 މިއަދު ޢާއްމު ކޮށް ދެކެވޭ އެއްވާހަކައަކީ އަންހެނުންގެ ވާހަކައެވެ. އެބައިމީހުންގެ ޙައްޤުތަކުގެ ވާހަކައެވެ. އިސްލާމްދީން އެބައިމީހުން ނިކަމެތި ކުރި ވާހަކައެވެ. އިސްލާމްދީނުގެ ޢަދާވާތްތެރިން އިސްލާމް ދީނުގައި އަންހެނުންނަށް ދެވިފައިވާ މަޤާމު އޮޅުވާލުމަށްޓަކައި އިސްލާމްދީނުގެ ކުރީގައްޔާއި އަދި ފަހުގައި އަދި ކާފަރު ޤައުމުތަކުގައި އަންހެނުންގެ ހާލަތު ނޭންގޭ މީހުންގެ ގާތު މިފަދަ ވާހަކަތައް ދައްކާ ހަދައެވެ. |