 އަހަރެމެންގެ އަވަށްޓެރި އަންހެނަކު އުޅެއެވެ. އޭނާގެ ދަރިން ސްކޫލަށް ފޮނުވާ އިރު އެދަރިން އޭނާގެ އަތަށް ބޮސް ދެއެވެ. އަބަދުވެސް އެއާޢިލާގައި އުފާވެރިކަން ދެމި އޮވެއެވެ. އޭ އިމާމެވެ. މިއޮތް ބޮޑު ފްރާންސުގައި، އޭނާގެ މަންމައާއި ބައްޕަ، މުސްކުޅިން ބަލަހައްޓާ މަރުކަޒަކަށް ދޫކޮށްލި އެއްމެ މުސްލިމަކުވެސް އަހަރެން ނުދެކެމެވެ. އޭ އިމާމެވެ. އަހަރެންގެ މި ދަރިފުޅު ގެންދާށެވެ. އަދި އޭނާއަށް އުނގަންނައި ދޭށެވެ. ތިޔަ މުސްލިމުން މައިންބަފައިންނާމެދު ކަންތައްތައް ކުރާ އޯގާތެރި ގޮތަށް އޭނާ އަހަރެންނާމެދުވެސް ކަންތައް ކުރޭތޯ، އެކަމުގެ އެދުމުގައެވެ. |