 ފިރިހެނުން ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގައި ކިހާވަރެއްގެ ކަމެއްތޯއާއި ، ޝަރުޢީ ދަލީލުތަކުގެ އަލީގައި ތުނބުޅި ބޭލުމުގެ ޙުކުމަކީ ކޮބައިތޯ؛ ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ އެކިއެކި ފަންތީގެ އަޚުންނާއި އަދި އެނޫން މުއައްސަސާތަކުގައި އުޅުއްވާ ތަފާތު ފަރާތްތަކުންވެސް ޖަމްޢިއްޔަތުއްސަލަފަށް ތަކުރާރުކޮށް ސުވާލު ހުށައަޅަމުންދާތީ ފިރިހެނުން ތުނބުޅިބެހެއްޓުމުގެ ޙައިޘިއްޔަތަކީ ކޮބައިކަން ޝަރުޢީ ދަލީލުތަކުގެ އަލީގައި ބަޔާންކޮށް ޢާއްމުކޮށް ހާމަކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ޤަޞްދުކުރަމެވެ. ވަކީން ޚާއްޞަކޮށް ފިރިހެނުންނަށް އެއުރެންގެ ތުނބުޅި ބެހެއްޓުމަކީ އިސްލާމްދީނުގެ ޝިޢާރެއްކަމުގައިވެފައިވާތީ އެ ޝިޢާރަކީ އިސްލާމްދީނުގެ ޢަދާވާތްތެރީން އެންމެ ރުޅިއަރާ އެއް ޝިޢާރުކަމުގައިވެ، |