރ 2011 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މުޚާތަބުކުރައްވަމުން، ޒިނޭގެ ޙައްދު ޖެހުމަކީ އަންހެނުނަށް ކުރެވޭ އަނިޔާއެއް ކަމަށް ވިދާޅުވެ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ވެރިންގެ ކުރިމަތީގައި، އިސްލާމް ދީނުގެ ޙުކުމްތަކަށް ގޮންޖައްސަވައި އެ ޙުކުމްތައް ބަދަލުކުރުމުގެ ވާހަކަ ދެއްކެވުމާއި، އޭނާ ދެއްކެވި ވާހަކައިގެ ދިވެހި ތަރުޖަމާ ޖަލްސާގެކުރިން މެމްބަރުންނަށް ބަހައި ފައިވާއިރު، އެއީ ކޮންވާހަކައެއްކަން އެނގިވަޑައިގެންފައިވާއިރު، އެފަދަ ވާހަކަ ތަކެއް ރައްޔިތުންގެ މަޖްލީހުގައި ދެއްކުމަށް ފުރުޞަތު ދެއްވައިގެން ނުވާނޭ ކަމުގައި ދެކެމެވެ.

ޞަފްޙާ ނަންބަރު:  < 1  2 3 4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި